4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ފވމ ސިޓީ ކައުންސިލްގެ ރައްޔިތުންގެ 2 ވަނަ ބައްދަލުވުން 2020

ފވމ ސިޓީ ކައުންސިލްގެ މިއަހަރު ރައްޔިތުންގެ 2 ވަނަ ބައްދަލުވުމަށް ގޮވާލައިފި

ފުވައްމުލަކު ސިޓީ ކައުންސިލުން ފުވައްމުލަކުގެ ރައްޔިތުންގެ އާއްމު ބައްދަލުވުމަކަށް ހުޅުވާލައިފިއެވެ. މިއީ މިގޮތުން މިހަރު ބޭއްވޭ 2 ވަނަ ބައްދަލުވުމެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 27 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައެވެ.

މިއީ 2019 ވަނަ އަހަރު އެ ކައުންސިލުން ހިންގި ހަރަކާތްތަކާއި ބަޖެޓް ރިޕޯރޓް އަދި އޯޑިޓް ރިޕޯރޓ ރައްޔިތުންނާއި ހިައްސާ ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގެ ދައުވަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނާގޮތުން ސިޓީ ކައުންސިލުން ރައްޔިތުންނާއެކު އަހަރަކު މަދުވެގެން ދެ  އާއްމު ބައްދަލުވުން ބާއްވަން ޖެހެއެވެ. އަދި އެބައްދަލުވުންތައް ބޭއްވުމުގެ 7 ދުވަސް ކުރިން ނޯޓިސް އާއި އެޖެންޑާ ނެރެން ޖެހެއެވެ. ކޮންމެ އަހަރަކު ދެފަހަރު ބޭއްވުމަށް ގާނޫނުން ލާޒިމުކުރާ ފެބުރުއަރީ އަދި ޖުލައި މަހުގެ ބައްދަލުވުމުގެ ނޯޓިސް އާއި އެ ބައްދަލުވުމުގައި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ، ފާއިތުވި އަހަރު ސިޓީ ކައުންސިލް ހިންގި ގޮތުގެ އަހަރީ ރިޕޯރޓާއި މާލީ ރިޕޯރޓް އަދި އޯޑިޓް ރިޕޯރޓް ވެސް ބައްދަލުވުމުގެ 7 ދުވަސް ކުރިން އާއްމު ކުރަން ޖެހެއެވެ.

ލާމަރުކަޒީ ގާނޫނުގެ 10 ވަނަ މާއްދާގައި އިތުރަށް ބުނެފައި ވަނީ “މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެ މަހުން އެއްމަހު ކައުންސިލުން އާއްމުކޮށް ހާމަކުރަން ވާނެއެވެ”.

މިފަހުން ބާއްވާ ޖަލްސާތަކުގެ ނޯޓިސް އާއި އެެންޑާ ގަވާއިދާއި އެއްގޮތަށް ނެރޭކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން މިފަހަރުގެ ބައްދަލުވުމުގެ ނޯޓިސް އާއި އެޖެންޑާ ވަނީ 19 ފެބްރުއަރީގައި ނެރެފައެވެ.

ސިޓީ ކައުންސިލުން އަންނަނީ މަހަކު އެއްފަހަރު ހެން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތް އާއްމުކޮށް ހާމަކުރަމުންނެވެ. އެގޮތުން މައުލޫމާތު ހިއްސާ ކުރާކަން އާއްމުން ބަލައިގަތްނަކަން ސޯޝަލް މީޑިއާ ކޮމެންޓްތަކުން ހާމަވެއެވެ.

ފވމ ސިޓީ ކައުންސިލްގެ ރައްޔިތުންގެ 2 ވަނަ ބައްދަލުވުން 2020 ގެ އެޖެންޑާ

މީގެ ކުރިން ޖެނުއަރީ މަހު ބައްދަލުވުން ބާއްވާފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލުގެ، މިއަހަރުގެ (2020 ވަނަ އަހަރުގެ) މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވާލުމުގެ ގޮތުން ރައްޔިތުންނާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.



ކިޔުންތެރިންގެ ޚިޔާލު