A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ އާއި ގުޅިގެން މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ގޭގައި ނަމާދުކުރުމަށް ދަންނަވައިފި

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ހުކުރު ނަމާދު ކުރުން މެދުކަނޑާލައި މިސްކިތުގައި ޖަމާއަތުގައި ކުރަމުންދިޔަ ނަމާދުތައް ކެންސަލްކޮށް ގޭގައި ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ. މިއަދު މެންދުރު ނަމާދުން ފެށިގެން މާޗު 28 ވަނަ ދުވަހުގެ އަސްރު ނަމާދާއި ހަމައަށް ވަގުތީ ގޮތުން މިސްކިތްތަކުގައި ކުރަމުންދިޔަ ނަމާދު ހުއްޓާލާފައިވާ އިރު ބައެއް މިސްކިތްތައްވެސް މިއަދު ވަނީ ބަންދުކޮށްފައެވެ. އަދި ބަންގިއަށްފަހު އިތުރު ކަލިއެއްވެސް ވަނީ ގޮވާފައެެވެ. ބައެއް މީޑިއާތަކުގައި ބަންގި ބަދަލުވިކަމަށް ދެކެވުނު ނަމަވެސް އިތުރު ކުރެވުނު ދެކަލިމަ ގޮވާފައިވަނީ ބަންގި ނިމުމަށްފަހުގައެވެ. އެކަލިމައިގެ މާނައަކީ ” “ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވަވާ” މިކަލި ވަނީ ދިވެހިން ވެސް ގޮވާފައެވެ.

ރާއްޖޭގައި މިފިޔަވަޅު އަޅާފައިވާ އިރު ސައޫދީ އަރަބިއްޔާ އިން ވަނީ ދެ ހަރަމްފުޅު ކަމަށްވާ މަސްޖިދުލް ހަރާމް އާއި މަސްޖިދުއް ނަބަވީ ފިޔަވައި އެހެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ހުއްޓާލައިފަ އެވެ. އިސްލާމީ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

ހުކުރު ނަމާދާއި ޖަމާއަތުގައި ކުރެވުނު ނަމާދުތައް މިއަދު ހުއްޓުނުއިރު މީގެ ކުރިން ހުކުރު ނަމާދާއި ޖަމާއަތުގައި ކުރެވުނު ނަމާދު މިފަދަގޮތަކަށް ހުއްޓުނުކަމެއް ދިވެހި ތާރީޚުން އެގޭކަށް ނެތެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެގޮތަށް ނިންމީ ކޮވިޑް-19 އަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، މީހުން އެއް ތަނަކަށް ޖަމާވުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. ނަމަވެސް ގޭގައި ނަމާދުކޮށް، މި ބަލިމަޑުކަމުން ސަލާމަތްވޭތޯ ދުއާކުރަން މިނިސްޓަރު އެދިވަޑައިގަތެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު މިހާރު ވަނީ ފެނިފަ އެވެ. އެކަމަކު އެއީ މުޅިން ވެސް ޓޫރިސްޓުންނާއި ރިސޯޓްގައި އުޅޭ ބިދޭސީ މުވައްޒަފުންނެވެ. މިހާތަނަށް ކޮރޯނާވައިރަސް ހުރި ނުވަތަ އެ ވައިރަހުން ޖައްސާ ކޮވިޑް-19 ޖެހުނު ދިވެއްސެއް އަދި ނުފެނެ އެވެ.

+1
0
+1
1


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !