A wide advertisement which will be shown on all devices. (700 x 100)

ސަލަފް ގެ ރައީސް އަބްދުﷲ ގެ ޓްވީޓަށް އަދާލަތުގެ ރައީސް އިމްރާން ރައްދު ދެއްވައިފި

ޖަމްއިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް “އަދާލަތު ގެ ނިންމުމަކު ހަރުދަނާ ކަމެއް ނެތް” ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަށް އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ރައްދު ދެއްވައިފިއެވެ. އަބްދުﷲ ގެ ޓްވީޓަށް ރައްދު ދެއްވަމުން އިމްރާނު ވިދާޅުވީ، “އަޅުގަނޑެއް ބޭނުމެއް ނޫން ސަލަފަކީ ސިޔާސީ ބައެއްގެ ގޮތުގައި ދެކޭކަށް، އެހެންވެ މިދަންނަވަނީ މިއީ ސިޔާސީ ކަމެކޭ، ސިޔާސީ ކަންކަން ކުރައްވަންޏާ އަޅުގަނޑުމެން ފަދައިން ވަަރަށް ސާބިތުކަމާއެކު ނިކުމެ ތިއްބަވާށޭ، ފިލާތިބެ ދީނީ ފިލާގަނޑު އަޅުވައިގެން ފާޑުނުކިޔާށޭ” އެވެ.

އިމްރާނު އިތުރަށް ވިދާޅުވީ ޖަމިއްޔަތުއް ސަލަފަކީ ރާއްޖޭގައި އިސްލާމް ދީނަށް ބޮޑެތި ޚިދުމަތްތަކުން ކުރައްވަމުން ގެންދަވާ ޖަމިއްޔާ އެއް ކަމަށާއި އެހެން ނަމަވެސް ޤައުމުގައި ހުރި ބޮޑެތި ގިނަ މައްސަލަ ތަކާއި ގުޅޭގޮތުން ޢަދާލަތުން ސަލަފާއި އެކު ކުރި މަޝްވަރާ ތަކުގައި އެބޭފުޅުންގެ ރައުޔު ޢާއްމު ކުރައްވަން ފަސްޖެހި ވަޑައިގެންފައި ވާ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !