A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީ-ފވމ ކެމްޕޭނު ކަންމަތީ ބައްދަލުވުން މާދަމާރޭ ދޫނޑިގަމުން ފަށަނީ

އެމްޑީޕީ ކަންމަތީ ބައްދަލުވުމުގެ ޕޯސްޓަރެއް

ފުވައްމުލައް އެމްޑީޕީ ޓީމުން މާދަމާރޭ ދޫނޑިގަމު ހަރުގޭގައި ކަންމަތީ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރިޔަށް ގެންދިއުމުގެ ގޮތުން ބާއްވާ ސިލްސިލާ ކަންމަތީ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ކަމަށް މައުލޫމާތު ލިބެއެވެ. މާދަމާރޭގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8؛30 ގައެވެ.

މީގެ އިތުރު ބައްދަލުވުންތައް ރަށުގެ އެކި ދާއިރާތަކުގައި ކުރިޔަށްގެންދިއުމަށް ރާވާފައިވާ ކަމަށް ވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޭޓުންނާއި ބައެއް ސަޕޯރޓަރުން ވެސް މިބައްދަލުވުންތަކުގައި ކެންޑިޑޭޓުންނަށް ތާއިދު ހޯދައި ދިނުމުގެ ގޮތުން ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވެއެވެ. ކަންމަތީ ބައްދަލުވުންތައް ކުރިޔަށްގެންދާނޭ ގޮތާއި ގުޅޭ ގޮތުން އިސް ފަރާތްތަކުން އެމްޑީޕީީ ހަރުގެގައި މިރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ކެްމްޕެއިން މަޝްވަރާ އެމްޑީޕީ އޮފީހުން

އެމްޑީޕީގެ ކެންޑިޑޭޓުންނާއި ތާއިދު ހޯދުމަށް މަސައްކަތް ކުރާ ކެމްޕޭނަރުންގެ ހަރަކާތްތައް ރަށުތެރެއިން ފެންނަމުން ދާއިރު ޕިޕީއެމްގެ ކެންޑިޑޭޓުންގެ ތާއިދު ހޯދުމުގެ ހަރަކާތެއް ރަށު ތެރެއިން އަދި ފެނިގެނެއް ނުދެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތި ވެފައިވަނިކޮށް އެމްޑީޕީގެ އެއްވެސް ސަޕޯރޓަރަކު ސޯޝަލް މީޑިއާގައި އެޕާޓީީގެ ކެންޑިޑޭޓުންނަށް ތާއިދު ގެއްލޭ ފާޑުފާޑުގެ ޕޯސްޓްތައް ނުކުރުމަށް އެޕާޓީގެ ކެމްޕޭނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. ޚާއްސަކޮށް ކަމުގެ ހަގީގަތް ނުބަލާ އިދިކޮޅު މީހުން ދައްކާ ވާހަކަތަކަށް މިދުވަސްކޮޅު ސަމާލުވެގެން ތިބުމަށް އެމީހުން ބުނެއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ އިސްމާއީލް ދޫނޑިގަމު ސަޕޯރޓަރުންނާއި ބައްދަލުކުރަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !