A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައި ތިބީ 8485 ރައްޔިތުން

އަންނަ ޖެނުއަރީ މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދަފުތަރު އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ. ފުވައްމުލަކުން ވޯޓް ދިނުމުގެ ހައްގު ލިބިފައިވަނީ 8485 މީހުންނަށެވެ. 

ފުވައްމުލައް ސިޓީ އަކަށް ބަދަލުވުމާއި ގުޅިގެން މިފަހަރު ފުވައްމުލަކުގައި އެކުލަވާލާނީ ސިޓީ ކައުންސިލެކެވެ. އެއީ އިންތިޚާބީ 3 ދާއިރާއިން ކޮންމެ ދާއިރާއިން މެމްބަރަކު ހިމެނޭ ގޮތަށް 3 މެމްބަރުންގެ ސިޓީ ކައުންސިލެކެވެ. ފުވައްމުލަކު 3 އިންތިޚާބީ ދާއިރާ އަށް ބަލާލާއިރު ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ އެންމެ ގިނަ ރައްޔިތުންތިބީ އުތުރު ދާއިރާގައެވެ. އެއީ 3275 މީހުންނެވެ. ފުވައްމުލަކު މެދު ދާއިރާގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވަނީ 2701 ފަރާތަކަށެވެ. އަދި ދެކުނު ދާއިރާގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ 2509 މީހުން ދިރިއުޅެއެވެ. 

ވަކިވަކި އަވަށް ތަކަށް ބަލާލާއިރު ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ އެންމެ ގިނަ މީހުން ތަމްސީލު ކުރަނީ ފުވައްމުލަކުގެ އެންމެ އާބާދީ ބޮޑު އަވަށް ކަމަށްވާ ދޫޑިގަމެވެ. ދޫޑިގަމުގައި 1398 މީހުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ އިރު މިސްކިތްމަގުގެ 1320 ފަރާތަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ މީހުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވަނީ ދަޑިމަގުންނެވެ. އެއީ 1139 ފަރާތެކެވެ. އަދި ހޯދަޑާއި ފުނާޑުގެ 1111 ފަރާތަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ އިރު ދިގުވާޑުގެ 1025 ފަރާތަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެއެވެ. މާދަޑުގެ 700 މީހުންނަށް ވޯޓް ދެވޭއިރު މާލެގަމުން ވޯޓް ދެވެނީ 681 ފަރާތަކަށެވެ.

މިލިސްޓަކީ ވަގުތީ ލިސްޓަކަށް ވާއިރު މިލިސްޓްގައި މައްސަލައެއް އުޅޭނަމަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެމިޝަނުން އެދިލައްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !