4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ހޮސްޕިޓަލުގެ ކޮންމެ މުވައްޒަފަކީ ވެސް ލައިފްސޭވިން ހީރޯއެއް

ހޮސްޕިޓަލުގެ ކޮންމެ މުވައްޒަފަކީ ‘ލައިފް ސޭވިންގ ހީރޯ’ އެއް

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށާއި އަދި އެ ވައިރަހުހުގެ އަސަރުކޮށްފައިވާ މީހަކަށް ފަރުވާ ދޭން ޖެހިއްޖެނަމަ އެ ނުރައްކާތެރި ހާލަތާ ކުރިމަތިލުމަށް މުޅި ހޮސްޕިޓަލް ތައްޔާރު ކުރަނީ އެކަމަށް ޚާއްޞަ އިސް ޓީމެއްގެ ވަރަށް ބޮޑު ގުރުބާނީއަކާ އެކުގައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަރައްވައެވެ.

ހޮސްޕިޓަލުން ހާމަކުރައްވާގޮތުގައި އެޓީމުގައި ތިބި ހިތްވަރުގަދަ ފަހުލަވާނުންނަކީ މަތީގައި އެވާ ފޮޓޯއިން މިފެންނަ ޓީމެވެ.

މާލޭގައި އެކުލަވާލާފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ފުވައްމުލަކު ހޮސްޕިޓަލާ ދެމެދު ރަނގަޅު ގުޅުމެއް ދަމަހައްޓައި މި ބަލީގެ ހޯދުންތަކަށް އަންނަ ބަދަލުތަކާއެކު ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ތަމްރީނު ކުރުމާއި ރައްޔިތުން ކޮވިޑް19 އަށް ހޭލުންތެރި ކުރުމަށް ޕްރޮގްރާމް ރޭވުމާއި އަތޮޅު ލެވެލްގައި އުފެދިފައިވާ ސްޓިއަރިންގ ކޮމިޓީއިން ނިންމާ ކަންކަން ހޮސްޕިޓަލް ފެންވަރުގައި ތަންފީޒުކުރުމާއި ހޮސްޕިޓަލުގެ އެތެރޭގެ އިންތިޒާމްތައް ރާވައި، ނުރައްކާތެރި ހާލަތެއްގައި އަމަލުކުރަންވީގޮތުގެ ޕްލޭންތަކާއި އެސްއޯޕީތައް (ސްޓްނޑާޑް އޮޕަރޭޓުން ޕްރޮސީހާ) އެކަށައަޅައި އަދި އެ ފަދަ ހާލަތަކާ ކުރިމަތި ލުމަށް އެންމެ ކުރީ ސަފުގައި މި ޓީމުން ޙަރަކާތްތެރި ވަމުންދާނެ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލުގެ ކޮންމެ މުވައްޒަފަކީ ‘ލައިފް ސޭވިންގ ހީރޯ’ އެއްކަމަށް ހާމަކުރައްވައެވެ.

“އެންމެ މުހިއްމު ކަމަކީ ބަލި ނުޖެހި ރައްކާތެރިވެ ތިބުމެވެ. އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާށެވެ! އަދި ރައްކާތިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ތިއްބަވާށެވެ!” ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.ކިޔުންތެރިންގެ ޚިޔާލު