ދޮގު ވަހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުރައްކާތެރިކަން ބޮޑުވެއްޖެކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުކުރު ޙުތުބާގައި ދޮގު ހެދުމާއި ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމުގެ މައްޗަށް ވަނީ އަލި އަޅުވާފައި އެވެ .
ހުކުރު ޙުތުބާގައި ބުނެފައިވަނީ މުޖްތަމަޢު ފަސާދަ ކުރުމަށާއި ރަނގަޅު މަގަށް ހުރަސް އެޅުމަށް ނުބައިމީހުން ބޭނުންކުރާ އެންމެ ނުބައި އެއް ވަސީލަތަކީ ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުން ކަމަށެވެ.
ރަސޫލް ބޭކަލުންގެ ސީރަތަށް ބަލާއިރު ފެންނަނީ ދުޝްމަނުން އެބޭކަލުންނާއި ބެހޭގޮތުން ދޮގުވާހަކަތަށް ހަނދާތަން ކަމަށާއި މިފަދަ ދޮގު ވާހަކަތަށް ދެއްކުމުގެ މަޤްސަދަކީ ޙައްޤުގެ މަގުން މީސްތަކުން އެއްކިބާ ކުރުވުންކަމަށް ބުނެފައިވެއެވެ.
މިގޮތުން މިއަދު ސޯޝަލް މިޑިއާގެ ތަފާތު ވަސީލަތްތަށް އައިސް ދުނިޔެ ކުޑަކުޑަ ރަށަކަށް ބަދަލުވެފައިވާ އިރު ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަން މިއަދު މިވަނީ މާ ބޮޑު ވެފައި ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި އާއި ޓީވީ އަދި ރެޑިއީ އިން ލޮލުގައި އަޅައިގަންނާނެ ގޮތްގޮތަށް ލިޔެ ފަތުރާ ހަބަރުތަކުގެ ތެދު ދޮގު ބެލުމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވާފައިވެއެވެ.
މީގެ އިތުރުން ގައުމުގެ ހަމަޖެހުމަށް ލޮޅުމެއް އައިސްފާނެ ސިއްރުތަށް ބޭޒާރު ނުކުރުމަށް ވެސް މިއަދުގެ ހުކުރު ޙުތުބާގައި ވަނީ އަލި އަޅުވާލާފައިވެއެވެ.
މި ގޮތުން މުސްލިމުންގެ ސިއްރުތަކާއި،އެމީހުންގެ އަމުނަށާއި ގައުމުގެ ހަމަޖެހުމަށް ލޮޅުމެއް ގެނެސްފާނެ ސިއްރުތަށް ބޭޒާރުކޮށް ފެތުރުމަކީ އިސްލާމްދީން ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދުޝްމަނުންނަށް ޤައުމުގެ ކަންތައްތަކާއި ބެހުމަށް ދޮރު ހުޅުވިގެން ހިނގައިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚިޔާލުތައް