A wide advertisement which will be shown on all devices. (700 x 100)

ބަޙްރައިންގެ ފޮރިން މިނިސްޓަރު – ހިތްތިރި ކަމުގެ ނަމޫނާއެއް

ބަޙްރައިންގެ ޚާރިޖީ ވަޒީރު ޚާލިދު ބިން އަޙްމަދު އަލް ޚަލީފާ އެމަނިކުފާނުގެ މެއިޑާއެކު ކެރެލާގައި

ޤައުމުތަކުގެ ވަޒީރުން ޢާއްމުގޮތެއްގައި ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދަނީ އެމީހުންގެ ހައިބަތު ދައްކުވައިދޭ ކޮންމެވެސް ކަމެއްގެ ޚަބަރުންނެވެ. އެންމެ ސާދާ ދިރިއުޅެމުންދާ މީހާ ވެސް ވަޒީރަކަށްވުމުން ދިރިއުޅުމުގެ ސާދާކަން ކެނޑި އަބުއިވެ، ޢާއްމުންގެ ލޯތަކަށް ފޮރުވެއެވެ. ވަޒީފާގެ ޒިންމާގެ ގޮތުން، ގިނަ ފަހަރަށް އޮންނަނީ އަބުއިވާން ޖެހިފައެވެ.

އެހެންނަމަވެސް ބަޙްރައިންގެ ޚާރިޖީ ވަޒީރަކީ މިއާ ޚިލާފު ބޭފުޅެކެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޚާލިދު ބިން އަޙްމަދު އަލް ޚަލީފާ އަކީ ޤައުމުތަކުގެ ވަޒީރުންނާ ޚިލާފަށް، ޚާއްޞަކޮށް ޢަރަބި ސަރުކާރުތަކުގެ ވަޒީރުންނާ ޚިލާފަށް ސާދާ މިޒާޖުގެ ބޭފުޅެކެވެ.

އެމަނިކުފާނު ވަނީ ބިޒީ ޝެޑިޔުލް އިން ޖާގަ ހޯއްދަވައިގެން އިންޑިޔާއަށް ވަޑައިގެން އެމަނިކުފާނުގެ ގެކޮޅުގެ ކުރީގެ މެއިޑާ ބައްދަލުކުރައްވާފައެވެ. ހަމައެކަނި ބައްދަލުކުރެއްވީކީ ނޫނެވެ. މެއިޑާއެކު ފޮޓޯ ނެންގެވުމަށްފަހު އަމިއްލަފުޅު އިންސްޓަގްރާމް އެކައުންޓުގައި އެފޮޓޯ ޙިއްސާ ވެސް ކުރެއްވިއެވެ.

“މިއަދު އަހަރެމެން ލައިލާ އާ ބައްދަލުކޮށްފިން. އޭނާ ވަނީ 21 އަހަރުވަންދެން ލޯތްބާއި، އަމާނާތްތެރިކަމާއި ވަފާތެރިކަމާއެކު 21 އަހަރުވަންދެން އަހަރެމެންނާއެކު ބަޙްރައިންގައި ހޭދަކޮށްފަ….(މިހާރު މިހުރީ) އިންޑިޔާގެ ކެރެލާގެ ކޮއްލަމްގައި ހުންނަ އޭނާގެ ގޭގައި”.

ލައިލާގެ އުފަން އަވަށް ކެރެލާގެ ކޮއްލަމް އަށް ވަޑައިގެން ލައިލާ އާ ބައްދަލުކުރުމުން ސޯޝަލް މީޑިޔާގައި ތާއީދު ދަނީ އޮހެމުންނެވެ. އަލް ޚަލީފާ އިންސްޓަ ކުރެއްވި ފޮޓޯ އަށް 3000 އަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. ދުނިޔޭގެ ޤައުމެއްގެ ވެރިޔަކު އެބޭފުޅުންގެ މުވައްޒަފުންނަށް ތާރީފުކޮށް އެކަން ޢާއްމުކުރުމަކީ ޢާއްމުކަމެއް ނޫނެވެ.

މަޞްދަރު: އިންޑިޔާ ޓައިމްސް

+

+

+

+

+

+

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !