A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ދުނިޔޭގެ އެންމެ އުފާވެރި މަންޒިލަށްވުމަށް ކުރަން ޖެހޭ ދަތުރު

ޔޫއެންގެ ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކް އިން 2012 ވަނަ އަހަރުގެ އެންމެ އުފާވެރި ގައުމުކަމަށް ކަނޑައެޅި ޑެންމާކްގެ ފޮޓޯއެއް

ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލަކީ ފުވައްމުލަކަށް ވުމަކީ ފުވައްމުލަކަށް އުފަން ކޮންމެ ރައްޔިތަކު އުފާވާނޭ ކަމެކެވެ. ނަމަވެސް އެ ހުވަފެން ދެކޭ މީހުން މަދުވެދާނެއެވެ. އެއީ ކުރިއަށް އޮތް 15 އަހަރުތެރޭ ވާސިލު ވެވިދާނެ މަންޒިލެއް ކަމަށް ގަބޫލުކުރާ މީހުން މަދު ވެދާނެއެވެ. ޑެންމާކުގެ ކޯޕަންހޭގަން އާއި ނޯވޭގެ އޯސްލޯ އާއި ސުވިޒަރލޭންޑްގެ ޖެނީވާ ފަދަ ސިޓީތަކުގެ ބަދަލުގައި މޯލްޑިވްސްގެ ފުވައްމުލަކުގެ ނަން ބައިނަލް އަގްވާމީ މީޑިއާ ތަކުގައި ލިޔެވިދާނެ ކަަމަށް ގަބޫލު ކުރާ މީހުން ވެސް މަދުވެދާނެއެވެ.

ނަމަވެސް، ފުވައްމުލަކު އަތޮޅު ކައުންސިލުން އެހުވަފެން ދެކެއެވެ. އެކަމަށް މަސައްކަތް ކުރެއެވެ. ފުވައްމުލަކު އަތޮޅު ކައުންސިލް ގެ ވިޝަން ކަމަށްވާ “ހެޕިއެސްޓް ޕްލޭސް އޮން އާރތް” އިން މިކަން ދޭހަވެއެވެ. މި ވިޝަނަކީ ފުވައްމުލަކު ހުރިހާ ދަރިންވެސް ހިތްހަމަ ޖެހުން ގެނެސް ދޭނެ ވިޝަނެއްކަން ޔަގީނެވެ. އެހެންކަމުން، އަޅުގަނޑުގެ ލިއުން މިޚާއްސަ ކޮށްލަނީ ދުނިޔޭގެ އެންމެ އުފާވެރި ތަންތަނަށާއި އެފަދަ ތަންތަން މިނުމުގައި ބައިނަލް އަގްވާމީ ގޮތުން ބަލާ މިންގަނޑުތަކަށެވެ. އާދެ! އެހެން ގޮތަކަށް ދަންނަވާ ކަމަށް ވަންޏާ ފުވައްމުލައް ދަތުރުކުރަން ޖެހޭ ދަތުރެވެ. ފަހަތަށް ޖައްސާލަން ޖެހޭ ގައުމުތަކާއި ސިޓީތަކެވެ.

ގައުމެއް ނުވަތަ ތަނެއް އުފާވެރި ތަނަކަށް ވާނީ ކިހިނެތްތޯއެވެ. އެގޮތުން ފޯބްސް އިން ދެކޭ ގޮތުގައި މަންޒިލެއް އުފާވެރި މަންޒިލަކަށް ވަނީ އެތަނެއްގައި އޮންނަ ސުލްހަ މަސަލަސްކަމާއި، މިނިވަންކަން އޮންނަ މިންވަރާއި، ސިއްހީ ނިޒާމުގެ ފެންވަރާއި، ތައުމީލީ ނިޒާމުގެ ފެންވަރާއި، ސިޔާސީ ނިޒާމުގެ ހަމަޖެހުމާއި އަދި މިފަދަ ފުރުސަތުތަކެވެ. އަދި މަންޒިލެއް ހިތާމަވެރި މަންޒިލަކަށް ވާނީ، މިނިވަންކަން ހިފެހެއްޓިފައި އޮތުމާއި، ތައުލީމީ ނިޒާމުން މަހުރޫމް ވުމާއި، ކުށްކުރުން އާންވުމުންނެވެ. އެހެންކަމުން، ފޯބްސް އުފާވެރި މަންޒިލް ކަނޑައެޅުމުގައި ބަލާފައިވަނީ ފާއިތުވީ ފަސް އަހަރުގައި މިދެންނެވި ކަންތައްތައް އެގައުމެއްގައި އޮތް މިންވަރަށް ބަލާފައެވެ.

މިދެންނެވި ނުކުތާތަކަށް ބަލާ 2013 ވަނަ އަހަރު ދުނިޔޭގެ އެންމެ އުފާވެރި މަންޒިލްތައް ކަމަށް ފޯބްސް އިން ކަނޑައަޅާފައިވާ 10 މަންޒިލަކީ:
1- ނޯވޭ،
2- ސްވިޒަރލޭންޑް،
3- ކެނެޑާ،
4- ސްވިޑްން،
5- ނިއުޒީލޭންޑް
6- ޑެންމާކް
7- އޮސްޓްރޭލިއާ
8- ފިންލޭންޑް
9- ނެދަރލޭންޑްސް
10- ލަގްލެމްބާގް

މިލިސްޓުން ނޯވޭ އެއްވަނަ ޖާގަ ހޯދަމުން އަންނަ މިއީ ފަސްވަނަ ފަހަރެވެ. ނޯވޭ މިލިސްޓްގެ އެންމެ ކުރި ލިބެމުން އަންނަނީ އެގަމުމުގެ އިޖްތިމާއީ ހާލަތާއީ އިގްތިސާދީ ހާލަތުގެ ސަބަބުން ކަމަށް ފޯބްސް އިން ހާމަކުރެއެވެ. މިލިސްޓްގެ ދެވަނާގައިވާ ސްވިޒަރލޭންޑަކީ ފޯބްސްގެ މިންގަނޑުން ބަލާއިރު ގަވަނަންސް ދާއިރާއިން އެއްވަނައެވެ. އިގްތިސާދީ ދާއިރާއިން ދެވަނަ އަދި ސިއްހީ ދާއިރާއިން ތިންވަނައެވެ.

މިލިސްޓްގެ ތިންވަނާގައި އުޅޭ ކެނެޑާއަކީ ފަރުދީ މިނިވަންކަމުން އެއްވަނަ އަދި ތައުލީމީ ދާއިރާއިން ތިންވަނައެވެ. ހަތަރުވަނާގައިވާ ސްވިޑްން އެއްދަރަޖަ ދަށަށް 2013 ވަނަ އަހަރު ޖެހިލިނަމަވެސް އެގައުމަކީ ކާމިޔާބު ވިޔަފާރިވެރިންނަށް އެންމެ ފުރުސަތު ބޮޑު ގައުމެވެ.

ފޯބްސްގެ ގަދަ ހަތަރަކަށް ބަލާލުމަށްފަހު ޔޫއެންގެ ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކް ގެ 2013 ވަނަ އަހަރުގެ ރިޕޯރޓުގެ އެންމެ ކުރި ހޯދާފައިވާ ގައުމަށާއި އެގައުމުތައް ރޭންކް ކުރުމުގައި ބަލާފައިވާ މިންގަނޑަށް ބަލާލާނަމަވެ.

އެގޮތުން 2012 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ އުފާވެރި މަންޒިލްތައް ކަމަށް އެރިޕޯރޓްގައި ފާހަގަ ކޮށްފައިވަނީ:
1- ޑެންމާކް 7.69
2- ނޯވޭ 7.655
3- ސްވިޒަރލޭންޑް 7.65
4- ނެދަރލޭންޑް 7.51
5- ސްވިޑްން 7.48
6- ކެނެޑާ 7.47
7- ފިންލޭންޑް 7.39
8- އޮސްޓްރިއާ 7.37
9- އައިސްލޭންޑް 7.36
10- އޮސްޓްރޭލިއާ 7.35

(ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !