މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނާރޖީގެ ނައިބުގެ މަގާމަށް ފުވައްމުލަކު ނަޒާލް ނިޒާހް މުހައްމަދު ރަފީއު އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގެ ނައިބުގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަނު ކުރައްވައިފިކަމަށާއި އެމަޤާމަށް ޢައްޔަނު ކުރެއްވީ، ޏ.ފުވައަމުލައް، ނަޒާލް، ނިޒާހު މުޙައްމަދު ރަފީޢުއެވެ.
އެންވަޔަރމަންޓް މިނިސްޓްރީގެ ނައިބުގެ މަގާމުން ދާދި ފަހުން ފުވައްމުލަކު ހުނުބޮލި އަބްދުﷲ މުހައްމަދު އިސްތިއުފާދެއްވާފައިވެއެވެ. އެންވަޔަރމަންޓް މިނިސްޓްރީގައި މިހާރުވެސް ނައިބަކު ހުންނަވައެވެ. ކުރިން ނައިބުންގެ ގޮތުގައި ތިއްބެވި ފަސް ބޭފުޅަކު ވަނީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވްގެ މަގާމަށް ބަދަލުކުރައްވާފައެވެ.
+1
+1
ޚިޔާލުތައް