A wide advertisement which will be shown on all devices. (700 x 100)

އަބްދުﷲ ރަޝީދު ޕީއެޗްޑީ ހާސިލްކޮށްފި

ގުރެޖުއޭޝަން ސަރަމަނީއަށްފަހު އަބްދުﷲ ރަޝީދު އާއިލާ އާއި އެކު. ފޮޓޯ: އަބްދުﷲ ރަޝީދު ފޭސްބުކް ޕޭޖް

ފުވައްމުލަކު ތައުލީމީ މަރުކަޒުގެ ކުރީގެ ޕްރިންސިޕަލް އަދި މިހާރު މައިކޮލެޖް އިސްބޭފުޅެއްކަމަށްވާ ފުވައްމުލަކު ވެށި އަބްދުﷲ ރަޝީދު އަހްމަދު ޕީއެޗްޑީ ހާސިލް ކުރައްވައިފިއެވެ.

އަބްދުﷲ ރަޝީދުގެ ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލްކުރީ އިންސްޓަރަކްޝަނަލް ލީޑަރޝިޕް ގެ ދާއިރާންނެވެ. އަބްދުﷲ ރަޝީދުގެ ގުރެޖުއޭޝަން އޮތީ މިއަދު މެލޭޝިއާގައެވެ. އަދި ޕީއެޗްޑީ ހާސިލް ކުރެއްވީ މެލޭޝިއާގައި ހުންނަ އޭޝިއާ އީ ޔުނިވާސިޓީ އިންނެވެ. ގުރެޖުއޭޝަނަށްފަހު އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ މިއީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްކަމަށާއި އާއިލާ އާއި ރަހްމަތްތެރިން އަދި އެކުގައި މަސައްކަތްކުރި މީހުނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ހާއްސަކޮށް އެންމެ ގާތް އެކުވެރިޔާ އަބްދުﷲ އިބްރާހިމަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަބްދުﷲ ރަޝީދުވަނީ ފުވައްމުލަކު ތައުލީ މަރުކަޒުގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރިންސިޕަލްގެ މަގާމް ފުރުއްވާފައެވެ. އެގޮތުން 2015ވަނަ އަހަރާއި ހަމަޔަށް އެސުކޫލްގެ ޕްރިންސިޕަލްގެ މަގާމް ފުރުއްވާފައިވެއެވެ. އޭގެ ފަހުން ރާއްޖޭގެ އެންމެ ބޮޑު ސުކޫލްކަމަށްވާ މަޖީދިއްޔާ ސުކޫލްގެ ޕްރިންސިޕަލް ކަން ކުރެއްވުމަށްފަހު މައި ކޮލެޖް އަށް ބަދަލުވެ ވަޑައިގަތެވެ. އަބްދުﷲ ރަޝީދުވަނީ ފުވައްމުލަކު ތައުލީމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

މިކަލް ނޫހުގެ ފަރާތުން އަބްދުﷲ ރަޝީދު އަށް މަރުހަބާ ދަންނަވަމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !