16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

އިހްތިރާމު ކުރާށެވެ! އިޙުތިރާމު ލިބިގަންނާށެވެ.

އިހްތިރާމު ކުރާށެވެ! އިޙުތިރާމު ލިބިގަންނާށެވެ

މިދީބުގެ ދަރިވަރުންނޭވެ! އަހަރެންނަކީވެސް ދަރިވަރަކީމުއެވެ. ހެނދުނު ހެނދުނާ ނާސްތާކޮށްގެން، ބުރަ ހިތަކާއިގެން ސުކޫލަށް ދިޔަ ކުއްޖަކީމެވެ. ހަފްތާއަކު ފަސްދުވަހު، ދެފައި ވާޅުވަން ދެން އެސަމްބުލީގައި ކޮޅަށް ހުރީމެވެ. ވަގުތު ބޭކާރު ކުރުމަށް ކޮންމެ ކުލާހަކު ފާހަނަށް ދިޔައީމެވެ. ސިޔާސަ ކުއްޖަކީމެވެ. އެއި މާޒީއެވެ. ހަގީގަތެއް ބުނަން ހެއެޔެވެ؟ މިއަދުވެސް އަދި މާދަމާވެސް އުޅެން މިޖެހެނީ ސުކޫލު ހަޔާތުގައެ އެޅި ބިންގަލުގެ މަތީގައެވެ. އަހަރެންނަށް ދަސްވި އެންމެ ބޭނުންތެރި ކަމަކީ، އިޙްތިރާމުކުރުމެވެ. ތިޔަ ދަރިވަރުން, އިޙުތިރާމު ކުރަމުހެއްޔެވެ؟

 މުދައްރިސުންނަށް އިޙްތިރާމު ކުރާށެވެ. އެވެރިން އެވަނީ ބޮޑު ގުރުބާނީއެކެވެ. ސުކޫލުގައި އުޅުނު ދުވަސްވަރު އަހަރެންނަށް ވިސްނިފައި އޮތީ މުދައްރިސުން އެ އަދާކުރަނީ އެމީހުންގެ ވަޒީފާކަމެވެ. އުގަންނައިދެނީ އުޖޫރަޔަށް، މަޖުބޫރުވެގެން ކަމެވެ. އެހެނެއް ނޫނެވެ. ކިޔެވުމުގެ ދައުރު ނިންމާލުމަށް ފަހު ކޮންމެ މީހަކުވެސް ބަލާނީ ރަނގަޅު އާންމުދަނީ އެއް ލިބޭ، ތިމާ ހިތްހަމަޖެހޭ ވަޒީފާއެއް ލިބޭތޯއެވެ. ކޮންމެ ކޮންމެ މީހަކަށް އެދުރަކަށް /މުދައްރިސަކަށް ނުވެވޭނެއެވެ. އުގަންނައި ދިނުމުގެ ޢިލްމަކީ ފަސޭހަ ޢިލްމެއް ނޫނެވެ. ވަތަނީ ރޫހު އަށަގެންފައިވާ މީހުން އަސްކަރިއްޔާއަށް ވަނުމުގެ އެދުމެއް އޮވެއެވެ. ޓީޗަރުންނަކީ ވެސް އެފަދަ ބައެކެވެ. ދަރިވަރުން ތަކަކަށް، މުދައްރިބަކަށް ވަނީ ގައުމީ ވަރަށް މާތް ރޫހެއްގައެވެ.

މުދައްރިސުން ކުދިން ދެކެނީ ދަރިންތަކެއްގެ ގޮތުގައެވެ. މިއަދުގެ ދަރިވަރުންނަށް ނުވިސްނިދާނެއެވެ. އެކަމަކު މާދަމާ މުދައްރިސަކަށް/ ބެލެނިވެރިޔަކަށް ވެވިއްޖެނަމަ މިކަން ފަހުމުވާނެއެވެ. ކޮނެމެ އެދުރަކުވެސް ބޭނުންވާނީ އެބަޔަކު އުގަންނައިދޭ ދަރިވަރުން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުންނާށެވެ. އެމީހުންގެ މަސައްކަތުގެ ފޮނި މީރު މޭވާއަކީ، ކުދިން ތަކަކަށް ކިޔަވައި ދިނުމެއް ނޫނެވެ. އެމީހުންގެ ހަގީގީ އުފަލަކީ އުގަންނައިދިން ދަރިވަރުން، މުޖުތައުގައި، އިހްތިރާމް ލިބިގެންވާ، ޒިންމާދާރު ބައެއްގެ ގޮތުގައި ފެނުމެވެ. އެއީ ތިމަންނަ ކިޔަވައިދިން ކުއްޖެކޭ ބުނެވޭނެ ދުވަހެވެ. މައިންބަފައިންގެ ހިތުގެ ހިތްހަމަ ޖެހުމަކީވެސް އެއީނޫންތޯއެވެ؟ ވީ އިރު މައިންބަފައިންނާ، އެދުރުންގެ މާ ބޮޑު ތަފާތެއް އެބެއޮތް ހެއްޔެވެ؟ އެމީހުންނަށް ވަޒީފާ ޒިންމާދާރުކަން ކުޑަކޮށް، އުޖޫރަޔަށް ކުރެވިދާނެއެވެ. އެހެންނަމަވެސް، އެމީހުންގެ ވަގުތާއި، އަމިއްލަ ދިރިއުޅުން ގުރުބާން ކުރުމަށް ފަހު، އެމަސައްކަތް ކުރަނީ ދަރިވަރުންގެ ކުރިއެރުމަށްޓަކައެވެ. އެމީހުންގެ އަގުވަޒަން ކުރާށެވެ. އެމީހުނަށް ޢިހުތިރާމު ކުރާށެވެ.

މުދައްރިސުންގެ އިތުރުން ތިމަންނަގެ އެކުވެރިންނާއި އެކުގައި ކިޔަވަމުންދާ ކުދިންނަށް އިޙުތިރާމު ކުރަން ހެއްޔެވެ؟ ތިބާ ވަށައިގެން އުޅޭ އެންމެނަށްވެސް އިހްތިރާމް ކުރަންވާނެއެވެ. ވަރަށް ގިނަ ސަބަބުތަކެއް އޮތީމައެވެ. ތަފްސީލަކަށް ދާނަމެވެ.

މިއަދު ތިޔައީ އެހެން ބައެއްގެ ތައްޕާހުގައި އުޅެމުންދާ ޅަ ޖީލެކެވެ. މާދަމާ ކަންވާނެ ގޮތް ލިޔުއްވާފައި ވަނީ ކިހިނެއްކަމެއް ނޭގެއެވެ. މިއަދު ހިމޭނުން ހުންނަ ކުއްޖަކު މާދަމާ އަޑުހަރު ސިޔާސި ލީޑަރަކަށް ވެދާނެއެވެ. އެންމެ ހީނުކުރާކަހަލަ ކުދިން އެންމެ ނުފޫޒުގަދަ ވަޒީފާތަކަށް ގޮސްދާނެއެވެ. އަދި މިއަދު އެންމެ ކޫލް ކުދިން ތަކެއްގެ ގޮތުގައި ބެލެވޭ ކުދިން ގޯސްމަގަކަށް އެޅިގެންވެސް ގޮސްދާނެއެވެ. ތަގުދީރަކީ އެކަހަލަ އެއްޗެކެވެ. އެހެންކަމުން މިއަދު ހިމޭނުން ހުންނަ ކުއްޖާޔަށް ނޫނީ އެންމެ މޮޅަށް ނުކިޔެވޭ ކުއްޖާޔަށް ޖެއްސުންކޮށް ހަނގާ ކޮށްގެން، މާދަމާ އެބައެއްގެ ބޭނުމެއް ޖެހިއްޖެނަމަ ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ މިއަދު އެންމެނާވެސް ގާތް ގުޅުމެއް ބާއްވައި، އިހުތިރާމު ކުރުމުގެ ސަބަބުން މާދަމާ ލިބިދާނެ އިނާޔަތެއް/ ރަހުމަތެއް ނޭގޭނެއެވެ. ގައިމުވެސް ދެރައެއް ނުލިބޭނެއެވެ.

އަހެރެމެންގެ މާތްވި އިސްލާމްދީނުގައި އިހުތިރާމު ކުރުމަށް ބާރު އަޅުއްވާފައި ވަނީ އެކަމުގައި ޙިކުމަތްތަކެއް ވާތީއެވެ. ތިމާގެ އަޙުންނަށް، ގާބިލުކަން ހުރިވަރަކުން އެހީތެރިވާށެވެ. އެއިރުން ތިބާއަށް ވެސް އިހުތިރާމު ލިބި، ބޭނުންވާ ކަންކަމުގައި އެހީތެރިކަން ލިބޭނެއެވެ. ހެވެއް އޮތީ އެމަގުންނެވެ. މިއަދު ބޭއިޙްތިރާމު ކުރެވޭ މިހަކީ މާދަމާ، ތިބާގެ ދަރިޔަކުގެ މުދައްރިސަކަށް ވެދާނެއެވެ، މައިދައިތަޔަކަށް ވެދާނެއެވެ. އެހެންކަމުން އެންމެނަށްވެސް އިހުތިރާމުކުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންތޯއެވެ. އަމަލުތައް ގޯސްނަމަ އަވަހަށް އިސްލާހުކުރާށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު