4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ކްރޯނާވައިރަސް އިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުމަށް ސިޓީ ކައުންސިލުން ގޮވާލައިފި

ކޯވިޑު19 އިން ރައްކާތެރިވުމުގެ ގޮތުން ބަންދު ކުރެވިފައިވާ ސަރަހައްދުތަކަށް ނުދިއުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކުގެ އާއްމުން އެއްވެ އުޅޭ ސަރަހައްދުތައް ބަންދު ކުރެވިފައިވީ ނަމަވެސް ބައެއް ފަރާތްތަކުން ބައެއް ތަންތަން ބޭނުން ކުރަމުންދާތީ އެކަން ނުކުރުމަށްް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު އަލުން ހަނދާންކޮށްދީފިއެވެ.

އެގޮތުން ކޯވިޑް19 ބަލިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލަކު ތުނޑީ ސަރަހައްދު، ބަނދަރުމަތި، އަދި ކުޅިވަރު ކުޅޭ މައިދާން ފަދަތަންތަން ވަނީ އާއްމުންނަށް ބަންދުކުރެވިފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިފަދަ ތަންތަނަށް ޕިކްނިކް ދިއުން ފަދަ ކަންކަން ކުރަމުންދާކަށް ސިޓީ ކައުންސިލަށް ފާހަގަ ކުރެވިފައިވާކަމަށެވެ. ނަމަވެސް މިފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް އެދޭކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވެއެވެ.

ޒަރޫރި ބޭނުންތަކެއްގައި ނޫނީ ބޭރަށް ނުކުމެ ނޫޅުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައި ވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން އެދިފައި ވަނީ މިވަގުތު ދުނިޔެއަށް ދިމާވެފައިވާ ކްރޯނާވައިރަހުގެ ބަލިމަޑުކަމުން ފުވައްމުލަކު ރައްޔިތުން ސަލާމަތް ކުރުމައްޓަކައި ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން ކަމަށެވެ.ކިޔުންތެރިންގެ ޚިޔާލު