A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި އަޅާ 200 ހައުސިން ޔުނިޓް 18 މަސްދުވަސް ތެރޭ ނިމޭނެ – ހައުންސިން މިނިސްޓަރ

ފުވައްމުލަކާއި ހުޅުމާލެއާއި ދެކުނު އަތޮޅު ތަކުގައި އަޅާ 1500 ހައުސިން ޔުނިޓްގެ ބިންގާ ހުޅުމާލޭގައި އަޅުއްވައި އަޅުއްވައިދެއްވަނީ. ފޮޓޯ:ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަންނަ އަހަރު ބަޖެޓްގައި ހިގަމުންދާ މަޝްރޫއެއްގެ ގޮތުގައި ހިމެނިފައިވާ ފުވައްމުލަކުގައި އަޅާ 200 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ އާއި ފުވައްމުލަކާއި ދެކުނު އަނެއް ތިން އަތޮޅުގައި އަޅާ ޖުމްލަ 1500 ހައުސިން ޔުނިޓްގެ މަޝްރޫއު ފައްޓަވައި ދެއްވުމަށް މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
“ދެކުނުގެ ހަތަރު އަތޮޅާއި ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ފްލެޓްތައް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ” މިރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މިހެން ވިދާޅުވި އިރު 2015 ވަނަ އަހަރުގެ ބަޖެޓް ހިސާބުތަކުގައިވާ ގޮތުން މިމަސައްކަތް ނިމޭނީ ތިން އަހަރު ދުވަސްތެރޭ 2017 ގައެވެ.
2012 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ކަމަށް ބަޖެޓްގައި ހިމެނިފައިވާ މިމަސައްކަތް ހުއްޓިފައި އޮތީ ކުރިން ރާއްޖެތެރޭގެ އެކި ސަރަހައްދުގައި އެޅުމަށް ނިންމާފައިވާ މި 1500 ހައުސިން ޔުނިޓްގެ ތެރެއިން 704 ޔުނިޓް މާލެ ސަރަހައްދަށް ބަދަލު ކޮށް ރައްޔިތުންގެ މަޖިލީހަށް ހުޅަހެޅުމުން ނެވެ. ނަމަވެސް، ރައީސް ޔާމީން ރައީސްކަމުގެ ހުވާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތު ޕީޕީއެމް އަށް ލިބުމާއި އެކު އަލުން މިމަސައްކަތް ފެށުނީއެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން ފުވައްމުލަކުގައި އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ދެބުރިއަށެވެ. ފުވައްމުލަކަކީވެސް ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތި ވަމުންދާ ރަށެއް ކަމަށް ވުމާއިއެކު މިފަދަ ފްލެޓްތަކެއް ދެބުރިއަށް އެޅުމުގެ ސަބަބުން ބިން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ބެލެވޭތީވެ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދާކަމަށްވެސް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !