A wide advertisement which will be shown on all devices. (700 x 100)

ހަސަން އަތީޤް ” އެއްލާގެން ” މިދިޔައީ ކީއްވެ ؟

ޖުމްހޫރީ ޕާޓީގެ ފަރާތުން ފުވައްމުލކު ކައުންސިލަށް ކުރިން ކުރިމަތިލި ކެންޑިޑެޓެއް

މަދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޙާބުގައި ފުވައްމުލައް ސިޓީ އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ހަސަން އަތީޤް، ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދުކުރަން މިވަނީ ނިންމަވާފައެވެ.

މިކަމާއި ގުޅޭގޮތުން ތަފާތު ވަހަކަތައް އެބަ ދެކެވެއެވެ. ޙަޤީގަތަށް ބަލާލާއިރު ހަސަން އަތީޤް އަކީ ޖުމްހޫރީ ޕާޓީ އާއި އެހާ ރައްޓެހި މިހެކޭ ނުދެއްނެވޭނެއެވެ. އެނާ ޖުމްހޫރީޕާޓީ އާއި ގުޅިވަޑައިގަތީވެސް ކައުންސިލް އިންތިޙާބުގެ ޓިކެޓް ހޯދުމަށެވެ.

އެއަށްފަހު ފެނިގެން ދިޔައީ “އެއްލާގެން އޭކަހަލަ ތަރައްޤީ ކަށަވަރޮ” މި ޝިއާރުގެ ދަށުން ބޮޑެތި ވައުދުތަކެއް ވަމުންދިޔަ މަންޒަރެވެ. ބައެއްފަހަރު ހަސަން އަތީޤް ކުރިމަތިލައްވައިގެން އުޅުއްވަނީ ދިވެހިރާއްޖޭގެ ރައީސް ކަމަށޭވެސް ހީވާފަހަރު އާދެއެވެ. އެހެންކަމުން އެނާގެ ވަޢުދުތަށް ރައްޔިތުން ބަލައިގަތުމަށް ވުރެ ބޮޑަށްވީ ބޮޑު ޖޯކަކަށެވެ.

ފަހަރުގައި އަތީޤް ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމެވީ ރައްޔިތުންގެ ތާއީދު އެނާއަށް ނެތުމުންކަމަށް ވެސް ވެދާނެ އެވެ.

އެހެން ނަމަވެސް އަތީޤް ގެ ވާހަކަ މިއާއި މުޅިން ތަފާތެވެ. އެނާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދުކުރަން ނިންމެވީ، ޖުމްހޫރީޕާޓީން އެނާގެ ކެމްޕެއިނަށް އެހީތެރިކަން ނުދެއްވާތީ ކަމަށެވެ.

” އަޅުގަނޑުގެ ކެމްޕެއިނަށް ޖެޕީ އިން ދިނީ އެންމެ 5000 ރުފިޔާ، އޭގެން ކޮން ކެމްޕޭނެއް ވާނީ ” ހަސަން އަތީޤް ވިދާޅުވިއެވެ. މީގެ އިތުރުން ކެމްޕެއިނަށް ސައުންޑު ސިސްޓަމެއް ހޯއްދަވައި ދެއްވުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަންވެސް ކޮއްދީފައި ނުވާކަމަށްވެސް އަތީޤް ހަމަ ކުރެއްވިއެވެ.

މީކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކެއްޓްރީ ޖެނެރަލް އަހުމަދު ސަމީރު ވަަނީ އަތީޤްއަށް ފިނި ރައްދެއް ދެއްވާފައި އެވެ . “އަތީޤްއަށް ވެގެން އުޅެނީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އަލަށް، އާ ފޯނެއް ލިބުނީމަ ވެގެން އުޅޭގޮތް، އަތީޤް ދިޔަ ކަމުގައިވިޔަސް އިދިކޮޅު ފަރާތްތަކަށް އެންމެ ވޯޓެއްވެސް މަދެއް ނުވާނެ ” ސަމީރު ވިދާޅުވިއެވެ.

އަތީޤް ޕީޕީއެމްގެ ކެންޑިޑޭޓް އަށް ތާއީދުކުރަން ނިންމެވީ ފައިސާއަށް ؟

އަތީޤް ޕީޕީއެމްގެ ކެންޑިޑޭޓް އަށް ތާއީދުކުރަން ނިންމެވީ ފައިސާއަށްކަމަށް، އިދިކޮޅު ބައެއްފަރާތްތަކުން ދަނީ ތުހުމަތު ކުރައްވަމުންނެވެ. “ފުވައްމުލަކު އުތުރު ދާއިރާގެ ޖޭޕީ ކެންޑިޑޭޓް، ޕީޕީއެމްއަށް ތާއީކުރަން ނިންމެވުމާއި ގުޅިގެން އެނާއަށް 524000ރ ރުފިޔާ ވަނީ ޖަމާކޮށްފައި” މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބް ޝަހީމް ރޭ ކުރެއްވި ޓުވިޓެއްގައި ވެއެވެ.

އެހެން ނަމަވެސް މިކަމާއި ގުޅިގެން ހަސަން އަތީޤް ވިދާޅުވީ ” އެއީ ހޮޅި ވާހަކައެއް، އަދި އެއްވެސް ފައިސާ މަށަކަށް ނުލިބޭ ” ކަމަށެވެ.

ޙަސަން އަތީޤް ޕީޕީއެމްއަށް ތާއިދު ކުރެއްވުމުން ގިނަ ޥޯޓުތަކެއް އިދިކޮޅު ފަރާތްތަކަށް ލިބިގެން ދާނެކަމަށް، އިދިކޮޅު ފަރާތްތަކުން ދެކެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !