4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 20 މާރިޗު 2020

ސާކް ގައުމުތަކުގައި ކޯވިޑް19ގެ ހާލަތު

މިހާރު މުޅި ދުނިޔެއިން ވެސް ކަންބޮޑުވެ އެތަކެއް ފިޔަވަޅުތަކެއް އަޅަމުންދާ ކޯވިޑް19 ގެ ހާލަތު ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގައި އޮތް ހާލަތު ދެނެގަތުމަކީ އަޅުގަނދުމެން ރާއްޖެއަށް ވެސް މިކަމުގެ މައުލޫމާތު ދެނެގަތުމަށް މުހިންމު ކަމެކެވެ.

އެގޮތުން ތިރީގައި މިހިމަނާލާ މައުލޫމާތަކީ ‘ވޯލްޑޯމީޓަރ’ގެ ކްރޯނާވައިރަސް އިންފޮމޭޝަން އަސާސަކަށް ބަލައިގެން ގެނެސްދޭ މައުލޫމާތެވެ.

މިއަދު 20 މާރިޗު، ހުކުރު ދުވަހާއި ހަމަޔަށް މުޅި ދުނިޔެއިން ރިކޯޑުކުރެވިފައި ވަނީ 245,916 މީހުންނެވެ. އެއިގެތެރެއިން 88,465 މީހުން ބަލިން ރަނގަޅު ވެފައިވާއިރު މަރުވެފައި ވަނީ 10,048 މީހުންނެވެ.

މީގެތެރެއިން އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 147,403 މީހުންނެވެ. އަދި މި އެކްޓިވް ކޭސްގެ ތެރެއިން 7,385 މީހުން ނުވަތަ %5 އަކީ ސީރިއަސް ނުވަތަ ކްރިޓިކަލް ހާލަތުގައި ތިބި މީހުންނެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 140,018 ނުވަތަ %95 މީހުންނަކީ ބަލީގެ ކުދިކުދި އަސަރުކުރި މީހުންނެވެ. މިހާރު އެންމެ ގަދައަށް މިބަލި ފެތުރިގެންދަނީ ޔޫރަޕުގެ ގައުމުތަކުގައެވެ. އިޓަލީން މިބަލީގައި މަރުވި މީހުންގެ އަދަދު މިބަލި އަލަށް ފެނުނު ޗައިނާއަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. މިކަމުގެ ސަބަބަކީ އިޓަލީގެ އާބާދީގައި މުސްކުޅިން ގިނަވުން ކަމަށް ވެއެވެ. މިބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރަނީ މުސްކުޅިންނަށެވެ.

ސާކް ގައުމުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ޕާކިސްތާނުންނެވެ. އެއީ 454 މީހުންނެވެ. އެގައުމުން 2 މީހުން މިބަލީގައި މަރުވެފައިވާއިރު 13 މީހުން ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައި ވެއެވެ. ބާކީ މިހާރު މިބަލީގައި ތިބިކަމަށް ރެކޯޑުތަކުން ދައްކަނީ 439 މީހުންނެވެ.

ސާކް ގައުމުތަކުން ދެވަނައަށް އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާ އިންނެވެ. އެއީ 201 މީހުންނެވެ. އިންޑިއާއިން 5 މީހުން މިބަލީގައި މަރުވެފައިވާއިރު 20 މީހުން ބަލިން ރަނގަޅުވެގެން ދޫކޮށްލާފައި ވެއެވެ. ބާކީ މިހާރު ތިބިކަމަށް ރެކޯޑުތަކުން ދައްކަނީ 176 މީހުންނެވެ.

ސާކް ގައުމުތަކަށް ބަލާއިރު އިންޑިއާ ނޫނީ އެންމެ ބޮޑު އާބާދީއެއް އޮންނަ ބަންގްލާދޭޝްއިން މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 18 މީހުންނެވެ. އެގައުމުން އެކަކު މިބަލީގައި މަރުވެފައިވާއިރު 3 މީހުން ރަނގަޅުވެފައި ވެއެވެ. ބާކީ މިހާރު ތިބިކަމަށް ރެކޯޑުތަކުން ދައްކަނީ 14 މީހުންނެވެ.

ސްރީލަންކާއިން 60 މީހުން ބައްޔަށް ޕޮޒިޓިވް ވިއިރު 3 މީހުން ރަނގޅުުވެފައި ވެއެވެ. އަފްޣާނިސްތާނުގައި 22 މީހުން ޕޮޒިޓްވެ 1 ރަނގަޅުވެފައި ވެއެވެ.

ރާއްޖެއިން 13 މީހުން ޕޮޒިޓިވް ވިއިރު އެންމެންނަކީ ވެސް ޓްވަރިޒަމް ދާއިރާގެ ބިދޭސީންނެވެ. ބިދޭސީ 2 މުވައްޒަފުންނާއި 11 ފަތުރުވެރިންނެވެ. މީގެތެރޭގައި، މި ބަލިވަރަށް ބާރަށް ފެތުރެމުން އަންނަ އިޓަލީގެ 9 ފަތުރުވެރިން ވެއެވެ.

މިސަރަހައްދުގެ ނޭޕާލުން އެކަކު ބައްޔަށް ޕޮޒިޓިވްވެ، އެމީހާ ރަނގަޅުވެފައި ވުމުން އެގައުމުގައި މިހާރު ކްރޯނާވައިރަސް ނެތް ކަމަށް ބެލެވެއެވެ. ނަމަވެސް އެކަހެރި ކުޑަ ބޫޓާނުގައި 2 ކޭސް ފެނި އެކްޓިވްކޮށް އެބަހުއްޓެވެ.

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 20 މާރިޗު 2020



ކިޔުންތެރިންގެ ޚިޔާލު


  1. ސައިދު 20 މާރިޗު 2020 13:03

    މީ ކިހިނެއް ލިޔުނު މައުލޫމާތެއް ރާއްޖެ އިން 18 މީހުން ޖަހާފަ މިއިނީ

    1. މިކަލް ނިއުސް: 20 މާރިޗު 2020 19:03

      މިކަލް ނިއުސް: އެއީ ލިޔުމުގެ ކުށެއް، އިސްލާހު ކޮށްފިން! ޗާޓުގައި އަދި ލިޔުމުގެ އެހެން އަދަދުތަކަށް ބެލުމުން އެއީ ލިޔުމުގެ ކުށެއްކަން އެނގޭ. އެކަމަކުވެސް ސަމާލުކަމަށް ގެނެސްދިނީތީ ޝުކުރިއްޔާ!