19 ޖޫން 2018 (އަންގާރަ)


ޒިކާ ބައްޔަށް ފަރުވާއެއް ނެތް! ސަލާމަތްކަން ހޯދާ!

މުހައްމަދު ޝިހާބް
ޒިކާ އަށް ސަމަލުކަން އިތުރު ކުރނަ ވެއްޖެ! 2 ދިވެއްސަކު ޕޮޒިޓިވް 3 ފަތުރުވެރިން ޕޮޒިޓިވް ވެއްޖެ!

ޒިކާ އަށް ސަމަލުކަން އިތުރު ކުރނަ ވެއްޖެ! 2 ދިވެއްސަކު ޕޮޒިޓިވް 3 ފަތުރުވެރިން ޕޮޒިޓިވް ވެއްޖެ!

ޒިކާ ބަލީގެ ވައިރަސް ރާއްޖެއިން ވެސް ފެނުމާއެކު ދިވެހިންގެ ސަމާލުކަން ޒިކާ ބައްޔާއި މެދު އިތުރުކުރަން ވަނީ ޖެހިފައެވެ. ފަރުވާއެއް ވެކްސިނެއް އަދި ހޯދިފައި ނުވާ މިބަލީގެ ނުރައްކާތެރި އެއްކަމަކީ ވައިރަހުގެ އަސަރުކޮށްފައިވާ ކޮންމެ 4 މީހަކުން ކުރެ 1 ގައިން ނޫނީ އެއިގެ އަސަރު ނުފެންނަކަމެވެ. މިބަލިން ސަލާމަތްކަމެއް ލިބެން އޮތީ ކުރިން ސަމާލުވެ ބަލިން ރައްކާތެރިކަން ހޯދުުމުންނެވެ.

ޒިކާ އަކީ އީޑިސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. ބަލިޖެހިފައިވާ މީހެއްގެ ގައިގައި އީޑިސް މަދިރި ހެފުމަށްފަހު، ގޮސް ބަލިނުޖެހި ހުރިމީހެއްގެ ގައިގައި ހެފުމުން މިބަލީގެ ވައިރަސް އެމީހާގެގަޔަށް އަރައެވެ. މިބަލީގެ އަލާމަތްތައް 2 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން މަދުބަޔަކަށް ނޫނީ ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިލާކަށް ނުޖެހެއެވެ.

ޒިކާ ވައިރަސްގެ އަލާމާތްތައް

ބޮލުގައި ރިއްސުން އަދި ހުންއައުން

ލޯރަތް ވުން

ގައިން ބިހި ނެގުން

ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ.

ޒިކާ ބައްޔަށް ފަރުވާއެއް ހޯދިފައި ނުވުމުން ބަލިމީހުން އަމަަލު ކުރަން ޖެހެނީ ނުސީދާ ގޮތުން ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމެވެ. އެގޮތުން ގިނަ އިން އަރާމުކޮށް ހަށިގަނޑުގެ ދިފާއީ ނިޒާމު ބައްޔާއި ހަނގުރާމަ ކުރުމަށް ފުރުސަތު އިތުރުކޮށްދިނުން ހިމެނެއެވެ. ދިޔާތަކެތި ގިނައިން ބުއިމާއި، އިތުރަށް މަދިރި ހަފަން ފުރުސަތު ނުދިނުމުގެ ގޮތުން ހަށިގަނޑު ވީހާ ބޮޑަކަށް ނިވާކުރުންމާއި، ހުން މަޑުކޮށް ބޮލުގައި ރިއްސުން ކުޑަ ކުރުމަށް ބޭސް ކެއުން ހިމެނެއެވެ. ނަމަވެސް ޑޮކްޓަރުން ލަފާ ދެނީ އެގޮތުން ވެސް ޕެނަޑޯލް ނޫން ބޭހެއް ބޭނުން ނުކުރުމަށެވެ. އަދި މިބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ސިއްޙީ އެހީތެރިންގެ ލަފާ ހޯދުމަށެވެ.

ޒިކާއިން ރައްކާތެރިވުމަށް

ހަށިގަނޑުގެ ވީހާވެސް ބޮޑަށް ނިވާވާގޮތަށް ހެދުން އެޅުން

މަދިރި ލޯޝަން އަދި ސްޕްރޭ ބޭނުންކުރުން

ނިދާއިރު މަދިރިގެ ބޭބޭނުންކުރުން

ގޭގެ ދޮރުތަކުގައި މަދިރި ދާޖަހައި މަދިރިން ސަލާމަތްވުމަށް މަސައްކަތް ކުރުން.

މަދިރި އުފެދޭ ތަންތަން ނައްތާލުން

އީޑިސް މަދިރި އާމުކޮށް ހަފަނީ ދުވާލުގެ ވަގުތުތަކުގައެވެ. އަދި މަދިރި ގިނައިން ފެންނަނީ އިރު އަރާ ގަޑިއާއި އިރުއޮއްސޭ ގަޑިގަިއ ކަމުން މިގަޑިތަކުގައި މަދިރި އަށް ސަމާލުކަން އިތުރުކުރުން މުހިންމެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމކުރެއްވި ގޮތުގައި މިބަލި ޖެހިފައިވާ އިތުރު މީހުން ރާއްޖޭގައު ތިބުމަކީ އެކށީގެން ވާކަމެކެވެ. އެފަރާތުން މިއަހަރު ޓެސްޓުކުރި 517 މީހުންގެ ތެރެއިން 2 މީހެއްގެ ގައިން ޒިކާ ވައިރަސްގެ އަސަރު ވަނީ ފެނިފައެވެ. ޟިގެ ކުރިން ރާއްޖެއައިސަފައި އެނބުރި ގައުމަށް ދިޔަ ތިން ޓުވަރިސްޓަކު ވެސް ވަނީ ޒިކާއަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!