A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ކުރިއަށް ގެންދާ “ސްޕޯރޓްސް ފޯ އޯލް” ޕްރޮގްރާމުގެ ފެށުން މިއަދު ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގައި

މިއަދުގެ ހަރަކާތާއި ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ ޕޯސްޓަރެއް

“ދުޅަހެޔޮ ދިރިއުޅުމަށް ކުޅިވަރު” ޝިއާރުގެ ދަށުން ފުވައްމުލަކުގައި ކުރިއަށް ގެންދާ “ސްޕޯރޓްސް ފޯ އޯލް” ޕްރޮގްރާމުގެ ފެށުން މިއަދު ހަވީރު 4:00ގައި ފުވައްމުލަކު ސްޓޭޑިއަމް ގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މިކަލް ނޫހަށް މައުލޫމާތު ދެއްވި ޔޫތު މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވިގޮތުން މޫސުން ގޯސްވުމާއި ގުޅިގެން ކުރިން ރޭވިފައިވާ ޕްލޭނަށް މިހާރު ވަނީ ބަދަލު ގެނެވިފައެވެ. 

ކުރިން ރަސްގެފަންނުން ފަށާ ގޮތަށް އޮތް ރަސްމިއްޔާތު މިހާރު ފަށާނީ ފުވައްމުލަކު ސްޓޭޑިއަމުންނެވެ. މިއަދު ފެށޭ ކުޅިވަރުތައް މާދަމާ (ހޮނިހިރު) ދުވަހު ވެސް ކުރިޔަށް ގެނެދެވޭނެއެވެ.

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އާއި ފުވައްމުލަކު އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމުގައި ވޮލީ ބޯޅަ، ފުޓްސަލް، ނެޓްބޯޅަ، ބަށީގެ އިތުރުން ވޯޓާ ޕޯލޯ ކުޅުމަށް ހަމަޖެހިފައެވެ. ގިނަ ކުޅިވަރުތައް މައިލޯ ސްޓޭޑިއަމްގައި ކުރިޔަށް ދިއުމަށް ހަމަޖެހިފައި ވިޔަސް ވޯޓަރ ޕޯލޯ ކުޅުމަށް ހަމަޖެހިފައި ވަނީ ދަޑިމަގު ކުޅީގައެވެ.

މިއަދުގެފެށުމުގެ ރަސްމިއްޔާތުގެ ތެރޭގައި ސްޓޭޖު އައިޓަމެއްގެ ގޮތުގައި ބާއްވާ ޒުމްބާ ގައި އާއްމުން ވެސް ބައިވެރި ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތު ޕްރޮގްރާމާއި ފުވައްމުލަކު ހޮސްޕިޓަލާ ގުޅިގެން ހެލްތު ޗެކަޕެއް ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށާއި އަދި ކުޑަކުދިން ތަފާތު ކުޅިވަރުތައް ކުޅުމަށް ހާއްސަ ސަރަހައްދެއް އޮންނާނެ ކަމަށް ވެސް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ކުރިން ހާމަކޮށްފައިވެއެވެ.

ފުވައްމުލަކުގެ ސްޓޭޑިއަމުގައި ބާއްވާ މިފެސްޓިވަލްގައި ހުރިހާ އުމުރުފުރައަކުން 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ޔޫތް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ހާމަކޮށްފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !