4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު މާދަމާ ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ

ރައީސް ސޯލޙު ‘ރަށްވެހި ފަތިސް’ ކެމްޕޭނަށް މާދަމާ ފުވައްމުލައް ސިޓީއަށް

އަންނަ އޭޕްރީލް މަހު 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހާމަކޮށް ފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ، 8 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި މާދަމާ ރޭ 8:30 ގައި ފުވައްމުލަކުގައި ބާއްވާ ކެމްޕޭން ޖަލްސާ ޏ.އޭއީސީ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ-ފުވައްމުލައް އިން ހާމަކުރެއެވެ.

ރައީސް ކަމަށް ހޮވވަޑައިގަތް ފަހުން ރައީސް ސޯލިޙު މިހާތަނަށް ފަވައްމުލައް ސިޓީއަށ ވަޑައިގެންފައެއް ނުވެއެވެ. މަޖުލިސް ކެމްޕޭނުގައި ފުވައްމުލަކަށް ވަޑައިގަތީ ރައީސް ނަޝީދެވެ. އެދަތުރުފުޅުގަިއ ރައީސް ނަޝީދު ވިދާޅުވީ ދެ ރައީސުން ދަތުރުފުޅު ކުރައްވަނީ ބައްސަވާލައްވައިގެން ކަމަށެވެ. ވުމާއެކު ބެލެވޭ ގޮތުން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރައީސް ނަޝީދު ވައްމައްލައް ސިޓީއަށް ވަޑައެއް ނުގަންނަވާނެއެވެ.

މީގެ އިތުރުން ކެންޑިޑޭތުންގެ ކެމްޕޭން ހަރަކާތްތަކުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މައުލޫމާތުު ލިބެއެވެ.

“ރަށްވެހި ފަތިސް”ގެ ނަމުގައި ކުރިޔަށްގެންދާ މިކެމްޕޭނުގައި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ މިހަފުތާތެރޭގައި ހުވަދުއަޅުޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕޭނުގައި ބައިވެރި ވެފައެވެ.އަން މާދަމާ، އާދިއްތަ ދުވަހު ރައީސް މުޙައްމަދު ނަޝީދު ކެމްޕޭން ދަތުރުފުޅުގައި  ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ލ. އަތޮޅަށް އެމްޑީޕީން ހާމަކުރެއެވެ.

މިއަދު އެމްޑީޕީން ވަނީ އަންހެނުންގެ ރޫހޫގެ ކެމްޕޭން ހަރަކާތެއްގެ ގޮތުން މާލެ-ވިލިނގިލީގައި އަންހެންުންގެ ކޮންފަރެންސެއް ބާއްވާފައެވެ. މި ކޮންފަރެންސްގައި ފުވައްމުުލަކުގެ އަންހެން ކަނބަލުން ވެސް ބައިވެރިވެފައި ވެއެވެ.

އެމްޑީޕީ އަންހެނުންގެ ރޫޙޫގެ ކޮންފަރެންސްގައި ބައިވެރިވި ފުވައްމުލައް ސިޓީގެ ބައެއް ކަނބަލުންނާއެކު ޑރ. އަބްދުﷲ ރަޝީދު


ކިޔުންތެރިންގެ ޚިޔާލު