18 އޯގަސްޓް 2019 ( އާދީއްތަ )

އެޝިއާ ސަރަހައްދުގައި މީހުންނަށް ނޭނގި ހުރި، އެންމެ ހިތްގައިމު “ސިއްރު” 19 ގޮނޑުދޮށުގެ ތެރޭގައި ހިމެނޭ ފުވައްމުލަކު ތުނޑި

ފުވައްމުލަކު ތުނޑި، އެޝިއާ ސަރަހައްދުގެ އެންމެ ހިތްގައިމު ސިއްރު ގޮނޑުދޮށްތަކުގެ ތެރޭގައި..

އެންމެ ރަށަކަށް ނިސްބަތްވާ ޏ.އަތޮޅު،ފުވައްމުލަކަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އެންމެ ރީތި، އެންމެ އަޖާއިބު ކުރުވަނިވި ރާށޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެކަން ކަށަވަރެވެ.

ރާއްޖޭ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފުވައްމުލަކުގެ ހިތްގާއިމު، ތުނޑިއާއި ރަށުގައި ގުދުރަތީ ގޮތުން އުފެދިފައިވާ 2 ކުޅި އަދި އާސާރީ ތަންތަން ބާލާލުމަށް ބޭނުންވާ އެތައްބަޔަކު އެބަތިއްބެވެ.

2011 ވަނަ އަހަރު ފުވައްމުލަކުގައި އެއާޕޯޓެއް ގަޢިމް ކުރުމާއި ގުޅިގެން، ފުވައްމުލަކުގެ ޗާލު ކަން ދެކިލަން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުން ދާކަން ފާހަގަކުރެވެއެވެ.

ފުވައްމުލަކަށް ޒިޔާރަށް ކުރާ 90 ޕަސެންޓް މީހުންނަކީ ތުނޑީގެ ރީތި ހުދު ދޮންވެލި ގަނޑާއި އޮމާން ވެލިގަނޑުގައި ފައިތިލަ ބީއްސާލަން ބޭނުންވާ މީހުންނެވެ.

އެތަށް ބަޔަކު ފުވައްމުލަކު ތުނޑީގެ ޖާދުވީ ރީތިކަމުގެ ވާހަކަ ދައްކަމުން ދާއިރު،އިނގިރޭސިވިލާތުގެ ޓްރެވެލް މެގަޒިނެއް ކަމަށްވާ ވޮންޑަލަސްޓުން ހޮވި، އެޝިއާ ސަރަހައްދުގައި މީހުންނަށް ނޭނގި ހުރި، އެންމެ ހިތްގައިމު “ސިއްރު” 19 ގޮނޑުދޮށުގެ ތެރެއިން 9 ވަނަ އަށް, ފުވައްމުލަކު މި ހިތްގައިމު ތުނޑި މިވަނީ ހިމެނިފައިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި، ވެލިގަނޑަށް އެންމެ ފުރިހަމައަށް ރާޅު ބިންދާ ރަށަކީ ފުވައްމުލައް ކަމަށް ވޮންޑަލަސްޓުން ވަނީ ފާހަގަކޮށްފައިއެވެ.

ރާއްޖެ ހިމެނޭ އެޝިއާ ސަރަހައްދުގައި ހިމެނޭ އެންމެ ހިތްގައިމު “ސިއްރު” 19 ގޮނޑުދޮށުގެ ތެރޭގަިއ ތެރޭގަިއ ފުވައްމުލަކު ތުނޑި ހިމެނުމަކީ، ފުވައްމުލަކަށް ޒިޔާރަތް ކުރަން ބޭނުންވާ ރާއްޖެ އާއި ރައްޖެއިން ބޭރުގެ މީހުން، އިތުރަށް ފުވައްމުލަކާއި މެދު ޝައުގުވެރި ކުރުވާނެ ކަމެއްކަން ޔަގީނެވެ.


ކިޔުންތެރިންގެ ޚިޔާލު