A wide advertisement which will be shown on all devices. (700 x 100)

ކޮޮންމެ ހޯމަ ދުވަހަކު ފުވައްމުލައް ސިޓީއަށް ކާގޯ ފްލައިޓް ބާއްވަނީ

ފުވައްމުލައް އެއަރޕޯޓްގައި މޯޅްޑިވިއަން ބޯޓެއް. ކޮވިޑް-19 އައި ގުޅިގެން މިވަގުތު ދަތުރު ހުއްޓލާއި - އެކަމަކު މިރޭ ޚާއްސަ ފްލައިޓެއް އަންނާނެ

ފުވައްމުލަކާއި މާލެއާއި ދެމެދު ބާއްވާ ކާގޯ ފްލައިޓް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މިއީ ކޯވިޑް-19 އާއޮ ގުޅިގެން ރާއްޖެގެ ރަށްތަކަށް ދަތުރުކުރުން މާނާކޮށްފައިވާ މިދުވަސްވަރު ރަށްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި މުދާ ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ފްލައިޓެކެވެ.

މި ފްލައިޓްގައި ރަށަށް ނާދެވި މާލޭގައި ތާށިވެފައިވާ މީހުން އުފުލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭއްވި ފުރަތަމަ ފްލައިޓް 4 މެއި 2020 ވީ ހޯމަދުވަހު ވަނީ ބާއްވާފައެވެ.

ކުރިޔަށް ހުރި ކާގޯ ފްލައިޓްތަކުން މާލެއިން ފުވައްމުލަކަށް އަދި ފުވައްމުލަކު މާލެއަށް މުދާ ފޮނުވުމަށް އެދޭ ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލްގެ ހޮޓް ލައިން 1618 ނުވަތަ 7487900 އަށް ގުޅައި ނަން ނޯޓުކުރުމަށް އެދިފައި ވެއެވެ. މިގޮތުން ގުޅުމަށް އެދިފައި ވަނީ ހެނދުނު 10:00 އިން ހަވީރު 5:30އަށް އަދި ރޭގަނޑު 7:00 އިން 12:00 އަށެވެ.

ފުވައްމުލައް ސިޓި ކައުންސިލްގެ އިއުލާން- ކާގޯ ފޮނުވުން

ކާގޯ ފްލައިޓުން ފުވައްމުލަކަށް އަންނަ މީހުން ކަރަންޓީނު ކުރުމަށް 58 ކޮޓަރި ހަމަޖެހިފައިވާ ކަމަށް މޭޔަރު ފަލާހު ޝަރީފު ކުރިން ވިދާޅުވެފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !