A wide advertisement which will be shown on all devices. (700 x 100)

އިސްލާމްދީނުގައި ޖިހާދު

ޖިހާދު، މިލަފްޒުގެ މާނައަކީ ގަދައަޅައި މަސައްކަތް ކުރުމެވެ. އެއްވެސް ރޮގަކުން ގަދައަޅައި މަސައްކަތް ކުރުމަކީ، އެ ރޮނގުން ޖިހާދު ކުރުމެވެ.

އެގޮތުން ކީރިތި ރަސޫލާ ޙަދީސް ކުރައްވާފައިވަނީ، ﷲ އާއި ރަސޫލާއަށް އީމާންވުމަށްފަހު އެމީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ނަވަތަ ހަގުރާމަ ކުރުމެވެ.

ޖިހާދު ނުވަތަ ހަނގުރާމަކުރުމުގެ ހުއްދަ ދެއްވާފައިވަނީ، ވަކި ޙާލަތެއްގައި ވަކި އުސޫލްތަކެއްގެ މަތިންނެވެ.

މުސްލިމުންގެ ރަށްތަކަށް ކާފަރުންއަރާ އެބައިމީހުންނާ އިސްވެ ހަނގުރާމަ ކޮއްފިނަމަ ކާފަރުންނާއި ދެކޮޅަށް ދީނާއި ގައުމުގެ ދިފާއުގައި ހަގުރާމަ ކުރަންޖެހޭނެއެވެ. އެއީ ދިފާޢީ ހަނގުރާމައެކެވެ. އެއްވެސް ޙާލެއްގައި ޙަމަލަދޭ ހަނގުރާމައެއްނޫނެވެ.

ބަޔަކު އެބައިމީހުންގެ ރަށުގައި ނުވަތަ އަމިއްލަ ގައުމު ނުވަތަ އަމިއްލަ ބިމުގައި ދިރި އުޅެމުންދަނިކޮށް އަޅުގަނޑުމެންގޮސް އެބައިމީހުންނާއި ޙަމަލަދީ ހަނގުރާމަކޮއްގެން ނުވާނެއެވެ. ޖިހާދު ކުރުމުގެ ނަމުގައި މިފަހަކަށް އައިސް ސީރިޔާ އާއި މީނޫންވެސް ބައެއްގައުމުތަކަށް ގޮސް އަމިއްލަ ހަށިގަނޑުގައި ބޮން ހަރުކޮއްގެންނާއި ތަފާތު ގޮތްގޮތަށް ދޭ ހަމަލަތަކަކީ ޢުދުވާނީ ޙަމަލަތަކެކެވެ.

އެއީ އެއްގޮތަކަށްވެސް ދީނަށްޓަކައި ޤައުމަށްޓަކައި ކުރެވޭ ޖިހާދެއްކަމުގައި ދެންނެވޭކަށް ނެތެވެ. މިފަދަ ޢަމަލްތަކަކީ އަނިޔާވެރި ބަޔަކު އިސްވެތިބެގެން ހިންގާ ލާ ދީނީ ބޮޑު ޖަރީމާއެކެވެ. ޓެރަރިޒަމްގެ މުޑުދާރު ޢަމަލެކެވެ. މިފަދަ މީހުންގޮސް މިހިންގާ ޢަމަލުތަކުގެ ސަބަބުން މަރުވެގެން ދަނީ ހަމަ އެކަނި ކާފަރުންނެއް ނޫނެވެ. އެއްވެސް ކުށެއްނެތް މައުސޫމު އެތައް މުސްލިމުންނެއްވެސް މަރުވެގެންދަނީއެވެ.

ހެޔޮވާނެތޯއެވެ! މިއީ ކޮންފަދަ ބޮޑު ފުރެދުމެއްތޯއެވެ. މިއީ އިސްލާމްދީނާއި އިންސާނިއްޔަތާއި ޚިލާފް ކަންތައްތަކެވެ. ޣައިރުމުސްލިމުންކަމުގައި ވިޔަސް އެއްވެސް ކުށަކާއިނުލާ އެބަޔަކަށް ޙަމަލަދީ ހަގުރާމަ ކުރާކަށް އިސްލާމްދީން ހުއްދައެއް ނުކުރެއެވެ.

އަދި ކިއެއްތަ! އިސްލާމްދީން ބާރުއަޅަނީ، ޣައިރުމުސްލިމުންނާއި މެދުވެސް އޯގާތެރިކަމާއި އެކު ރަޙުމުކުރުމަށެވެ. އެމީހުންނަށްވެސް ކަމޭހިތުމަށެވެ.

އިސްލާމްދީން ހުއްދަކުރާފަދަ ޙާލަތެއް މެދުވެރިވެގެން ހަނގުރާމަ ކުރަންޖެހުނަސް ހަނގުރާމަކުރަން އަންގަވާފައި ވަނީ އެބަޔަކު ހަނގުރާމަކުރާ ފަދައަކުންނެވެ. އަދި އެބަޔަކު އަމާންދީ ސުލްހަވާން ބޭނުންވެއްޖެނަމަ ހަނގުރާމަކުރުން ހުއްޓާލާ ސުލްހަވުމަށް އަންގަވާފައިވެއެވެ.

އަދި މިފަދައިން ޣައިރު މުސްލިމުންނާއި ދެކޮޅަށް ކުރެވޭ ހަނގުރާމަތަކުގައި އަންހެނުންނާއި ކުޑަކުދިން ނުމެރުމަށާ އަނިޔާވެރި ނުވުމަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ.

އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. ކީރިތި ރަސޫލާ ދުނިޔެއަށް ފޮނުވުނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައެވެ.

ކަންމިހެން އޮތްއިރު ކަންތައްތައް ހިނގަމުން މިދަނީ ކިހިނަކުންތޯއެވެ؟ އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިންވެސް ތަންދޮރު ނުދަންނަ ބައެއްމީހުން ސީރިޔާ ފަދަ ގައުމުތަކަށް ގޮސް ޖިހާދު ކުރުމުގެ ނަމުގައި އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލާ މިހުން މިދަނީ ގިނަވަމުންނެވެ، މިއީ ވަރަށް ހިތާމަ ހުރިކަމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޯޮޮޮޮއލލއލއ

    ާލލލަލލލަލ