31 މެއި 2020 ( އާދީއްތަ )

banner

މަގުމަތިން މިއަދުވެސް ފެނުނީ ފެނިގެން ނުވާނެ މަންޒަރުތަކެއް – ސައީދު

ކޮރޯނާ ރޯގާ އާއި ގުޅިގެން އިޖުތިމާއި ގައިދުރުކުރުމުގެ ގޮތުން ޖަމާއަތުގައި ނަމާދުކުރުމާއި، ގިނަ މީހުން އެއްވާފަދަ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް އެޗުޕީއޭއިން އަންގާފައިވާ މިދަޑިވަޅުގައިވެސް ފުވައްމުލަކު މަގުމަތިން ފެންނަމުންދާ މަންޒަރު ތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ހޮސްޕިޓަލް ހިންގުމާއި ހަވާލުވެހުރި އަހުމަދު ސައީދު ވިދާޅުވެފައިވަނީ “މި ފުވައްމުލަކުގެ މަގުތަކުން މިއަދުވެސް ފެނިގެން ނުވާނެ އެތައް މަންޒަރުތަކެއް ފެނުނެވެ”. އެއިން އެނގެނީ އަދިވެސް މި ވަބާގެ ސީރިއަސްކަން ފުވައްމުލަކު ރައްޔިތުންނަށް ނުވިސްނޭކަމެވެ. އަހުމަދު ސައީދު ކުރެއްވި ފޭސްބުކް އަޕްޑޭޓުގައިވެއެވެ. ސައީދު އިތުރަށް ރައްޔިތުންގެ ކިބައިން އެދިފައިވަނީ ގޭގައި ތިއްބަވައިގެން ވަބާއިން އަވަހަށް ސަލާމަތްވޭތޯ އެއްބާރުލުން ދެއްވުމަށެވެ.  އަދި އެކަމަށް ދުޢާކުރާށެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާ މިހާރުދަނީ މާލޭގައިވެސް ފެތުރެމުންނެވެ. އިޖުތިމާއީ ގައިދުރުކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް މާލޭގައި އަޅާފައިވަނިކޮށް މާލެއިން ފެނުނު ކޭސްތަކުން އެގުނީ މާލޭގައި އަޅާފައިވާ ފިޔަވަޅުތަކެއް ބައެއް ފަރާތްތަކުން ބޯނުލަބާކަމެވެ. އެގޮތުން، މަސްދަތުރު ދިއުމާއި، ޕާޓީ ބޭއްވުންފަދަ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ ކޮންޓެޓްތަކެއް ފުރަތަމަ ފެނުނު ކޭސްތަކުން ފެނުނެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މިރޯގާ ހަލުވިކަމާއިއެކު ފެތުރެން މަގުފަހިވެއެވެ.

މިރޯގާއަކީ ނިއުމޯލިޔާ ޖައްސާ ރޯގާއެއްކަމުން މިރޯގާގެ ހާލު ސީރިއަށްވާ ފަރާތްތަކަށް ވެންޓިލޭޓަރު ބޭނުންވެއެވެ. ވެންޓިލޭޓަރަކީ ދުނިޔޭގެ މުއްސަދި ގައުމުތަކަށްވެސް އެގައުމުތަކަށް ބޭނުންވާ މިންވަރަށް ނުލިބިވާ އާލާތެކެވެ. އެހެންކަމުން، ފުވައްމުލައްފަދަ މީހުން ގިނަ ރަށަކަށް މިބަލި ފެތުރިއްޖެނަމަ ހަސްފަތާލުން އެކަށީގެންވާ ޚިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެއެވެ. މިކަމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވަނީ، ރާއްޖެ ހުއްޓުމަކަށް ގެނެސް ތިންމަސް ދުވަހަށް ދެމިގެން ގޮސްފިނަމަ ގިނަ ބަޔަކު ބިކަވާނެކަމަށާއި މި ވަބާއިން ސަލާމަތްވުމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ މި ގައުމު ހަފުސްވާން މާ ގިނަ މަސްތަކެއް ނުނަގާނެކަމަށެވެ.



ކިޔުންތެރިންގެ ޚިޔާލު