A wide advertisement which will be shown on all devices. (700 x 100)

ވެސްޓް ބޭންކް ދޫކޮށް ފަލަސްތީނު މީހުން ފައިބާން ސައުދީ ޕްރިންސް ގޮވާލައްވައިފި!

ސައުދީ ޕްރިންސް އަލްވަލީދު ބިން ތަލާލު- ފަލަސްތީނާއި ދެކޮޅު ޚިޔާލުތައް ގެންގުޅުއްވާކަން މީޑިއާއިން ފާހަނގަވޭ.

ސައުދީ ދުވަހު ނޫސް އަލްވަތަން އިން ހާމަކުރި ގޮތުން، ފަލަސްތީނު ރައްޔިތުން ވެސްޓް ބޭންކު އިޒުރޭލަށް ދޫކޮށްފައި ފޭބުމަށް ސައުދީ ޕްރިންސް އަލްވަލީދު ބިން ތަލާލު ވަނީ ގޮވާލާފައެވެ. މިޚަބަރާއެކު ސައުސީ ސިޔާސީ ބައެއް ފަރާތްތަކުގެ ހައިރާންކަން ބޮޑުވެގެން ދިޔަކަމަށް ވެއެވެ. އެހެނީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ސައުދީން އިޒުރޭލަށް ތާއިދުކުމަކީ ސައުދީގެ އާއްމުން ވެސް އެދޭކަމަކަށް ނުވާތީއެވެ.
“ކަންކަން އޮޅުން ބޮޅުން ކުރައްވާ. އަޅުގަޑަކީވެސް ދީން ދެކެލޯބިވާ އަރަބި މުސްލިމަކީމު. އޮޅުވާލައި ގޯސް މައުލުމާތުތަކަކުން އަޅުގަނޑާއި އެއްދީނެއްގެ އަޚުންނާއި އުޚުތުންނަށް ދެރަގޮތެއް ވާކަށް އަޅުގަނޑު ވެސް ނޭދެން. އެކަމަކު އެއީ އަޅުގަނޑު ތެދު ހާމަނުކުރާން އޮތް ސަބަބެއް ކަމުގައި ނުދެކެން. އަޅުގަނޑުގެ އަޚު އަރަބީންނަށް ވެސް ތެދު ހާމަވާނީ ކޮންމެ ވެސް މީހަކު ތާރީޚުގެ އެހަގީގަތްތައް ހާމަކޮށްދީ ކިޔައިދީގެން ނުވަތަ އުނގަންނައިދީގެން. އެމީހުންގެ(ފަަލަސްތީނު) އިސް މީހުން، ތެދުކަމަށް
ވިސްނައިދީފައިވާ ބާތިލު، ހަގީގަތް ނޫން، އަދި ގޯސް ވިސްނުންތައް މުޅިން ދޫކޮށްލައިގެން”.
ޕްރިންސް އަލްވަލީދު އާއި ހަވާލާދީ ސައުދި ދުވަހު ނޫސް އަލް ވަތަން އިން
ހާމަކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !