A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުން ރައީސް ޔާމީނަށް ވޯޓުވެސް އަދި ތާއީދުވެސް ނުލިބޭނެކަން ޔަގީން – ޑރ ޖަމީލް

ފުވައްމުލަކުން ރައީސް ޔަމީންއަށް ވޯޓުވެސް އަދި ތާއީދުވެސް ނުލިބޭނެކަން ޔަގީންކަމަށް، ރައީސް ޔާމީންގެ ސަރުކާރު ގެ ފުރަތަމަ ނައިބް ރައީސް، އަދި ފުވައްމުލައް ސިޓީއަށް ނިސްބަތްވެވަޑައި ގަންނަވާ، އިދިކޮޅު އިއްތިހާދުގެ ލީޑރ  ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ ފުވައްމުލަކު ފެނާއި ނަރުދަމާގެ އަދި މަގުހެދުމާއި، އެނޫންވެސް ތަރައްޤީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު ހަވީރު ފުވައްމުލައް ސިޓީ އަށް ވަޑައިގަތުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައިއެވެ.

“ރައީސް ޔަމީންއަށް މިހާރު ތަފާތު ފެންނާނެ، ފުވައްމުލަކުން ރައީސް ޔާމީންއަށް ވޯޓުވެސް އަދި ތާއީދުވެސް ނުލިބޭނެކަން ޔަގީން ” ޑރ. ޖަމީލްގެ ޓުވީޓުގައިވެއެވެ. 

މީގެ އިތުރުން މި ސަރުކާރު ޔޫތު މިނިސްޓަރުކަން ކުރެއްވި، ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ މުހައްމަދު ޖަމީލް ވިދާޅުވިގޮތުގައި ރައީސް ޔަމީން އަކީ ފުވައްމުލަކު ރައްޔިތުންގެ ދުޝްމަނެއް ކަމަށެވެ. މީގެ އިތުރުން މިއަދު ރައީސް ފުވައްމުލަކަށް ވަޑައިގަތުމާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަށް އިޝާރާތްކޮށް މަލީހު ވިދާޅުވީ،  ފުވައްމުލަކު ރައްޔިތުން މިސަރުކާރު ކުރާ ވިޔާނުދާ ކަންކަން ރަނގަޅު ނޫންކަން ހާމަކޮށްދީފި ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !