A wide advertisement which will be shown on all devices. (700 x 100)

މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޮލާގެ މަންމަ ކޮރޯނާ ރޯގާގައި ނިޔާވެއްޖެ

ގާޑިއޮލާ އޭނާގެ މަންމައާއިއކު

ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއްކޯޗު ކަމަށްވާ ފުޓުބޯޅަ ކޯޗު ޕެޕް ގާޑިއޮލާގެ މަންމަ ކޮރޯނާ ރޯގާގެ ޝިކާރައަކަށްވެ މިދުނިޔެދޫކޮށްފިއެވެ. މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗުގެ ޕެޕް ގާޑިއޮލާގެ މަންމަ ނިޔާވި ޚަބަރު މިއަދު މީޑިއާއަށް އާންމުވީ ގާޑިއޮލާ ކޯޗުކޮށްދޭ ކުލަބު މެންޗެސްޓާ ސިޓީއިން އެޚަބަރު އާންމުކުރުމާއި ގުޅިގެނެވެ . “ޕެޕް ގެ މަންމަ ޑޯލޯސް ސާލާ ކެރިއޯ މަރުވި ޚަބަރު މިއަދު ލިބިނު ޚަބަރާއިއެކު މެންޗެސްޓާ ސިޓީގެ ފުޓުބޯޅަ އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ..” މެންޗެސްޓާ ސިޓީއިން ބުނެފައިވެއެވެ.

އުމުރުން 82 އަހަރުގައި ގާޑިއޮލާގެ މަންމަ މިއަދު ނިޔާވެފައިވާއިރު ގާޑިއޮލާ ވަނީ ދާދިފަހުން 1 މިލިއަން ޔޫރޯގެ އެހީއެއް ސްޕެއިނަށް ވެފައެވެ. އެއެހީ ބޭނުންކުރާނީ ސިއްހީ ސާމާނު ހޯދުމަށް ކަމަށް ސްޕެއިންއިން ބުނެފައިވެއެވެ. ގާޑިއޮލާގެ މަންމަ ނިޔާވެފައިވަނީ ސްޕެއިންގެ ބާސެލޯގެ މަންރީސާ އަވަށުގައެވެ. މިޚަބަރާއިއެކު ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކު ދަނީ ހިތާމަފާޅުކުރަމުންނެވެ. އެގޮތުން، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ޓީމުވެސް ފާހަގަކުރެއެވެ.

ގާޑިއޮލާގެ މަންމަ ޑޯލޯސް އަކީ ސޭލްސް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރި މީހެކެވެ.

ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮރޯނާ ރޯގާ ޖެހުނު ސްޕެއިންއިން މިހާތަނަށް 135 ހާހަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ރޯގާޖެހި އެރޯގާގައި 13 ހާހަށްވުރެ ގިނަމީހުން މިހާރުވަނީ މަރުވެފައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !