29 ޖޫން 2017 (ބުރާސްފަތި)


ލޯކަލް ކައުންސިލް އިންތިޚާބު: މިފަހަރުގެ އިންތިޚާބުގައި ފުވައްމުލަކުގެ ގިނަ ވޯޓު އިދިކޮޅަށް

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ފުވައްމުލައް ދެކުނު

މިފަހަރު ވޯޓްލާން ނުކުތް މީހުންގެ ނިސްބަތް އެންމެ މަދު ފުވައްމުލަކު ދެކުނު ދާއިރާއިން އާދަޔާ ޚިލާފު ކަންތައްތައް ތަކެއް މިވޯޓުން ފެނިގެން ދިޔައެވެ. އާންމުކޮށް ލޯކަލް ކައުންސިލް އިންތިޚާބު ތަކުގައި ކެންޑިޑޭޓް ނިސްބަތްވާ އަވަށުން ގިނަ ވޯޓްތަކެއް ކެންޑިޑޭޓުން ހޯދުމަކީ އާންމު ކަމެކެވެ. ނަމަވެސް، ފުވައްމުލަކު ދެކުނު ދާއިރާގެ ދެކެންޑިޑޭޓުންނަށްވެސް އެމީހަކު ނިސްބަތްވާ އަވަށުން ލިބުނު ވޯޓުގެ އަދަދު އަނެއް ކެންޑިޑޭޓަށްވުރެ މަދެވެ. އެގޮތުން، ފުނާޑު އަވަށުން އެއަވަށުގެ ކެންޑިޑޭޓް ފަލާހު އަށް ލިބުނީ 275 ވޯޓެވެ. އެއީ ޝަޒީމަށް ލިބުނު ވޯޓަށްވުރެ 9 ވޯޓް މަދު އަދަދެކެވެ. ޝަޒީމު ފުނާޑު އަވަށުން 284 ވޯޓް ހޯދި ނަމަވެސް މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދޫޑިގަމް އަވަށުން އެންމެ ގިނަ ވޯޓް ދޫޑީގަމަށް ނިސްބަތްވާ ޝަޒީމަށް ލިބުނީ 357 ވޯޓެވެ. އެއީ ފަލާހަށް ލިބުނު 365 ވޯޓާއި އަޅާބަލާއިރު 8 ވޯޓް މަދު އަދަދެކެވެ.

މިދާއިރާގައި ފުވައްމުލަކުގައި ބެހެއްޓުނު 3 ފޮށީގެ ޖުމްލަ ވޯޓުން ޝަޒީމު 641 ވޯޓާއި އެކު 1 ވޯޓުން ކުރި ހޯދި ނަމަވެސް މާލެއާއި އެހެނިހެން ކަންކޮޅުތަކުގައި ބެހެއްޓުނު ވޯޓު ފޮށިން ލިބުނު ދަށް ނަތީޖާއިން ނުހޮވި ދިއުން ވެގެން ދިޔައީ ދާއިރާގައި ބެހެއްޓުނު ވޯޓު ފޮށިތަކާއި ޚިލާފަށް ޖުމްލަ ނަތީޖާ ބަދަލުވި ފަހަރަކަށެވެ. މިދާއިރާގެ ނަތީޖާ އަށް ބަލާއިރު އާންމުކޮށް ޕީޕީއެމް ލީޑުކުރާ ދޫޑިގަމް އަވަށުން އެމްޑީޕީ ކެންޑިޑޭޓް ލީޑްކުރިއިރު އެމްޑީޕީ ލީޑުކުރަމުން އައި ފުނާޑު އަވަށުން ޕީޕީއެމް ލީޑު ނެގެން ވެގެންދިޔައީ ތަފާތު ނަތީޖާއަކަށެވެ.

މިދާއިރާގެ ވޯޓު ނަތީޖާ ބަދަލުވެގެން ދިޔައީ މިދާއިރާގެ މާލެއިން ވޯޓުލީ ފަރާތްތަކުގެ ވޯޓުންނެވެ. މިދާއިރާގެ މާލޭގެ ވޯޓް ފޮށިން 239 ވޯޓް އެމްޑީޕީގެ ކެންޑީޑޭޓަށް ލިބުނުއިރު ޕީޕީއެމް ކެންޑިޑޭޓަށް ލިބިފައިވަނީ 101 ވޯޓެވެ. މިނަތީޖާއާއި އަދި އެހެންނިހެން ރަށްރަށުގައި ބެހެއްޓުނު ވޯޓުފޮށި ތަކުގެ ނަތީޖާއާއިއެކު ޖުމްލަ 1024 ވޯޓު އެމްޑީޕީ ކެންޑިޑޭޓަށް ލިބުނު އިރު ޕީޕީއެމް ކެންޑިޑޭޓަށް ލިބިފައިވަނީ 796 ވޯޓެވެ. މިދާއިރާގެ ވޯޓްލީ މީހުންގެ 56 އިންސައްތަ އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވެއެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ކެންޑިޑޭޓަށް ކުރި ލިބިފައިވަނީ 57 އިންސައްތަ ވޯޓު ލިބިގެނެވެ.

ފުވައްމުލަކު ނަތީޖާ

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ބަލާލާއިރު އެމްޑީޕީ ކެންޑީޑޭޓުންނަށް 3413 ވޯޓު ލިބުނުއިރު ޕީޕީއެމް ކެންޑިޑޭޓުންނަށް ލިބިފައިވަނީ 2897 ވޯޓެވެ. މިއީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ކެންޑިޑޭޓުންނަށް 3554 ވޯޓު ލިބުނު އިރު އެއީ ސައްހަ ވޯޓުގެ 53 އިންސައްތައެވެ. ނަމަވެސް މިފަހަރު ނަތީޖާ އައީ އިދިކޮޅަށް 54 އިންސައްތަ އަށް ބަދަލުވެގެނެވެ. މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 90 އިންސައްތަ މީހުން ވޯޓުލީ ނަމަވެސް މިފަހަރު ވޯޓުލާފައިވަނީ ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 75 އިންސައްތަ މީހުންނެވެ.

 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!