A wide advertisement which will be shown on all devices. (700 x 100)

ރައީސް ޔާމިން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ފުވައްމުލަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާދަމާ (ހޯމަ) ފުވައްމުލަކަށް ވަޑައިގަންނަވާނެއެވެ. ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވަނީ ފުވައްމުލަކުގެ ނަރުދަމާގެ އަމަލީ މަސައްކަތް އިފްތިތާހް ކޮށްދެއްވުމަށާއި މަގު ހެދުމުގެ މަޝްރޫއު ފައްޓަވާ ދެއްވުމަށެވެ.

ރައީސް ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. ނަމަވެސް ބައްދަލުކުރައްވާނެ ތަނަކާއި ގަޑި އަދި އާންމުކޮށްފައެއް ނުވެއެވެ. ރައީސް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހުމާއި ގުޅިގެން އިއްޔެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހް މުހައްމަދު ވެސް ފުވައްމުލަކަށް ވަޑައިގެންފައިވެއެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިމިގަންނަ ވަނީ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ދެވަނަ ފަހަރަށެވެ. މީގެ ކުރިން ވަޑައިގަންނަވާފައި ވަނީ 2014 ވަނަ އަހަރުވެއެވެ. ރައީސް ވަޑައިގެން ފުވައްމުލަކުގައި ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގަވާނެ ކަމަށް އިއުލާން ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ. ރައީސް ޔާމީންގެ 2013 ވަނަ އަހަރުގެ ކެމްޕެއިން ވެސް ރަސްމީކޮށް ފައްޓަވާފައި ވަނީ ވެސް ފުވައްމުލަކުގައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !