A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް އުފަން ނަމޫނާ ނާއިބް ރައީސެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، އޯގާތެރި ސަރުކާރަށް 1 އަހަރު ފުރި، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ ނަމޫނާ ދައްކާފައި ވާއިރު އެމަނިކުފާނުގެ ސަރުކާރުގެ ނައިބް ރައީސްވެސް ވަނީ ނަމޫނާ ދައްކާފައެވެ.

ފަހުގެ ތާރީހުގައި ނައިބް ރައީސުންގެ ފަރާތުން ނުވަތަ ނައިބް ރައީސުންނާއި މެދު ކަންތައް ވެގެންދިޔަ ގޮތުން، ރައްޔިތުން ވަނީ   ނިހާޔަތަށް މަޔޫސްވެފައެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މި މަޔޫސްކަމަށް ނިމުމެތް ގެނެސް، ޑިމްކެރެޓިކް ވެރިކަމެއްގެ ނައިބް ރައީސުންގެ ހަގީގީ ރޯލު ރައްޔިތުންނަށް ދައްކައި ނަމޫނާ ދެއްކެވީ، 1986 ވަނަ އަހަރުން ފެށިގެން ފުވައްމުލަކު ރައްޔިތުންނަށް ތަފާތު އެކި ދާއިރާއިން ހިދުމަތް ކުރެއްވި، އަދުގެ ރައީސްލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބް ރައީސް ފައިސަލް ނަސީމް ގެ ފަރާތްޕުޅުން ފެންނަމުން ދަނީ ބަދަހި ކަމާއި މަޑުމައިތިރި ކަމާއި ހިކްމަތްތެރިކަމެެވެ. އަދި ގިނަބަޔަކު ސިފަ ކުރައްވާ ގޮތުގައި ރައީސް ގެ އިތުބާރާއި ރައްޔިތުންގެ ލޯބި ހޯއްދެވި، އެހެން ނައިބް ރައީސެއް ދިވެހިރާއްޖެގެ ފަހުގެ ތާރީހުގައި ނުދެކެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު ވެސް ތަކުރާރުކޮށް ނައިބް ރައީސް ފައިސަލް ވިދާޅުވަމުން ގެންދެވީ މަޒީގައި، ނައިބް ރައީސުންގެ ފަރާތުން ފެނިގެން ދިޔަ އެއްވެސް ކަމެއް، އެމަނިކުފާނުގެ ފަރާތުން ނުފެންނާނެ ކަމަށާއި، އަބަދުވެސް މަސައްކަތް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅުގައި، އިޙްލާސްތެރި ކަމާއި އެކުގައި ކަމަށެވެ.

ނާއިބް ރައީސަކަށް ފުވައްމުލަކު މީހަކު ހުރުމުން ފުވައްމުލަކަށް ވީ ކޮންކަމެއް ؟

މާޒީ އާއި ހިލާފަތް ސަރުކާރެއްގެ ފުރަތަމަ އަހަރެއްގައި ފުވައްމުލަކަށް އެންމެ ގިނަ ކަންތައް ހަމަޖެއްސި ސަރުކާރަކީ އިބްރާހިމް މުހައްމަދު ސާލިހުގެ އޯގާތެރި ސަރުކާރެވެ. މިއަހަރު ހަވާލުކުރެވުނު ގިނަ ކަންކަމުގެ ފޮނި މީރު ރަހަ އަންނަ އަހަރު ތެރޭގައި ފުވައްމުލަކު ރައްޔިތުންނަށް ލިބިގެންދާނެއެވެ. ތައުލީމީ އަދި  ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް އަންނާނެ ކަން ކަށަވަރެވެ. އުމްރާނީ ކުލަތައް ފުވައްމުލަކުގެ މަލަމަތިން ފާޅުވާން ފަށާނެއެވެ. ރައްޔިތުންގެ އުއްމީދުތައް ހާސިލުވެ ހުވަފެންތަކުގެ ކުލަޖެހިގެން ދާތަން މިހާރުވެސް ދަނީ ފެންނަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !