A wide advertisement which will be shown on all devices. (700 x 100)

ޓާރފް ދަނޑުހެދުމަށް ޒުވަނުން ޖޯޝާއެކީ، ފަންޑަރައިޒިން ހަރަކާތަކަށް ނުކުންނަމާތޯ؟

ފުވައްމުލައް ސިޓީކަހަލަ ބޮޑު ސިޓީއެއްގައި، މިފަަދަ ރަށްރަށައް، ވުރެވެސް މާ ފަސޭހަކަމާއި އެކު، މާ ހިތްގައިމު ޓާފު ދަނޑެއް ނެހެދޭންވީ ހަމަ އެއްވެސް ސަބަބެއް، ހުއްޖަތެއް ނެތެވެ!

ފުވައްމުލަކު ޒުވާނުން މިއަދު އެދި ރޮނީ ޓާރފް ދަނޑަކަށެވެ. އެއީ ސަބަބުތަކެއްވެސް ނެތި އެއް ނޫނެވެ. 13000އަށް ވުރެ ބޮޑު އަބާދީއެއް އޮތް، ފުވައްމުލައް ސިޓީ އަކީ ރައްޖޭގައި ޓާފު ދަނޑެއް ނެތް ހަމައެކަނި ސީޓީ އެވެ. 20 އަހަރަށް ވުރެ ގުނަ ދުވަސްވެފައިވާ ފުވައްމުލަކު ސްޓޭޑިއަމް އެގޮތުގައި ފުޓްބޯޅަ ކުޅެން އެކަށީގެން ނުވާ ދަނޑެއްގެ ގޮތުގައި އޮންނަތާ ލައްކަ ޒަމާންވެއްޖެއެވެ. އެދަނޑު ރަނގަޅު ފެންވަރެއްގައި ހަދައިދޭނެ ސަރުކާރެއް، ކައުންސިލެއް، މިނިސްޓްރީއެއް ނެތެވެ.

ފުވައްމުލަކަށް ވުރެ އާބާދީގެ ގޮތުންނާއި، ބިމުގެ ގޮތުން ބެލިކަމުގައި ވިޔަސް ކުޑަ ރަށްތަކުގައި ރަނގަޅު ފެންވަރުގެ ޓާފު ދަނޑުތަށް މިހާރު އެބަހުއްޓެވެ.

ފުވައްމުލައް ސިޓީކަހަލަ ބޮޑު ސިޓީއެއްގައި، މިފަަދަ ރަށްރަށައް، ވުރެވެސް މާ ފަސޭހަކަމާއި އެކު، މާ ހިތްގައިމު ޓާފު ދަނޑެއް ނެހެދޭންވީ ހަމަ އެއްވެސް ސަބަބެއް، ހުއްޖަތެއް ނެތެވެ!

މިކަމަށް ހަމައެކަނި ސަރުކާރަށް ބަރޯސާވުމުގެ ބަދަލުގައި، ސިޓީ ކައުންސިލާއި ރަށުގެ ޒުވާނުން ނުކުމެ މިކަމަށް ފަންޑަރައިޒް ކުރަން ތަފާތު ހަރަކާތްތަށް ހިންގަން ފެނެއެވެ. ޅ އަތޮޅުގައި ހަދާފައިވާ ހިތްގައިމު ބައެއް ޓާފު ދަޑުތަަށް ހަދާފައިވަނީ މިފަދަ ފަންޑްރައިޒިން ހަރަކާތްތައް ހިންގައިގެންނެވެ.

ޅ. އަތޮޅުގެ ރަށެއްގައި ހަދާފައިވާ ޓާފް ދަނޑުހެދުމުގައި، އިސްކޮށް ހަރަކާތްތެރވި މީހަކު މައުލޫމާތު ދެއްވި ގޮތުގައި، އެމީހުން ޓާރފް ދަނޑު ހަދާފައިވަނީ 1.5 މިލިއަން ރުފިޔާ ފަންޑްރައިޒިންގެ ގޮތުގައި ހޯދައިގެން ކަމަށެވެ. އަދި ފުވައްމުލަކު ބައެއް މީހުން މިހާރު ގުޅާފަ އެމީހުން ޓާރފް ދަނޑު ހެދުމަށް ފައިސާ ހޯދިގޮތް އޮޅުންފިލުވަމުން ދާކަމަށްވެސް އެނާ މައުލޫމަތު ދެއްވިއެވެ.

ވީއިރު ހަމައެކަނި ސަރުކާރަށް ބަރޯސާވެގެން ނުތިބެ، މިހާރު ޓާފް ދަނޑެއް ފުވައްމުލަކުގައި ހެދުމަށް، އެދި ޒުވާނުންތިބި ނުގުޑާފަދަ ވަރުގަދަ ކިކުގައި ނުކުމެ ފަންޑްރައިޒިން ހަރަކަތްތަކެއް ކުރިޔަށް ގެންދިޔުމަކީ މިކަން ޙަސިލްކުރުމަށް އޮތް މަގުކަމަށް ވެސް ވެދާނެ ނޫންތޯ؟ ޒުވާނުން ވިސްނާލައްވާ… !

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !