25 ފެބުރުއަރީ 2020 ( އަންގާރަ )

banner

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ޒުބައިރު ބުނު އައްވާމް

ނަސަބުފުޅާއި ދަރިފަސްކޮޅު

ޒުބައިރު ބުނު އައްވާމްގެ ފުރިހަމަ ނަންފުޅަކީ ޒުބައިރު ބުނު އައްވާމު ބުނު ޚުވައިލިދު ބުނު އަސަދު ބުނު އަބްދުލް އުއްޒާ ބިން ގުސައްޔު ބިން ކިލާބެވެ. ކީރިތި ރަސޫލުﷲ (ސއވ)ގެ ނަސަބުފުޅާއި ގުޅެނީ ގުސައްޔު ބިން ކިލާބާއި ހަމައިންނެވެ. ޒުބައިރު (ރއ) ނިސްބަތްވަނީ ގުރައިޝު ވަންހައިގެ ބަނީ އަސަދު ދަރިކޮޅަށެވެ. ޒުބައިރު (ރއ)ގެ މަންމާފުޅަކީ ކީރިތި ރަސޫލުﷲ (ސއވ)ގެ ބޮޑުދައިތާފުޅެއް ކަމަށްވާ ސަފިއްޔާ ބިންތި އަބްދުލް މުއްތަލިބެވެ.

ކީރިތި ރަސޫލުﷲ (ސއވ) އާއި ޒުބައިރު (ރއ) އާއި ލެއާއި ކާވެނީގެ އެތައް ގޮތަކުން ގުޅެއެވެ. ޒުބައިރު ބުނު އައްވާމުގެ އަބިކަބަލަކީ އަސްމާ ބިންތި އަބޫބަކުރެވެ. އެއީ ކީރިތި ރަސޫލުﷲ (ސއވ)ގެ އަބިކަބަލެއްކަމަށްވާ އާއިޝާ ބިންތި އަބޫބަކުރުގެ އެއްބަނޑުއެއްބަފާ ދައިތާފުޅެކެވެ.

ޒުބައިރު (ރއ)ގެ މާމާފުޅެއްކަމަށްވާ އުއްމު ހަބީބާ އަކީ ކީރިތި ރަސޫލު ﷲ(ސއވ)ގެ ވެސް މާމާފުޅެކެވެ. ކީރިތި ރަސޫލު ﷲ(ސއވ)ގެ މަންމާފުޅު ފަރާތުން ބޮޑުދައިތާ ފުޅެއްކަމަށްވާ ހާލާ ބިންތި ވުހައިބަކީ ޒުބައިރު (ރއ)ގެ މާމާފުޅެކެވެ. ކީރިތި ރަސޫލުﷲ(ސއވ)ގެ އަބިކަނބަލެއްކަމަށްވާ ޚަދީޖާ ބިންތި ޚުވައިލިދަކީ ޒުބައިރު ބިން އައްވާމްގެ ބައްޕާފުޅު ފަރާތުގެ ބޮޑުދައިތާފުޅެކެވެ.

ޒުބައިރު ބުނު އައްވާމަކީ އިސްކޮޅުން ދިގު ބޭފުޅެކެވެ. އިސްތަށިފުޅު ބޯނަމަވެސް ތުބުޅިފުޅު ބޯބޭފުޅެއްނޫނެވެ.

ޒުވާން އުމުރު

ޖާހިލިއްޔަ ޒަމާނުގައި އަރަބި ގަބީލާތަކުގެ މެދުގައި ކުރެވުނު ހަގުރާމައިގައި ޒުބައިރު ބުނު އައްވާމުގެ ބައްޕާފުޅު އެކަލޭގެފާނު ތުއްޕުޅު އުމުރުފުޅުގައި ވަނީ އަވަހާރަވެފައެވެ. އެހެންކަމުން، އެކަލޭގެފާނުގެ ބޮޑުފުޅުވީ މަންމާފުޅުގެ އަރިހުގައެވެ. މަންމާފުޅު އެކަލޭގެފާނަށް ވަރަށް ހަރުކައްޓެވެ. އަދަބުދެއްވާ ހައްދަވައެވެ. އެކަން އެގޮތަށް ކުރައްވަނީ އެކަލޭގެފާނުގެ އަޚުލާގު ރަގަޅުކުރެއްވުމަށާއި ބާރުދަގަ ބޭފުޅަކަށް ހެއްވުމަށް ކަމަށް އެކަމަނާއާއި ސުވާލު ކުރެވުނު ހިނދު ދެންނެވިއެވެ.

ޒުބައިރު (ރއ)ގެ ޒުވާން ދުވަސްވަރު އެއްދުވަހަކު މައްކާގެ މީހަކާއި ދެބަސްވުމެއް ހިގިއެވެ. މިދެބަސްވުން ހޫނުވެ ޒުބައިރު ބުނު އައްވާމު އެމީހާގެ އަތް ބިންދާލިއެވެ. މިކަން އެކަލޭގެފާނުގެ މަންމާފުޅަށް އެގުނު ހިނދު އެކަލޭގެފާނު އަމިއްލަ ދިފާއުވުމުގެ ކުޅަދާނަކަން ހުރިކަން އެގި އެކަމާއި އުފާކުޅައެވެ.

އިސްލާމްދީން ގަބޫލުކުރެއްވުން

އިސްލާމްދީން އައުމުގެ ކުރިންވެސް މައްކާގެ މުޝްރިކުން އުޅެމުންދަނީ އެންމެ ރަގަޅަށްނޫންކަން ޒުބައިރު ބުނު އައްވާމު ގަބޫލުކުރެއެވެ. އަދި ކީރިތި ރަސޫލުﷲ (ސއވ) އަކީ އިޚްލާސްތެރި ތެދުވެރި ބޭފުޅެއްކަން ދަނެއެވެ. އެހެންކަމުން، އިސްލާމްދީން ފާޅުވުމާއިއެކު އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރި މަދު މީސްތަކުންގެ ތެރެއިން އެކަލޭގެފާނު ހިމެނެއެވެ. އެކަލޭގެފާނު އިސްލާމްދީން ގަބޫލުފުޅުކުރެއްވީ ހަތަރުވަނަ އަށް ނުވަތަ ފަސްވަނައަށް ކަމަށްވެސް ބައެއްބޭކަލުން ވިދާޅުވެއެވެ.

ޒުބައިރު ބުނު އައްވާމް އިސްލާމްދީން ގަބޫލުފުޅު ކުރެއްވިއިރު އެކަލޭގެފާނަކީ ޅަޒުވާނެކެވެ. ގާތްގަޑަކަށް 15 އަހަރު ކަމަށް ވެއެވެ. އެދުވަސްވަރު އިސްލާމްދީން ގަބޫލުކުރި އެހެން މުސްލިމުންނެކޭ އެއްފަދައިން ޒުބައިރު ބުނު އައްވާމަށްވެސް މައްކާގެ މުޝްރިކުންގެ ފަރާތުން ގިނަގުނަ އަނިޔާތަކާއި ކުރިމަތިވިއެވެ. އެގޮތުން، އެކަލޭގެފާނުގެ ބައްޕާފުޅު ފަރާތުގެ ބޮޑެބޭބޭފުޅު އެކަލޭގެފާނު އިސްލާމްދީން ދޫކޮށް ކާބަފައިންގެ ދީނަށް އަބުރާލެވޭތޯ ގިނަގުނަ އަދަބުތައް ދިނެވެ. އެގޮތުން، ކުނަލަކުން އެކަލޭގެފާނު ވަށައި އޮޅާލުމަށްފަހު ކޮޓަރިއަކަށް ލާފައި ދުންއެރުވިއެވެ. ނަމަވެސް އެކަލޭގެފާނު އިސްލާމްދީން ދޫކޮށެއް ނުލެއްވިއެވެ. އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ އިތުރުން އެކަލޭގެފާނުގެ މަންމާފުޅުވެސް ވެގެން ދިޔައީ އެކަލޭގެފާނަށް އަދަބު ދިނުމަށް އަރާހުންނެވި ބޭކަބަލަކަށެވެ.

އެއްފަހަރަކު މައްކާގެ ގުރަޝުންގެ އިސްބޭފުޅުން ކައުބާގެ އަރިހުގައި ތިއްބަވައިގެން ކީރިތި ރަސޫލުﷲ (ސއވ) އަށް އިހާނެތި ބަސްތައް ބުނަމުން ދަނިކޮށް ރޮމުން އައި ޒުވާނަކު “އައްޒުބައިރު ތިމަންނަގެ ބައްޕައަށް އަނިޔާކޮށް އަތްބިންދާލައިފިއޭ” އަޑުގެ ކޮޅަށް ގޮވާލިއެވެ. އެހިނދު އެއްވެފައި ތިބި މުޝްރިކުން މިވީ ކިހިނެތްތޯ ސުވާލުކުރުމުން އެޒުވާނާ ދެންނެވިއެވެ. ތިމަންގެ ބައްޕަ މުހައްމަދުގެފާނަށް ބަދުބަސްތަކެއް ބުނުމުން އައްޒުބައިރު ކޯފާއިސްވެ ތިމަންނަގެ ބައްޕައަށް ހަމަލާދިނީއެވެ.

ﷲގެ މަގުގައި ފުރަތަމަ ކަނޑިއުފުލާލުމުގެ ޝަރަފު

ﷲގެ މަގުގައި އެންމެ ފުރަތަމަ ކަނޑިއެއް އުފުލާލުމުގެ ޝަރަފު ލިބިވަޑައިގެންފައިވަނީ އައްޒަބައިރު ބުނު އައްވާމަށެވެ. އެކަލޭގެފާނު ކީރިތި ރަސޫލުﷲ (ސއވ) ދެކެ އިންތިހާއަށް ލޯބިފުޅުވެއެވެ. އެއީ އެކަލޭގެފާނާއި ކީރިތި ރަސޫލުﷲ (ސއވ) އާއި އޮތް ތިމާގެކަމުގެ ގުޅުމުންނެއްނޫނެވެ. އިސްލާމްދީން ދެކެވާ ލޯބިފުޅެއްގެ ބޮޑުކަމެވެ.

މައްކާގެ މުޝްރިކުން ކީރިތި ރަސޫލުﷲ (ސއވ) އަވަހާރަކޮށްފިކަމުގެ ދޮގު ޚަބަރު އެއްފަހަރަކު މައްކާގައި ފެތުރުނެވެ. އެކަމާއި އައްޒަބައިރު ބުނު އައްވާމް ކޯފާއިސްކުރައްވާ އެކަލޭގެފާނުގެ ކަނޑިއުރައިން ނެގުމަށްފަހު މައްކާގެ މަގުތަކުގައި އެކަންކުރި މީހަކު ފެނޭތޯ ހިގަނިކޮށް ކީރިތި ރަސޫލު ﷲ(ސއވ) އަށް ފެނިވަޑައިގެން ތިކުރައްވަނީ ކީއްތޯ ސުވާލުކުރެއްވި ހިނދު ޒުބައިރު (ރއ) ޖަވާބުދެއްވީ ކީރިތި ރަސޫލު ﷲ(ސއވ) ގަތުލު ކުރެވިއްޖެކަމުގެ ޚަބަރު ލިބިގެން އުޅުއްވަނީ ކަމަށެވެ. ޒުބައިރު (ރއ)ގެ އަރިހުން އެކަމާއި ގުޅިގެން އެކަލޭގެފާނު ކީއްތޯ ކުރައްވާނީ؟ ސުވާލުކުރެވުނު ހިނދު ޖަވާބުދެއްވީ “އެކަން ކުރި މުޝްރިކުންގެ ލޭ އޮހުރުވާލަން އަޒުމް ކަނޑައަޅައިގެން ހުރި ކަމަށެވެ.

ހިޖްރަކުރެއްވުން

މައްކާގެ މުޝްރިކުން އަނިޔާތަކާއި ގުޅިގެން ހަބްޝްކަރައަށް ހިޖުރަކުރުމުގެ ހުއްދަ ލިބުމާއި އެކު ހަބަޝާއަށް ހިޖްރަކުރި ބޭކަލުންގެ ތެރޭގައި ޒުބައިރު (ރއ) ހިމެނިވަޑައިގަތެވެ. ހަބަޝާއަށް ހިޖްރަކުރި މުސްލިމުންނަށް ހަބަޝާގެ ރަސްގެފާނު ނަޖާޝީގެ ހިމާޔަތް ލިބުމާއިއެކު ހަބަޝާގައި ނަޖާޝީއާއި ދެކޮޅު ބަޣާވާތެއް އުފެދުނެވެ. މިބަޣާވާތުގައި ނަޖާޝީއަށް ޖެހިވަޑައިގަތީ އެޖަމާއަތާއި ދެކޮޅަށް ހަގުރާމަކުރެއްވުމަށެވެ. މަޖާޝީކުރި މިހަގުރާމައިގައި ނަސްރު ލިބިގެންދަނީ ކޮންކޮޅަކަށްތޯ ބެލުމަކީ މުސްލިމުންނަށް ނުލާހިކު މުހިންމު ކަމަށްވިއެވެ. ސަބަބަކީ ބަޣާވާތްކުރި ފަރާތްތައް މުސްލިމުންނަށް ނަޖާޝީ ހިމާޔަތްދިން ގޮތަށް ހިމާޔަތް ނުދިނުމުގެ އިތުރުން މުސްލިމުންނާއި ދެކޮޅު ބަޔަކަށް އެބައިމީހުން ވާނެކަމަށް މުސްލިމުންނަށް ގަބޫލުކުރެވުމެވެ. އެހިނދު އެހަގުރާމައިން ނަސްރު ލިބެނީ ކޮންކޮޅަކަށްތޯ ބެލުމަށް ޒަބައިރު (ރއ) އާއި ހަވާލުވެވުނެވެ. ހަގުރާމަ ހިގަމުންދަނީ ނީލަކޯރުގެ އަނެއްފަރާތުގައި ކަމަށްވާތީ ކަނދެއް ތައްޔާރުކޮށް އެކަނދުގައި އެކަނިމާއެކަނި ނީލަކޯރު ހުރަސްކޮށް ހަގުރާމަ ހިގި މައިދާން ފެންނަ ހިސާބަށް ހިތްވަރުގަދަ ޒުބައިރު (ރއ) ވަޑައިގަތެވެ. އަދި ނަޖާޝީ މިހަގުރާމައިން ކާމިޔާބާއިއެކު ވަޑައިގަންނަވާ ޚަބަރު މުސްލިމުންނަށް ގެނެސްދިނެވެ.

އައްޒުބައިރު ބުނު އައްވާމް ހަބަޝާގައި ދިރިއުޅުއްވަނިކޮށް މުސްލިމުން މަދީނާ އިން ރައްކާތެރިކަން ހޯދާ ޚަބަރު ލިބުނެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅުވެސް އިސްލާމްދީން ގަބޫލުކުރައްވާ މަދީނާ އަށް ހިޖުރަކުރި ޚަބަރު ލިބުނެވެ. އެޚަބަރާއިއެކު އެކަލޭގެފާނު އުފާފުކުރައްވާ މަދީނާއަށް

އިސްލާމްދީނުގެ ކުރީކޮޅު މައްކާގައި ކީރިތި ރަސޫލުﷲ (ސއވ) ފުރަތަމަ ފަހަރަށް މުއާޚާ (އަޚު) ކުރެއްވިއެވެ. އެގޮތުން، ފުރަތަމަ މުއާޚާގައި އައްޒުބައިރު ބުނު އައްވާމާއި އަބްދުﷲ ބުނު މަސްއޫދު މުއާޚާ ކުރެއްވިއެވެ. އަދި މަދީނާ އަށް ހިޖުރަކުރުމާއިއެކު ކުރެވުނު ދެވަނަ މުއާޚާގައި މަދީނާގެ ސަލަމާ ބިން ސަލަމާ ބިން ވަޤާޝް އާއި މުއާޚާކުރެވުނެވެ.


ކިޔުންތެރިންގެ ޚިޔާލު