25 މެއި 2020 ( ހޯމަ )

banner

ފުވައްމުލަކުގައި 4 ކަރަންޓީނު ފެސިލިޓީ އާއި 2 އައިސޮލޭޝަން ފެސިލިޓީ

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެރޯގާއަށް ޝައްކުކުރެވޭ މީހުންނާއި އެރޯގާގެ ވައިރަސް ފެނިފައިވާ މީހުންނާއި ބައްދަލުވެ އެރޯގާ ފެތުރުމުގެ ފުރުސަތު އޮތްފަރާތްތައް އެކަހެރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އެގޮތުން، ރާއްޖޭގެ ހުރިޙާ ސަރަހައްދެއްގައި ވެސް އެފަދަ މީހުން އެކަހެރިކޮށް ބަހައްޓާނެ ތަންތަން ގާއިމުވެފައިވާ ކަމަށް ސްޕޯކްސް ޕާސަން މަބުރޫކު ހާމަކުރައްވައެވެ. އެކަހެރި ކުރެވޭނެ ތަންތަނުގެ ތަފުސީލު ދެއްވަމުން މަބުރޫކު ވިދާޅުވީ ފުވައްމުލަކުގައި އެފަދަ މީހުން އެކެހެރި ކުރުމަށްޓަކައި 4 ތަނެއގައި ކަރަންޓީނު ކުރެވޭނެ ކަަމަށާއި އަދި އައިސޮލޭޝަންއަށް ޚާއްސަ 2 ތަނެއްވެސް މިހާރު ގާއިމުކުރެވިފައިވާ ކަމަށެވެ. ކޮރޯނާ ރޯގާ އާއި ގުޅިގެން އެކަހެރިކުރުމަށް ރާއްޖޭގައި ޖުމްލަ 641 ތަނެއް ގާއިމުކުރެވިފައިވާ ކަމަށާއި އަދި ވެލިދޫ ރިސޯޓުވެސް އެކަމަށް ތައްޔާރުކުރަމުންދާ ކަމަށްވެސް ސަރުކާރުންވަނީ ބުނެފައެވެ. ވެލިދޫ ރިސޯޓުގެ އިތުރުން ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ވިލިވަރު މިހާރުވެސް ދަނީ މިބައްޔަށް އެކަހެރިކުރާ މީހުން ބައިތިއްބަމުންނެވެ.

ކަރަންޓީނު ކުރެވެނީ މިބަލީގެ އަލާމާތްތައް ފެނުމުން ނުވަތަ މިބަލީގެ ވައިރަސް ފެނުމުންނެވެ. ނަމަވެސް މިބަލީގެ ވައިރަސް ޖެހިފައިވާ މީހަކާއި ކޮންޓެކްޓް (ބައްދަލުވެފައިވާ) ފަރާތްތައް އެކަހެރި ކުރުމަށް އައިސޮލޭޝަން ފެސިލިޓީ ބޭނުންކުރެއެވެ. މިއަދާއި ހަމައަށް މިބަލި ޖެހިފައިވާ 10 މީހަކު ވަނީ ރާއްޖެއިން ފެނިފައެވެ. މިއެންމެންނަކީވެސް ރާއްޖޭގެ ރިސޯޓުތަކުން ފެނުނު މީހުންނެވެ. މިކަމާއި ގުޅިގެން އިއްޔެ ހަވީރު ހަޔަކުން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އެހެން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން 14 ދުވަހުގެ މުއްދަތަށް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭރު ޓުރިސްޓުން ގެނައުންވެސް ވަނީ 14 ދުވަހަށް މަނާކޮށްފައެވެ.ކިޔުންތެރިންގެ ޚިޔާލު