A wide advertisement which will be shown on all devices. (700 x 100)

ބޮޑު ޗުއްޓީގައި ނަމާދު ޕްރޮގުރާމެއް ފުވައްމުލަކު ކައުންސިލްތަކުން ފަށަނީ

ގާޑިއަން އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި އީދު ނަމާދު ކުރުމުގެ ހަރަކާތެއް.

މިއަހަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް ނަމާދު ޕްރޮގުރާމެއް ފެށުމަށް ފުވައްމުލަކު ކައުންސިލްތަކުން ނިންމައިފިއެވެ.

ފުވައްމުލަކު ކައުންސިލްތަކުން މައުލޫމާތު ދެއްވާ ގޮތުގައި  ސުކޫލް ބަންދާއި ދިމާކޮށް ހިންގާ ޕްރޮގުރާމަކީ ސުކޫލް ކުދިންނަށް ހާއްސަކޮށްގެން 40 ދުވަހަށް ހިންގާ ޕްރޮގުރާމެއް ކަމަށާއި މިޕްރޮގުރާމް ރަށުގެ ހުރިހާ އަވަށެއްގައި ހިންގާނެ ކަމަށެވެ. އަދި މިހަރަކާތް ހިންގަނީ ގާޑިއަން އެސޯސިއޭޝަނުން އާއި ގުޅިގެން ކަމަށެވެ.

ކައުންސިލްތަކުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތާއި ބެހޭގޮތުން ގާޑިއަން އެސޯސިއެޝަނުން  ވިދާޅުވީ “މިޕްރޮޖެކްޓްގެ މަގުސަދަކީ ނަމާދަކީ ދީނުގެ ދެވަނަ ރުކުނަށް ވީހިނދު. ނަމާދު ކުރުމުގެ ރޫހު އާލާކޮށް ކުރިއަރުވައި، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ނަމާދަށް އަހުލުވެރިކުރުވައި، ނަމާދުކުރުމުގެ އާދަ ހަރުލައްވައި، އިސްލާމީ ރިވެތި އަދަބުއަހްލާގާއި އަގީދާ ދަސްކޮށް ދިނުން” ކަމަށެވެ.

މިހަރާކާތް ކުރިއަށް ގެންދާނީ ފުވައްމުލަކު ހުރިހާ އަވަށް ތަކެއްގެ އެއަވަށެއްގެ ކޮންމެވެސް އެއް މިސްކިތުގައި ކަމަށެވެ. އަދި ހަރަކާތް ކުރިއަށް ގެންދާނީ ނޮވެމްބަރ 20 އިން ޖެނުއަރީ 5 އަށް ކަމަށެވެ. މިހަރަކާތް އަމާޒުކޮށްފައިވަނީ ފިރިހެންކުދިންނަށެވެ.

 މިޕްރޮގުރާމް ހިންގުމަށް ހަމަޖެހިފައިވަނީ އެއަވަށެއްގެ ކައުންސިލުން ކަނޑައަޅާ ކޮމެޓީއަކުންނެވެ. ކޮމެޓީގައި މަދުވެގެން 5 އަދި ގިނަވެގެން 7 މެމްބަރުން ތިއްބަވާނެކަމަށްވއެވެ. އަދި މިކޮމެޓީގައި ތިއްބަވާނީ މިކަމަށް ޝައުގުވެރިވާ 5 ނަމާދު ކުރާ މީހުންނެވެ.

މިޕްރޮގުރާމް ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައި ތައްޓާއި ހަނދާނީ ލިޔުންވެސް ދެވޭނެއެވެ.

ގާޑިއަން އެސޯސިއޭޝަނުން ފުވައްމުލަކުގައި ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ދަރުސްތައް ބާއްވަމުން ގެންދެއެވެ. އެގޮތުން ދަރުސް ދިނުމުގައި ދުނިޔޭގެ މަޝްހޫރު ބޭފުޅުން ގެނެސްގެންވެސް ދަރުސް ބާއްވައެވެ. އަދި ކޮންމެ އަހަރަކު އީދު ނަމާދު ކުރުން ފަދަ ދީނީ ބޮޑެތި ދުވަސްތައް ކުލަ ގަދަ ގޮތެއްގައި ފާހަނގަކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !