A wide advertisement which will be shown on all devices. (700 x 100)

ބޯޓު ފަރަށް އަރައިގެން ލިބުނު ގެއްލުމުގެ ބަދަލުގައި ދެއްކޭނީ ޖުރިމަނާ ކުރި އަދަދުގެ 4 އިންސައްތަ

ފެނާއި ނަރުދަމާގެ ސާމާނު ހިފައިގެން އައިސް ފުވައްމުލަކަށް ކައިރި ކުރަނިކޮށް އޮގަސްޓް 13 ވަނަ ދުވަހު ފަރަށް އެރި އެންޖީއޯސީ ސަން، ފަރަށް އަރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ދެއްކޭނީ ޖޫރިމަނާ ކުރި އަދަދުގެ 4 އިން ސައްތަ ކަމަށް އެބޯޓްގެ އެޖެންޓް ސެންޗޫރިއަން އާއި ހަވާލާދީ އަވަސް ނޫހުން ހާމަ ކޮށްފިއެވެ. 

މިބޯޓް ފަރަށް އަރައިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވަނީ 634 މިލިއަން ދިވެހި ރުފިޔާ ދެއްކުމަށެވެ. ނަމަވެސް، އެބޯޓްގެ ވެރިފަރާތުން ދެއްކޭނެ ކަމަށް ބުނަނީ 27.6 މިލިއަން ރުފިޔާއެވެ. 

މީގެ ކުރިންވެސް މިފަދަ ހާދިޘާ ތަކުގައި ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާ އަދަދު ކުޑަކޮށްދީފައިވެއެވެ.

މިބޯޓް ފަރަށްއެރުމަށްފަހު ފުންކުރެވިފައިވަނީ އެބޯޓުން ގެނައި ހިލައާއި ހިލަވެލި މޫދަށް އަޅާލުމަށްފަހު ބޯޓް ފުން ނުކުރެވި އެއްމަސް ދުވަސްވުމަށް ފަހުގައެވެ. އެއަށްފަހު އެބޯޓް މަރާމާތަށް ގެންދަނިކޮށް އިންޑިއާ ކަނޑަށްވަނީ ފެތިފައެވެ.

ބޯޓް ފުންކުރުމަށްފަހު އެންމެ ފުރަތަމަ އެމަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނަމުން ދިޔައީ ފޫގޮސްފައިވާ ތަންތަން ބައްދާ ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެތަށް ދުވަހަކަށްފަހު ސްރީލަންކާގެ ޑޮކަށް ގެންދަން ޓަގެއްގެ އެހީގައި ކަފު ޖަހައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ދިޔަ ތަނުން ބޯޓަށް ލޮނު ވަދެ، ޕަމްޕް ޖައްސައިގެން ވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ގޮސް ބޯޓު އަޑިއަށް ދިޔައީ ކަމަށް ދިވެހި އޭޖެންޓާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، ސަން އޮންލައިނުން ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދުން ބޯޓު ބޭރަށް ނެރި މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ 22:40ގައި އިންޑިއާ ކަނޑުގެ 4000 މީޓަރުގެ އަޑިއަށް ބޯޓު ފައްތާލާފައިވާކަން މައުމޫނު ‘ސަން’ އަށް ކަށަވަރުކޮށްދެއްވާފައި ކަމަށެވެ.

މިބޯޓް ފަރަށް އެރުމުގެ ސަބަބުން ފަރަށް ގެއްލުންވުމުގެ އިތުރުން ހިލަ އާއި ހިލަވެލި މޫދަށް އަޅާލުމުގެ ސަބަބުން ލިބުނު ގެއްލުމާއި މިބޯޓުން ތެޔޮ ލީކުރުމުގެ ސަބަބުން ލިބުނު ގެއްލުން އިންތިހާއަށް ބޮޑު ކަމަށް ފުވައްމުލަކުގެ ގިނަ ރައްޔިތުން ދެކެއެވެ. އެގޮތުން، ފުވައްމުލަކުގެ އެންމެ ހިތްގައިމު ޑައިވް ޕޮއިންޓް ނެތިގެންދާނެ ކަމަށް ޑައިވަރުން ބުނެފައިވެއެވެ. 

އެހެންކަމުން، ފުވައްމުލަކު ރައްޔިތުން ބޭނުންވަނީ މިބޯޓް ޖޫރިމަނާކޮށްގެން ލިބޭ ފައިސާ މިފަރަށް ޚަރަދުކުރުމަށެވެ. އެގޮތުން، އެސަރަހައްދުގެ މުރަކަތައް ދިރުވާ އާލާކުރުމަށް މިފައިސާ ޚަރަދު ކުރެވިދާނެއެވެ.  އެސަރަހައްދު އަލުން އާރޯކަން ގެނެސްދޭން ކުރެވޭނީ ކޮންކަމެއްތޯ ބަލާ އެކަމަށް ޚަރަދުކުރުމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !