A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ 3 ގޮނޑިއަށް ވެސް އެމްޑީޕީން ވާދަކުރާނެ

އެމެޑީޕީ މެންބަރުންތަކެއް ހިނގާލުމެއް ބާއްވަނީ- ހޯދަޑު ސަރަހައްދު

އަންނަ އަހަރު ބައްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ 3 ގޮނޑިއަށް ވެސް އެމްޑީޕީން ވާދަކުރާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ. މިފަހަރުގެ ލޯކަލް ކައުންސިލަށް އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީން މިއަދު ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީގެ އިއުލާނުގައިވާ ގޮތުން އެޕާޓީގެ މެމްބަރުން، އެކަމަށް އެދޭ ފުރިހަމަކޮށްފައިވާ ފޯމާއި ކަނޑައެޅިފައިވާ އެންމެހާ ލިޔެކިޔުންތަކާއިއެކު އެޕާޓީގެ އޮފީހަށް ހުށަހަޅަން އިއުލާންކޮށްފައި ވެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 12.00 އެވެ. އަަދި މިކަމާއި ގުޅޭ  ފޯމް އަދި އިތުރު މައުލޫމާތު އެޕާޓީގެގެ ވެބްސައިޓުގައި ޝާއިއުކުރެވިފައި ވާކަމަށް ހާމަކޮށްފައިވެއެވެ.

މިފަހަރުގެ ޕްރައިމަރީގައި އެޕާޓީން ވާދަކުރުމަށް ކެންޑިޑޭޓުން ހޮވަނީ ޖުމްލަ %77 ގޮނޑިއަށެވެ. އަދި ބާކީ %23 ގޮނޑި މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ކުރިމަތިލާ ކެންޑިޑޭޓުންނަށް ދޫކުރުމަށް އެދެ ޕާޓީން ވަނީ އެއްބަސްވެފައެވެ.

ވުމާއެކު މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބްގައި އެމް.ޑީ.ޕީ ގެ ފަރާތުން 435 ރަށު ކައުންސިލް ގޮޑި، 51 އަތޮޅު ކައުންސިލް ގޮނޑި އަދި 20 ސިޓީ ކައުންސިލް ގޮނޑި އާއި އެކު ޖުމްލަ 506 ގޮނޑިއަށް ވާދަކުރުމަށް އެޕާޓީން ވަނީ ނިންމާފާވެއެވެ.

ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެނެވުނު ބަދަލާއކު މިފަހަރު ކައުންސިލް އިންތިޚާބުގައި އިންތިޚާބްކުރާ ކައުންސިލަރުންގެ އަދަދަކީ 655 އެވެ. ކައުންސިލް އިންތިޚާބް ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން އިއުލާންކޮށްފައިވާ ތާރީޚަކީ 14 ޖެނުއަރީ 2017 އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !