A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ކުނިކޮށި އަޕްގްރޭޑްކޮށް، ކުނި މެނޭޖްކުރާ މަރުކަޒަކަށް ހަނދަނީ…

ފުވައްމުލައް ސިޓީގެ ކުނިކޮށި އަޕްގްރޭޑްކޮށް ކުނި މެނޭޖްކުރާ މަރުކަޒަކަށް ބަދަލުކުރުމަށް އެމް.އާރު.ޑީ.ސީ އާއި ހަވާލުކުރުމުގެ ރަސްމިއްޔާތު

ފުވައްމުލައް ސިޓީގެ ކުނިކޮށި އަޕްގްރޭޑްކޮށް ކުނި މެނޭޖްކުރާ މަރުކަޒަކަށް ބަދަލުކުރުމަށް ސަރުކާރުން ނިނަމަވައިފިއެވެ. މި ގޮތުން މި މަސައްކަތް ކުރުމަށް ސަރުކާރު ހިއްސާ ވާ ކުންފުނި އެމް.އާރު.ޑީ.ސީއާއި 2.5 މިލިއަން ރުފިޔާއަށް، 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ ހިމެނޭ ދެކުނު ސަރަހައްދުގެ 4 އަތޮޅުގައި ކުނި މެނޭޖްކުރުމަށް ޤާއިމްކުރައްވާ ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒަށް ބޭނުންވާ، ބާޖުތައް ބަނުމަށް އިންޑިޔާގެ ކުންފުންޏަކާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.އަދި ކުރިއަށް އޮތް 7 މަހުގެ ތެރޭގައި ބާޖުތަކުގެ މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވާކަމަށް އެންވާރްމެންޓް މިނިސްޓަރ ތޯރިޤް ހާމަކުރައްވައެވެ.

ސަރަޙައްދީ ކުނި ނައްތާލާ ނިޒާމަކީ، 25 މިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒު ޤާއިމް ކުރެއްވުމަށް ނިންމަވާފައިވަނީ އައްޑޫސިޓީގެ ހިތަދޫގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !