A wide advertisement which will be shown on all devices. (700 x 100)

އޮއިވާލި ކަނދުފަތި- މަސްވެރިކަމަށް ބޮޑު އެހީއެއް! ފުވައްމުލަކުގެ ދެކޮޅުގައި އޮތް ދެ ކަނދުފަތި ކަނޑައިގެން ދިއުމުން އަލުން އަޅަނީ

ފުވައްމުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތި 530. އޮއިވާލި ކަނދުފަތީގެ ތަފުސީލް

ފުވައްމުލަކު ބޭރުގައި މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ދެ އޮއެވާލި ކަނދުފަތި (ދެކުނެ ބޮއި، އިރިމައްތެ ބޮއި) ކަނޑައިގެން ދިޔުމުގެ ސަބަބުން އަަލުން އެ ދެ ކަނދުފަތި އެޅުމުގެ މަސައްކަތް ކަމާއިގުޅޭ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދާކަމަށް ފުވައްމުލައ ސިޓީ ކައުންސިލުން ހާމަކުރީ މިއަދުއެވެ.

މީގެ 3 އަހަރު ކުރިން، 2017 ގައި ވެސް ފުވައްމުލައްކު އިރުމަތީ ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އަލުން އަޅާފައި ވެއެވެ. ފުވައްމުލަކުގެ އިރުމަތީ ކަނދުފަތި އަޅާފައި މިވަނީ ފުވައްމުލަކުގެ ”އިރު-ދެކުނުން” 11.5 މޭލު ބޭރުގައެވެ. އެ ކަނދުފަތީގެ ޖިއޮގްރަފިކަލް ޕޮޒިޝަނަކީ ދެކުނު، 048 “30 ’00 އިރުން، 840 27 073 އެވެ.

އޮއިވާލި ކަނދުުފައްޗަކީ ރާއްޖޭގެ އަމިއްލަ ކާމިޔާބު އުފެއްދުމެކެވެ. ފުރަތަމަ ކޮޅުގެ އޮއިވާލި ކަނދުފަތީގައި ދާގަނޑެއް ހަރުހަކުރެވިފައި ވިޔަސް މިހާރުގެ ކަނދުފަތިތަކުގައި އޭގެ ބަދަލުގައި ހުންނަނީ ކުދި ބޮއެތަކެއް ހަރުކޮށްފައެވެ. އޮއިވާލި ކަނދުފަތިތައް އާއްމުކޮށް ހަރުކުރަނީ ރަށާއި 12 މޭލު ހިސާބުގައިއެވެ. އެއީ ކަނދުފައްޗާއި ހަމަޔަށް ފަސޭހައިން މަސްވެރިންނަށް ދެވޭގޮތަށް ބަލާފައެވެ.

އޮއިވާލި ކަނދުފަތި އަޅަނީ

މިއީ މަސް ތިލަވެ ތިބޭ ހިސާބު ފާހަގަކޮށް ފަަަސޭހައިން މަސްވެރިންނަށް އެހިސާބަށް ދިއުމުގެ މަގު ފަހިކުުރުމުގެ ގޮތުން 1981 ގައި އީޖާދުކުރި އާލާތެކެވެ. އޮއިވާލިކަނދުފަތީގެ މަގުބޫލުކަން މިހާރު ވަނީ މަސްވެރިންގެ މެދުގައި އިތުރުވެފައެވެ. މުޅި ރާއްޖޭގައި މިހާރު 56 އޮއިވާލި ކަނދުފަތި އެބައޮތެވެ. ކަނދުފަތީގައި ހުންނަނީ  ދުރަށް ފެންނަގޮތަށް އަލި އޮރެންޖު ކުލައެކެވެ. ކުރީގެ ކަނދުފަތިތަކުގައި ދިދަ އަކާއެކު ރޭގަނޑަށް ދިއްލޭ ބޮއްކެއް ހުއްޓަސް މިހާރުގެ ކަނދުފަތި ތަކުގައި އެބައެއް ނުހުރެއެވެ.

ފުވައްމުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތި 521. އޮއިވާލި ކަނދުފަތީގެ ތަފުސީލް

މިހާރުގެ ކަނދުފަތިތަކަކީ 3 މެޓްރިކް ޓަނުގެ ބަރުދަން އެކުލެވޭ ގޮތަށް ކޮންކްރިޓް 2 ބޮލޮކުން ނަގިލި ކުރެވިފައިވާ ބޮއެކެވެ. އެބޮޔާއި އެކު ގަތާލެވިފައިވާ 350 ކުދި ބޮއި ވެއެވެ.

ކަނދުފަތިތައް މާކަނޑުގައި އޮތުމުން އަޑިއަށް ހިޔާވެ، ފެހި ޖަހައެވެ. އަދި ބައެއް މަސްމަހަށް ރައްކާތެރިވާނެ ތަނެެއްގެ ގޮތުގައި ވެއެވެ. އެއާއެކު ކުދި މަސްތައް ފެހިކާންވެގެންނާއި ރައްކާތެރިކަމަށް ކަނދުފައްޗަށް ޖަމާވެއެވެ. އަދި ކުދި މަސްތައް ކާން އެއަށްވުރެ ބޮޑެެތިމަސްތައް އެތަނަށް އާދެއެވެ. މިގޮތުން ކަނދުފަތި ވެފައި އޮންނީ އަބަދުވެސް މަސް އުޅޭ ތަނަކަށެވެ. ވުމާއެކު މަސްވެރިން މަސް ހޯދަން މުޅި ކަނޑުގައި ދުއްވުމުގެ ބަދަލުގައި ސީދާ ބޮއެއަށް ދިއުމުން ފަސޭހައިން މަސްބޭނެއެވެ.

މިހާރުގެ އޮއިިވާލެ ކަނދުފައްޗެއް

އޮއިވާލި ކަނދުފަތިތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭތި ކަނޑައިގެން ދިއުމެވެ. ބޮއިގެ އުމުރު އުޅެނީ އެވްރެޖްކޮށް 5-8 އަހަރާއި ދެމެދުއެވެ. ނަމަވެސް ބައެއް ބޮއިތައް 1 އަހަރުތެރޭގައި ވެސް ކަނޑައިގެން ގޮސް ގެއްލެއެވެ. މީގެ ބޮއެއްގެ އަގަކީ ގާތްގަޑަކަށް 2 ލައްކަ 31 ހާސް ރުފިޔާއެވެ. ގެއްލޭ ބޮއިތައް ހޯދާދޭ ފަރާތްތަަކަށް ސަރުކާރުން ވަނީ 5000 ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައި ވެއެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ބަޖެޓްގައި ހިމެނިގެން ދިވެހި ސަރުކާރުގެ ހިންގާ ޕްރޮޖެކްޓެކެވެ.

ސަރުކާރުން މިހާރު ވިސްނަނީ އިތުރު ކަނދުފަތިތަކެއް އެޅުމުގެ ބަދަލުގައި މިހާރު އަޅާފައިވާ ކަނދުފަތިތައް ބަލަހައްޓާ، މޮނިޓަކޮށް، ކަނޑައިގެންދާ ބޮއިގެ ބަދަލުގައި އެތަނެއްގައި އަލުން ބޮއެއް އެޅުމަށެވެ.

މި ޕްރޮޖެކްތަޓަކީ ރާއްޖޭގައި ހިންގުނު މަސްވެރިކަމުގެ އެންމް ކާމިޔާބު ޕްރޮޖެކްޓޭ ވެސް ބުނެވިދާނެއެވެ. މަސްވެރިންނަށް ފަސޭހައިން މަސްހޯދައި ބާނަން މަގުފަހިވި ޕްރޮޖެކްޓެކެވެ. މަސްކަނދުފަތިތައް ގެއްލޭ މައްސަލައަށް ލުޔެއް ހޯދުމުގެ ގޮތުން ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރވިދާނެއެވެ. ޓްރެކިން އެގޮތުން ޖީޕީއެސް ޑިވައިސްއެއް އޭގައި ހަރުކުރެވިގެން 24 ގައިޑިއިރު މޮނިޓަކުރެވޭ، ކަނޑައިގެން ދިއުމާއެކު ވަަގުތުން އެލާމް ނުވަތަ ނޯޓިފިކޭޝަން ލިބޭފަދަ އެޕްލިކޭޝަންނެއް ވެސް ބޭނުން ކުރެވިދާނެއެވެ.

ފުވައްމުލކު ބޭރުގައި އެންމެ ފުރަތަމަ އެޅިއޮއިބާލި ކަނދުފަތި (ބޮއެގަނޑު) 2011 ގައި ފުވައްމުލަކު ގޮޑުދޮށަށް ލައްގާފައި ވެ. ފޮޓޯ ނަސްރު އަލީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !