A wide advertisement which will be shown on all devices. (700 x 100)

ކާގޯ ފޮނުވުމަށް ނަން ނޯޓުކުރި ފަރާތްތަކަށް ފުރުސަތު ލިބިއްޖެ

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވިއަން ގެ ކާގޯ ފްލައިޓްތައް މަދވެގެން ހަފުތާއަކު 1 ފަހަރު ފުވައްމުލަކަށް ވެސް ދަތުރުކުރާނެ ކަމަށް އެންއިއޯސީން ބުނޭ.

ކޯވިޑް-19 އާއި ގުޅިގެނ އާއްމު ދަތުރުފަތުރު ހުއްޓާލާފައިވާ މިދަނޑިވަޅުގައި މާލެއިން ފުވައމުލަކަށް އަދި ފުވައމުލަކުން މާލެއަށް ކާގޯގެ ގޮތުގައި މުދާ ފޮނުވުމަށް ސިޓީ ކައުންސިލްގައި ނަންނޯޓުކުރި ފަރާތްތަކަށް އެފުރުސަތު ލިބިއްޖެއެވެ.

ރޭ ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި އޮތް ގޮތުން މޯލްޑިވިއަން ކާގޯ ފްލައިޓުން މާލެއިން ފުވައްމުލަކަށް މުދާ ފޮނުވުމަށް ނަން ނޯޓުކޮށްފައިވާ ފަރާތްތަކުން މިއަދު 4 މެއި 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 އާއި 10:00 އާއި ދެމެދު މާލޭގެ މޯލްޑިވިއަން ކާގޯއަށް ތެކެތި ގެންދިއުމަށް އެދިފައިވެއެވެ.

އަދި ފުވައްމުލަކުން މާލެއަށް ކާގޯ މުދާ ފޮނުވުމަށް ނަން ނޯޓުކޮށްފައިވާ ފަރާތްތަކުން ވެސް މިއަދު (4 މެއި 2020) މެންދުރު 12:00 އިން 1:00 އާއި ދެމެދު ފުވައްމުލަކު އެއާޕޯރޓުގެ މޯލްޑިވިއަން އޮފީހަށް ތެކެތި ގެންދިއުމަށް އެދިފައިވެއެވެ.

ރަށުން މާލެއަށް ފޮނުވާ ކަގޯ ލިބޭނީ މިރޭ 8:00 އިން ފެށިގެން 10:00 އަށް މާލޭގައި ހުންނަ ގްރޭޓާރ މާލެ ބަސް ޓާމިނަލް (އެމްޕީއެލް މެއިން ބަސް ސްޓޮޕް) ގައި ހުންނަ މޯލްޑިވިއަން ކައުންޓަރުން ކަމަށް ހާމަކޮށްފައި ވެއެވެ. ނަމަވެސް މާލެއިން ފުވައްމުލަކަށް ފޮނުވާ ކާގޯ ލިބޭނެ ވިކިގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވަނީ މާލެއިން ރަށަށް ކާގޯ ފޮނުވާ ފަރާތްތަކުން ކާގޯ ހިފައިގެންނާއި ކާގޯ ބަލައި އަންނަވާއިރު، ޕޮލިސް ޕޯޓަލްއިން ހުއްދަ ހޯދައިގެން އައުމަށެވެ. އެއީ މިދުވަސްވަރު ފުވައްމުލަކު އެއާޕޯޓަށް ދެވޭ ހަމައެކަނި މަގު ކަމަށްވާ ނާއިބުތުއްތު މަގު ވަނީ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް އާއްމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

ކާގޯ ހަވާލުކުރުން އެއާޕޯޓަށް ދާގަދި ބަންދު ގަޑިއައި ދިމާ ނުވިޔަސް ކާގޯ ބަލާދާގަޑި އެމަގު ބަންދު ގަދިއާއި ދިމާވެއެވެ. ނަމަވެސް ސިޓީ ކައުންސިލުން އެދިފައިވަނީ އެދެގަޑިގައި ވެސް ފުލުހުންގެ ހުއްދަ ހޯދައިގެން ދިއުމަށެވެ.

ވިޔަފާރިއަށް އެއަރ ކާގޯގެ ގޮތުގައި މުދާ ގެނވޭ ނަމަ އަގު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށް ފުވައްމުލަކު ވިޔަފާރިވެރިއަކު މިކަލް ނޫހަށް ބުންޏެވެ. މިދުވަސްވަރު ކަނޑުމަގުން މާލެއިން މުދާ ގެނައުމަކީ ވެސް ދަތި އުނދަގޫކަމެކެވެ. މާލެއިްނ ފުރުމަށް އެތައް ހުއްދައެއް ނަގަން ޖެހެއެވެ. އަދި މާލެއިން ރަށަށް އެންމެ ފަހުން އައި އުޖާލާބޯޓު ފަޅުވެރިންނާއި ދަތުރުވެރިން އެއްކޮށް 14 ދުވަހަށް ވަނީ ކަރަންޓީން ކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !