17 އޯގަސްޓް 2017 (ބުރާސްފަތި)


އާ އަހަރާއެކު ސްކޫލްތަކުގައި އެނާޖީ ޑްރިންކު ބުއިން އަދި ގެންގުޅުން މަނާ

މިއަދުން ފެށިގެން ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި އެނާޖީ ޑްރިންކް ގެންގުޅުން ބުއިން މަނާ.

މިއަދުން ފެށިގެން ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި އެނާޖީ ޑްރިންކް ގެންގުޅުން ބުއިން މަނާ.

އާ އާހަރާއެކު ރާއްޖޭގެ ސްކޫލްތަކުގައި އެނާޖީ ޑްރިންކް ބުއިމާއި ގެންގުޅުން މިނިސްޓްރީ އޮފް އެޑިއުކޭޝަން މިވަނީ މަނާކޮށްފައެވެ.  ފެޝަނެއްގެ ގޮތުގައި ޒުވާން އަންހެން ކުދިންނާއި ފިރިހެންކުދިން ބޮމުން އަންނަ އެނާޖީ ޑްރިންކްގެ 50 ހަކަށް ވައްތަރު ރާއްޖެގެ ބާޒާރުގައި ހުންނަ ކަމަށް ވެއެވެ.  އެޑިއުކޭޝަން މިނިސްޓްރީން ސްކޫލް މަދަރުސާތަކުގައި އެނަރޖީ ޑްރިންކް ބޭނުން ކުރުން މާނާކުރިއިރު ހައުސިން މިނިސްޓްރީން މިވަނީ މާލޭގެ އާއްމު ތަންތަނުގައި އެނަޖީ ޑްރިންކުގެ އިސްތިހާރު ވެސް ނުކުރެވޭ ގޮތަށް ގޮތަށް ހަމަޖައްސަވާފައެވެ.  

އެނާޖީ ޑްރިކް ނުވަތަ ހަކަތަ ލިއްބައިދޭ ބުއިންތަކުގެ ނަމުގައި ވިއްކާ ބުއިންތަކުގައި 'ކެފެއިން'، 'ގުވާރަނާ'، 'ޓޯރިން'، 'ގިންގކޯ' 'ޖިންސެން' ފަދަ ފަތްފިލާވެލީގެ ބާވަތްތަކުން ނަގާ ތާސީރުގެ މާއްދާތައް ހިމެނެ އެވެ (ޑރ. އަބްދުލް ހަމީދު އަޒީޒު، 2016). މިމާްދާ ތަކަކީ ހަށިގަނޑަށް ފައިދާ ހުރި މާއްދާތަކެއްގެ ގޮތުގައި އިސްތިހާރު ކުރެވުނު ކަމުގައި ވިޔަސް، އެނާޖީ ޑްރިންކް ތަކުގައި މިބާވަތްތައް އެކުލެވޭ މިންވަރު އިތުރުވުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބޭކަން ދިރާސާތަކުން ވަނީ ހޯދިފައެވެ. މި ބުއިންތަކުން ހަށިގަނޑަށް

ކުޅިވަރު ކުޅޭމީހުން ހީކުރަނީ އެނާރޖީ ޑްރިްނކަކީ ސްޕޯރޓސް ޑްރިންކެއް ކަމަށެވެ. ނަމަވެސް ސްޕޯރޓްސް އަށް ޚާއްސަ ޑްރިންކުތަކުގައި ނުހިމެނޭ އެތައް ބައެއް، އެނާޖީ ޑްރިންކްތަކުގައި  ހިމެނެއެވެ. އެގޮތުން ކެފެއިން އާއި ޖިންސެން ފަދަ ހަށިގަޑަށް ގެއްލުން ދޭ ބައިތައް ހިމެނެއެވެ. ކެފެއިން އަކީ ކޮފީގައި ވެސް އެކުލެވޭ ބައެއް ނަމަވެސް އެނަޖީ ޑްރިންކްތަކުގައި ކެފެއިން އެއިގެ 3 ގުނަ އިތުރަށް ހިމެނޭކަމަށްް ތަހުލީލުތަކުން އެނގެއެވެ.

ދުނިޔޭގެ ތަޖުރިބާއަށްް ބަލާއިރު ފާހަނގަ ކުރެވޭ އެއް ހާދިސާއަކީ ދުވަލަކު 5 ދަޅު އެނަޖީޑްރިންކު ބުއިމުގެ އާދަ ހިފި ފިރިހެނަކު ވަނީ ހަސްފަތާލުގައި އެނދުމަތިކޮށް ފަރުވާ ދީފައެވެ. އޭނާ އެނަޖީ ޑްރިކް ބޯން ފެށީ މަސައްކަތުގައި އުޅޭ ވަގުތު ކަރުހިއްކުން ފިލުވުމަށާއި ހަކަތަ ހޯދުމުގެ ބޭނުމުގައި ކަމަށް ވެއެވެ. އޭނާއަށް ފުރަތަމަ ދިމާވި މައްސަލައަކީ ބަނޑުގައި ރިއްސުމާއި ހޮޑުލެވުމެވެ. އޭނާ ފުރަތަމަ ހީކުރީ އާދައިގެ ރޯގާއެއްކަމަށެވެ. ނަމަވެސް  މާގިނަ ދުވަހެއްނުވެ ގަިއގެ ހަންގަނޑު ރީނދޫންވާން ފެށުމާއި ކުޑަކަމުދަ ތަކެތި ކަޅުފާޑެއްގެ ކުލައަކަށް ބަދަލުވުމުން ޑޮކްޓަރަށް ދެއްކީއެވެ. ހޮސްޕިޓަލުގައި ހެދި އެކިއެކި ޓެސްޓްތަކުން އެނގުނީ އޭނާގެ ފުރަމޭ (ލިވަރ) ވަރަށް ބޮޑަށްް ހަލާކުވެފައި ވާކަމަށެވެ.

އޭނާއަކީ ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށް ވުމާއި މަސްތުވާ އެއްވެސް ބާވަތެއް ބޭނުން ނުކުރާ މީހެއްކަމުން  ޑޮކްޓަރުން ނިންމީ އެއީ އޭނާގެ އާދައަކަށް ވެފައިވާ އެނާޖީ ޑްރިންކްގައި އެކުލެވޭ 'ނައަސިން' ކިޔާ މާއްދާއެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.  ނައަސިން އަކީ ވިޓަމިން ބީ3ގެ ވައްތަރެކެވެ. އެނާގެ ލިވާ ވަރަށް ބޮޑަށް ހަލާކުވެ ހެޕަޓާއިޓްސް ސީ އޭނާއަށް ޖެހިފައިވާ ކަން އެނގުނެވެ. އެއާއެކު ފަރުވާދީ އޭނާ ގެ ބަލި ރަނގަޅު ކުރެވިފައިވެއެވެ. އަދި އެނާޖީ ޑްރިންކާއި މެދު އާއްމުންގެ ހޭލުތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގައ މައްޗަށް ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކުރިއެވެ.

އާއްމުކޮށް ވިއްކަން ހުންނަ 250 އެމްއެލް ގެ އެނާޖީ ދްރިންކް ދަޅެއްގައި 40 މިލިގްރާމް ނާއަސިން ހުރެއެވެ. ނަމަވެސް އައްމުކޮށް ދުވަހަކުން (24 ގަޑިން) ފިރިހެނެއްގެ ހަށިގަނޑަށް ބޭނުން ކުރެވެނީ  17 މިލިގްރާމްގެ ނައަސިންއެވެ. އަދި އަންހެނަކަށް 13 މިލިގްރާމް ކަމަށް ސިއްޙީ ދާއިރާގެ މާހިރުން ބުނެއެވެ.  ނައަސިންގެ މިންވަރު ހަށިގަނޑުގައި 500 މިލިގްރާމަސްވުރަ މައްޗަށް ދިއުމުން ވިހަވުން ކައިރިއެވެ. އެއްއަށްވުރެ މަދު ނަމަވެސް ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންކުރެވޭ ވަރަށްވުރެ ގިނައިން ނައަސިން ހަށިގަނޑަށް ފޮނުވޭނަމަ އެއިގެ ނުރަނގަޅު އަސަރު ހަށިގަނޑުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ވެއެވެ.

އެނާޖީ ޑްރިންކްގެ ސަބަބުން ސިއްޙިގޮތުން ކުރާ ނޭދެވޭ އަސަރު ދުވަހެއް ދުވަހަކަށް ހާމަވަމުން ދާ މިންވަރަކަށް އެކަމާއި އާއްމުން ދުރުކުރުމަށް ކުރެވެ މަސައްކަތް ވެސް ވަނީ އިތުރުކުރަން ޖެހިަފއެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރެވޭ އެނާރޖީ ޑްރިންކުގެ ޑިއުޓީ %15 ން %20 ށް މިއަހަރުން ފެށިގެން ވަނީ ބޮޑުކޮށް ފައެވެ. ތަފާސް ހިސާބުތަކަށްް ބަލާއިރު ރާއްޖެއަށް އެތެރެކުރާ އެނާޖީ ދްރިންކުގެ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން 2015 ވަނަ އަހަރު ރާއްޖެއަށް 15 މިލިޔަން ދަޅު އެނާޖީ ޑްރިންކް އެތެރެ ކުރެވިފައި ވެއެވެ. އަދި މިއަދަދު 2016 ވަނަ އަހަރު މިއަށްވުރެ ވެސް އިތުރުވާނެ ކަަމަށް ބެލެވެއެވެ. 

ވުމާއެކު ސްކޫލްތަކާއި އެނަރޖީ ޑްރިންކް ބުއިމައި ގިންގުޅުްނ މަނާކުރެވި އަދި އާއްމު ތަންތަނުގައި އެނަރޖީ ޑްރިންކުގެ އިސްތިހާރު ކުރެވން މަނާ ކުރެވި ޑިއުޓީ ބޮޑު ކުރުމަކީ އެނަޖީ ޑްރިންކާއި އާއްމުން ދުރުކުރުމަށް އެޅޭ ބާރެއް ކަމަށް ގަބޫލުކުރަން ޖެހެއެވެ.

   

   

   

   

   

   

   

   

   

   

+

+

+

+

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!