A wide advertisement which will be shown on all devices. (700 x 100)

އެމެރިކާގެ ރައީސްކަން ކުރެއްވި އެންމެންނަކީވެސް އިސްލާމް ދީނާއި މުސްލިމުންގެ އަދުއްވުން

އެހެންނަމަވެސް ހަނދާން ކޮއްލަންޖެހޭ ކަމަކީ އެމިރިކާގައި ކުރީން ރައީސް ކަން ކުރެއްވި ރައީސުންވެސް، އެތައް މިލިއަން މުސްލިމުން އިރާޤާއި އަފްޤާނިސްތާން އަދި ފަލަސްތީން ފަދަ ގައުމުތަކުން މަރާފައިވުމެވެ
އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕު ކާމިޔާބުކުރުމުން ގިނަ އަދަދެއްގެ މުސްލިމުން މާޔޫސްވިއެވެ.ސަބުބުތަކެއް ނެތިއެއް ނޫނެވެ!ފާޅުގައި މުސްލިމުނާއި ޖައްސަލާފައި ކެމްޕެއިން ވައުދުތަށް ވެފައިވާތީއެވެ.
އެހެންނަމަވެސް ހަނދާން ކޮއްލަންޖެހޭ ކަމަކީ އެމިރިކާގައި ކުރީން ރައީސް ކަން ކުރެއްވި ރައީސުންވެސް، އެތައް މިލިއަން މުސްލިމުން އިރާޤާއި އަފްޤާނިސްތާން އަދި ފަލަސްތީން ފަދަ ގައުމުތަކުން މަރާފައިވުމެވެ. އެމީހުންނަކީ އަހަރެމެން މުސްލިމުންނަށް އެއްވެސް ރަހުމެއް އަދި ކުލުނެއް ހުރި ބައެއް ނޫނެވެ. ޓްރަމްޕް އާއި އެނޫންވެސް އެމެރިކާގެ ރައީސްކަން ކުރެއްވި އެންމެންނަކީވެސް އިސްލާމް ދީނާއި މުސްލިމުންގެ އަދުއްވުންނެވެ.

ކުރީގެ ރައީސުންނާއި ޓުރަމްޕް އާއި ހުރި ތަފާތަކީ، ކުރީގެ ރައީސުން މުލިމުން މަރަމުން ގެންދަނީ މުސްލިމުންދެކެ ލޯބިވާކަމަށް ދުނިޔެއަށް ދައްކައިގެންނެވެ.އެހެންނަމަވެސް އަލަށް އިންތިހާބު ވި މި ޑޮނާލްޑް ޓްރަމްޕް އެނާ މުސްލިމުންނާއި މެދު ގެންގުޅޭ ނަސްލީ ތަފާތު ކުރުމާއި ރުޅިވެރިކަން ހާމަކުރަމުންދަނީ ފާޅުގައިއެވެ.އެހެންކަމުން އެހެން ރައީސުންނަށް ވުރެ މީނާގެ މުނާފިޤުކަން ކުޑައީކަމަށް ދެއްނެވިދާނެއެވެ.
މުސްލިމުންނޭވެ !ކަންބޮޑުވެ ނުލައްވާ ! ﷲ ގެ ވާގިފުޅާއި އިރާދަފުޅާއި އެކުގައި މެނުވީ އެއްވެސް ކަމެއް ނުވާނެއެވެ! ޓްރަމްޕްއަކަށް މުސްލިމުންނާއި އިސާލްމް ދީން ބަލިކަށިއެއް ނުކުރެވޭނެއެވެ.

ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، “ހަމަކަށަވަރުން، ޤުރުއާން ބާވާލެއްވީ ތިމަން ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ، އެޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.” މިހެންނެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މިއާޔަތުގައި ޤުރުއާނުގެ މާނައިގެ ތެރޭގައި އިސްލާމްދީންވެސް ހިމެނެއެވެ. މިއާޔަތަށް ބަލާއިރު، ދީން ރައްކާތެރި ކުރުމަކީ، އިންސާނުންގެ ކަމެއް ނޫންކަން ދޭހަވެއެވެ. އެކަން އޮތީ މާތްﷲ ހަމަޖައްސަވައިފައެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެންގެ މި އިސްލާމީ އުއްމަތް ބަރުދާސްތު ކުރަމުން މިގެންދާ ހިތްދަތިކަމާއި ވޭނުގެ އިތުރު ވޭނެއް ނާއަޅާނެއެވެ.
އަޅުގަނޑުމެންގެ ދުޝްމަނުންނަށް، އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރުމަށް ފަރުސަތު ނުދީ، އަޅުގަނޑުމެންގެ ހާލަތު އަޅުގަނޑުމެން އަމިލައްއަށް މިނޫން ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމާތޯއެވެ! އިންޝާﷲ އަޅުގަނޑުމެން މުސލިމުންނަށް ނަސްރު ލިބޭނެއެވެ !

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !