4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ސިއްޙީ ކުއްލިނުރައްކަލުގެ އަމުރާއި ޚިލާފުވި ދެމީހުން ފުވައްމުލައް ސިޓީން ހައްޔަރުކޮށްފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ޚިލާފުވުމުން ފުވައްމުލަކުން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް މާލެ އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ ފުވައްމުލަކު ދެމީހުން ރަށަށް ދިއުމުން އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މާރިޗު މަހުގެ 19 ވަނަ ދުވަހު، އެ ދެމީހުން ވަނީ އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އަށް ގޮސްފައެވެ. އަދި އިއްޔެ ރޭގެ ފްލައިޓުން އެމީހުން ފުވައްމުލަކަށް ގޮސްފައި ވެއެވެ.  އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ، 11:25 ގައި ކަމަށް ފުލުހުން މީޑިއާއަށް ބުނެފައި ވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުންނެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ޚިލާފުވާ މީހުންނަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް ދިއުން މަނާކޮށްފައި ވަނީ މި މާރިޗު މަހު 18 ވަނަ ދުވަހުއެވެ.

ކޮވިޑު19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި ސިއްހީ ޚިދުމަތްތެރިންނާއި ދިވެހި ސަރުކާރުން ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަށް ޕްރޮފެސަރ އުގެއިލް ފަށްފަށުން ތަހުނިޔާ ދަންނަވަމުން ހާމަކުރައްވާފައި ވަނީ މިއީ ދަތި ދަނޑިވަޅެއް ކަމަށެވެ. އެކަމަކު ކިތަންމެ ދަތި ނިންމުމެއް ސަރުކާރުން ނެރުނު ކަމުގައި ވިއަސް އެކަމަށް އިޖާބަ ދިނުން މުހިންމު ކަމަށެވެ.ކިޔުންތެރިންގެ ޚިޔާލު