17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ ހައްލެނޫން !

ރޭ މުޅި މިރަށުގެ ރައްޔިތުންނަށް ސިހުން ލިބިގެންދިޔަ ހަބަރަކީ މިރަށު އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި ކިޔަވަމުންދިޔަ އަންހެން ދަރިވަރަކު ލޯބީގެ މައްސަލައެއްގައި ދަންޖެހިގެން މަރުވި ހަބަރާއި ގުޅިގެންނެވެ.

ޝައްކެވެސް ނެތެވެ! ދިރިއުޅުމަކީ ބޮޑު ހަގުރާމައެކެވެ! އެ ހަގުރާމައާއި ކުރިމަތިލާންޖެހޭނީ ފިސާރި ސާބިތުކަމާއި އެކުގައެވެ.އަބަދަކު ހިތް އެދޭހާގޮތަކަށް ހުރިހާކެމެއް ނުވާނެއެވެ. ހިތްނޭދޭ ގޮތަކަށް ކަމެއް ދިމާވިޔަސް އަދި މަޔޫސްވެ، ގޮތް ހުސްވެސް އަމިއްލަ ނަފްސަށާއި ފުރާނައަށް ގެއްލުންދީ ހަދާކަށް ނުވާނެއެވެ.

މިފަދަ ކަންކަމަކީ މަތް ﷲ ހަރާމްކުރައްވާފައިވާ ކަންކަމެވެ. ކީރިތި ޤުރްއާނުގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ ޙަރާމްކަމެއްކަން ބަޔާންކުރައްވާ އަހަރެމެންގެ ހަށިގަނޑަށް ރަޙުމްބަހައްޓަންވާނެކަން އަންގަވައި މާތް ﷲ އައްނިސާ ސޫރަތުގެ 29 ވަނަ އާޔަތުގައި  ވަޙީކުރައްވާފައިވެއެވެ.” وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا” މާނައީ، “އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެ އެވެ.” ތިބާ ދުނިޔޭގައި ތިޔައުފުލަމުންދާ ތަކުލީފުތައް މާތްﷲ ސުބުޙާނަހޫވަތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. މިދުނިޔޭގައި ތިބާއަށް ބޭއިންސާފުން ކަންވަމުން ދިޔައަސް ތިބާގެ ނަފްސު މަރާލައި ނުބައިމަގަށް ހުށަހޮޅިނުގަންނާށެވެ.

ދިރިއުޅުމުގައި ދިމާވާ ކެމެއްގެ ސަބަބުން މާޔޫސްވެ އަމިއްލަ ނަފްސަށާއި ފުރާނައަށް ގެއްލުންދިނުމަކީ ފިނޑިންގެ އަމަލެކެވެ. އޭގެ ބަދަލުގައި ބުއްދިވެރިންގެ ގޮތުގައި މިފަދަ މަޔޫސްވާ ކަންތަށް ދިމާވުމުން ތިމާ ހެއްދެވި މާތްﷲ ސުބުހާނަހޫ ވަތައާލާއާއި އޮންނަ ގުޅުން ބަދަހިކޮށް، ދިމާވެފައިވާ މާޔޫސް ކަމުން މިންޖުކުރުމަށް ގިނަގިނައިން ދުޢާކޮށް ޒިކުރު ކުރުމެވެ. ހަމަ ކަށަވަރުން މާތް ﷲ އީ އަޅުގަނޑުމެންގެ ހާލަތު މޮޅަށް ދެނެވޮޑިގަންނަވާ، ކޮންމެ ކަމެއް ކުރުމަށް ކުޅަދުންވަތަށް އިލާހެވެ.

ދުޢާ އަކީ އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް، މަޔޫސްވާ ކޮންމެ ފަހަރަކު ގެއްލުންދޭ ބަޔަކު ކަމުގައި ނުވުމެވެ.. އާމީން !

banner

ކިޔުންތެރިންގެ ޚިޔާލު