A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: ރޯގާގެ ނުރައްކާ އަދިވެސް ބޮޑު، ޓްރަންޕު އިންޒާރު ސިއްހަތު ޖަމިއްޔާއަށް

ކޮރޯނާ ރޯގާ އެންމެ ފުރަތަމަ ފެނުނު ކަމަށް ރިޕޯޓުކުރި ޗައިނާގެ ވުހާން ސިޓީ 76 ދުވަހަށް ދަތުރުފަތުރުތައް ބަންދު ކުރުމަށްފަހު މިއަދު ހުޅުވާލައިފިއެވެ. ދަތުރުފަތުރުތައް އަލުން ހުޅުވާލުމާއިއެކު 65 ހާސްމީހުން އެސިޓީ ދޫކުރިކަމަށް ރިޕޯޓުތައް ބުނެއެވެ. މިރޯގާ ޗައިނާގައި ކޮންމެވެސް މިނަވަރަކަށް ކޮންޓްރޯލް ކުރެވުނު ނަމަވެސް މިރޯގާގެ ބިރު ހުޅަނގުގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން، އެމެރިކާގައި 4 ލައްކަ މީހުންނަށް މިރޯގާ ޖެހި 12 ހާހަށްވުރެ ގިނަ މީހުން މިރޯގާގައި މަރުވެފައިވާއިރު އިއްޔެއަކީ އެމެރިކާގައި އެންމެ ގިނަ މީހުން އެއްދުވަހެއްގައި މަރުވި ދުވަހެވެ. އިއްޔެ 19 ސަތޭކައަށްވުރެ ގިނަ މީހުން އެމެރިކާއިން މިރޯގާގައި މަރުވެފައިވެއެވެ.

އިގިރޭސި ބޮޑު ވަޒީރަށް މިރޯގާ ޖެހި އައިސީޔޫގައި ފަރުވާ ދެމުންދާއިރު އިއްޔެއަކީ އިގިރޭސި ވިލާތުގައިވެސް މިބަލި އެންމެ ގިނަ މީހުންނަށް ޖެހުނު ދުވަސްކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

ސިއްހީ މިނުރައްކާތެރި ދަޑިވަޅުގައިވެސް އެމެރިކާގެ ރައީސް ދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ނުރުހުންފާޅުކޮށް އިންޒާރު ދެމުންނެވެ. އެގޮތުން، އެމެރިކާއިން އެޖަމިއްޔާއަށް ދޭ އެހީތައް ހިފަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވަނީ އެޖަމިއްޔާއިން ތަފާތުކުރުން ގެންގުޅޭކަމަށް ބުނެއެވެ. އެމެރިކާއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެންމެ ބޮޑު އެހީއެއްވެދޭ ގައުމެވެ.

މިހާތަނަށް މިރޯގާ 1.4 މިލިއަން މީހުންނަށް ޖެހިފައިވާއިރު މިބަލިން ފަސޭހަވެފައިވަނީ 3 ލައްކަ މީހުންކަަމަށާއި އަދި 81500 މީހުން މިބަލީގައި މަރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިތަފާސް ހިސާބުތަަކަށް ބަލާއިރު މިބަލިން ފަސޭހަވާ މީހުންނާ އަޅާބަލާއިރު މަރުވާ މީހުންގެ ނިސްބަތަކީ 21 އިންސައްތައެވެ. މީގެ މާނައަކީ މިރޯގާ ޖެހޭ މީހުންގެ ތެރެއިން 79 މީހުން މިބަލިން ފަސޭހަވެގެން ގެއަށްދާއިރު 21 މީހުންގެ މަރުވެގެން ހަށިގަނޑު ގެންދަންޖެހެނީ ސަހަރާއަށެވެ. ނަމަވެސް، ކުރިން ބުނެފައިވަނީ މީހުން މަރުވާ ނިސްބަތް އުޅެނީ 5-2 ސައްތަ އާއި ދޭތެރޭ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !