A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި އެހާ ރީތި އަންހެންކުދިން، ތިބި ކަމަށްވަންޏާ، ހިތުގެ ބަލިތައް އުފެދޭނެ -ރައީސް ޔާމީން

ފުވައްމުލައް ސިޓީގެ ޖިންސުއްލަޠީފުންތަކެއް ރައީސް ޔާމީންއަށް މަރުހަބާ ދަންނަވަން އެއާޕޯޓުގައި

ފުވައްމުލައް ސިޓީގައި އެހާ ރީތި އަންހެންކުދިން، ތިބި ކަމަށްވަންޏާ، ހިތުގެ ބަލިތައް އުފެދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިމަހުގެ 10 ވަަނަ ދުވަހު ފުވައްމުލައް ސިޓީއަށް ކުރި ދަތުރުފުޅުގއި ޞިއްޙީ ދައިރާއިން ކުރެވޭ ހޭދަތަކުގެ ތެރެއިން ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ގާއިމްކޮށްފައިވާ ކެތްލެބް ގެ ވާހަކަ ދައްކވަމުންންނެވެ.

ރައީސް ވިދާޅުވީ، އައިޖީއެމްއެޗްގައި ކެތްލެބެއް ޤާއިމްކޮށް، އެ ހިދުމަތް ދޭ ފެށީމާއި ދުވާލެއްގެ މައްޗަށް 30 ޕޭޝަންޓުން ހިތުގެ އެކި ފެންވަރުގެ ފަރުވާ، އެކި ފެންވަރުގެ ޕްރޮސީޖަރު ހަމައެކަނި އައިޖީއެމްއެޗްގެ ހިތުގެ ޑިޕާޓްމެންޓްގައި ހަނދަމުންދާ ކަމަށާއި  ކުއްލިއަކަށް މި ސަރުކާރާއެކީ ހިތުގެ ބަލިތައް އުފެދުނީކީ ނޫންކަމަށެވެ.

ޝައްކެއްވެސްނެތް، ފުވައްމުލަކުގައި އެހާ ރީތި އަންހެންކުދިން، ޖިންސުއްލަޠީފުން ތިބި ކަމަށްވަންޏާ، ހިތުގެ ބަލިތައް އުފެދޭނެވެސްމެ.” ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއީކީ މި ސަރުކާރާއެކީ ވާރުތަވި ހިތުގެ ބަލިތަކެއް ނޫންކަމަށާއި، މީގެ ކުރިއްސުރެ ހުރި ހިތުގެ ބަލިތައް ކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންނަމަވެސް، މި ބަލިތައް އަޅުގަނޑުމެންނާ ހަމަޔަށް އައިސް، ޑޮކްޓަރުންގެ ފަރުވާ، ޑޮކްޓަރުންގެ އެޓެންޝަނާ ހަމަޔަށް މި އަންނަނީ އެ ފަރުވާއަށް ބޭސް ލިބޭނެ، އެ ފަރުވާއަށް ކޮންމެވެސްކަހަލަ ޝިފާއެއް، ކޮންމެވެސްކަހަލަ ހަމަޖެހުމެއް ގެނެސްދޭނެ ފެންވަރަށް ރާއްޖޭގެ މައި ހޮސްޕިޓަލްގައި އެ ވަސީލަތްތައް ތަޢާރުފްވެގެން ދިޔާމަ” ރައީސް ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !