A wide advertisement which will be shown on all devices. (700 x 100)

ރައްޔިތުންގެ 3 ކާޑާއި މިސަރުކާރުން ކުޅުއްވައިފި!

މިސަރުކާރުން ރައްޔިތުންގެ 3 ކާޑާއި ވެސް ކުޅުއްވައިފި.

ދިިވެހި ރައްޔިތުންގެ އެންމެ މުހިންމު 3 ކާޑާއި މިސަރުކާރުން ކުޅުއްވައިފިކަމަށް ވިޔަފާރިވެރިއަކު މިރޭ ވިދާޅުވެއްޖެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މިސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންގެ އައިޑީކާޑާއި ކުޅުއްވައިގެން ކަމަށާއި ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުޅުއްވީ ރައްޔިތުންގެ ފޯނު ކާޑާއިކަމަށެވެ. އަދި އެންމެފަހުން މިހާރު މިކުޅުއްވީ ރައްޔިތުން ކާނާގެ ގޮތުގައި ބޭނުންކުރާ ކާޑުކޮޅާއި ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރަށްް ފާޑުވިދާޅުވަމުން އޭނާ ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގައި ތިއްބެވީ މިގައުމުގެ، މިފަދަ ކަމަކަށް ކުފޫ ހަމަވާ ބައެއް ނޫން ކަމަށާއި އެބޭފުޅުންނަށް މިގައުމުގެ ރައްޔިތުންގެ ހާލަތު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އިކޮނޮމިކު ކައުންސިލުން ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ކަނީ ސަބްސިޑީ ދޭ ހަނޑޫ ނޫން ކަމަށާއި، ބާސްމަތީ ހަނޑޫކަމަށެވެ. އެހެން ވެއްޖެއިޔާ ފުށާއި ހަކުރުގެ ސަބްސިޑީ ކަނޑާލީ، އެއީ ދިވެހިން ކާބޯ އެއްޗެއްސަށް ނުވާތީ ތޯ ސުވާލު އުފެއްދެވިއެވެ.

މިސަރުކާރުން ހުރިހާ ދެރައެއް މިދެނީ އާއްމު ރައްޔިތުންނަށްް ކަމަށެވެ. އެގޮތުން މަސްވެރިން ބާނާ މަސްކޮޅު ކިރާފައި، ފައިސާ ނުދީ ބިލްކޮޅު ދެމުން ގޮސް 6 މަސް ދުވަސް ކޮށްފައި، އެންމެ ފަހުން ކުންފުނީގެ ދަރަނި ބޮޑުވެ، ބަނގުރޫޓޫވީ ކަމަށް ބުނެ އެދަރަނި ވެސް ރައްޔިތުންގެ ބޮލަށް ޖަހައިފިކަމަށެވެ. އެގޮތުން މިފުކޯގެ ދަރަނި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުނި އެސްޓީއޯގެ ބޮލަށް ޖަހައި، އެސްޓީއޯއިން އެދަރަނިން ސަލާމަތް ވުމަށް ރައްޔިތުން ކާބޯހަދާ ކާޑުގެ ވާބަތްތަކުގެ އަގު ބޮޑުކުރީ ކަމަށެވެ.

އެހެންވީމާ މިހާރު މިސަރުކާރުން މިވަނީ ރައްޔިތުންގެ 3 ކާޑާއި ވެސް ކުޅެފައި ތާއެވެ؟

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !