A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އެއަރޕޯރޓާއި ގުޅިފައިވާ ޓްއަރިޒަމް ވިޔަފާރި ހިންގާ ނަމަ އެއެއަޕޯރޓުން ފައިދާ ވާނެ

ފުވައްމުލަކު އެއަރޕޯރޓް ޕްރޮޖެކްޓާއި ގުޅިފައިވާ ޓްއަރިޒަމް ވިޔަފާރީގެ މަސައްކަތް ހިންގައިފިނަމަ އެ އެއރަޕޯރޓް އިން ފައިދާ ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ޓްވިޓަރ މެދުވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ފުވައްމުލަކު އެއަރޕޯރޓް ތަރައްގީކޮށްފައިވާ އެސްޓީއޯއިން އެއަރޕޯރޓާއި ގުޅިގެން ގެއްލުން ވަމުން ދާ ކަން ހާމަކުރައްވަމުން ގެންދާ ދަނޑިވަޅެއްގައެވެ.

2011 ވަނަ އަހަރު ނިމެންދަނިކޮށް ހުޅުވުނު ފުވައްމުލަކު އެއަރޕޯރޓް އިން 170 މިލިއަން ރުފިޔާގެ ގެއްލުން އެސްޓީއޯއަށް ވެފައިވާ ކަމަށް އެކުންފުނީގެ މެނެޖިން ޑިރެކްޓަރ އާދަމް އާޒިމާއި ހަވާލާދީ ހަވީރު ނޫހުން ރިޕޯިރޓް ކުރެއެވެ. 170 މިލިއަން ރުފިޔާގެ ގެއްލުން އެއަރޕޯރޓުން ވެފައިވާ ކަމަށް އެސްޓީއޯއިން ބުނަމުންދާއިރު، އެ އެއަރޕޯރޓް އިން އަހަރަކު 12 މިލިއަން ރުފިޔާގެ ގެއްލުން ވަމުންދާ ކަމަށް މީގެ ކުރިން ހާމަކޮށްފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !