A wide advertisement which will be shown on all devices. (700 x 100)

މިސަރުކާރުގެ އަނިޔާވެރިކަމާއި ދީނާއި އިލްމުވެރިންނާއި މެދު އޮތް ނަފުރަތު ދޭހަވޭ – ޑރ.އިޔާޒު

މިސަރުކާރުގެ އަނިޔާވެރިކަމާއި ދީނާއި އިލްމުވެރިންނާއިމެދު އޮތް ނަފުރަތާއި ހަސަދަވެރިކަމުގެ ބޮޑުކަން ދޭހަވާ ކަމަށް ޑޮކްޓަރ މުހައްމަދު އިޔާޒު އަބްދުއްލަތީފް ހާމަކުރައްވައިފިއެވެ. ޑރ. އިޔާޒު މިކަން ހާމަކޮށްފައިވަނީ ފޭސްބުކް މެދުވެރި ކުރައްވައި ކުރެއްވި ސްޓެޓަސް އަޕްޑޭޓެއްގައެވެ. 

“ޝެއިޚް އިމްރާން އަބްދުﷲ ހައްގު ބަސް ބުނުމާއި ގުޅިގެން ކުޑަ ގޮޅި އަށް ލެވުނެވެ. ފަންކާ އެއް ވެންޓިލާޝަން އެއް ނެތް ގޮޅި އެއް ތެރޭ އެތައް ދުވަހަކު ބޭއްވިއެވެ. އޭގެ އަހަރެއް ފަހުން އޭރު ޝެއިޚް ދެއްކެވި ވާހަކަ ތަކަކީ 100 އިންސައްތަ ތެދުކަން އެއަނިޔާ ކުރި ފަރާތްތަކަށާއި ރައްޔިތުންނަށް ހާމަވިއެވެ. މިދިޔަ ހުކުރު ދުވަހު ޝެއިޚް އިލްޔާސް ހުސެއިން ގެނެސް ދެއްވި ހަދީޘް ބަސްފުޅެއްގެ ސަބަބުން ދީނީ ތަގުރީރު ދިނުމާއި ޚުތުބާ ކިއުމުގެ ހުއްދަ ބާތިލް ކޮށްފިއެވެ. މިއިން ދޭހަ ކޮށްދެނީ މިސަރުކާރުގެ އަނިޔާވެރިކަމާއި ދީނާއި އިލްމުވެރިންނާއިމެދު އޮތް ނަފުރަތާއި ހަސަދަވެރިކަމުގެ ބޮޑުކަމެވެ. މާތް ﷲ މިވަބާއިން ދިވެހި އުއްމަތް ސަލަމާތް ކުރައްވާށި” ޝެއިޚް އިލްޔާސް ހުސައިންގެ އަށް އިސްލާމިކް މިނިސްޓްރީ އިން ދޫކޮށްފައިވާ ދީނީ ދަރުސް ދިނުމާއި އިމާމުވެ ހުކުރު ނަމާދުކުރުމުގެ ހުއްދަ ބާތިލް ކުރުމާއި ވިދިގެން ޑރ. އިޔާޒު ކުރެއްވި ފޭސްބުކް މެދުވެރި ކުރައްވައި ކުރެއްވި މެސެޖްގައިވެއެވެ.

“އަޅުގަނޑު ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ނުކުރަން، ޚުތުބާ އެގޮތަށް ދިނުމަށް ރާއްޖޭގެ ބައެއް އިލްމުވެރިންނަށް ދެއްވާފައި އޮންނަ 1 ވަނަ ދާއިރާގެ ޚުތުބާ ކިއުމުގެ ހުއްދައިގެ ދަށުން އަޅުގަނޑަށް ވެސް ހުއްދަ ދެއްވާފައި އޮންނާތީ، އެއުސޫލު ބަދަލުކުރިކަން އަޅުގަނޑަށް އަންގަވާފައި ނުވޭ” ޝެއިޚް އިލްޔާސްގެ ހުއްދަ ބާތިލް ކުރުމާއި ގުޅިގެން ފޭސްބުކް މެދުވެރި ކުރައްވައި ހާމަކުރައްވާ ފައިވެއެވެ.

ޝެއިޚް އިލްޔާސްގެ ހުއްދަ ބާތިލް ކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ކުރީގެ ސްޕޯރޓްސް މިނިސްޓަރ މަލީހު ފޭސް ބުކުގައި ހާމަކޮށްފައިވަނީ “ދީނީ އިލްވެރިން ހެޔޮބަސް ބުނުމަށް ހުއްދައެއް ބޭނުންމެއް ނުވޭ ޝެއިޚް އިލްޔާސްގެ ހުއްދަ ބާތިލް ކުރުމުން ސަރުކާރުގެ ނިޔަތް ސާފުކަމަށެވެ” އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ވިދާޅުވީ “ޝެއިޚް އިލްޔާސްގެ ހުއްދަ އަކީ ބާތިލް ކުރެވޭނެ ހުއްދައެއް ނޫނެވެ. އެއީ ރައްޔިތުންގެ ހިތްތަކުގައި ދީފައިވާ ހުއްދައެކެވެ. ތާއަބަދު އޮންނާނެއެވެ.”

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !