A wide advertisement which will be shown on all devices. (700 x 100)

ސްކޫލްތަކުގެ ކިޔެވުން ފުރަތަމަ ޓާރމަށްފަހު މިއަދު ބަންދުވީ

ގަރޭޑް 7ގެ އައު ރިޕޯރޓް ފޮތުުން ބައެއް 2017

ސްކޫލަތަކުގެ ކިޔެވުން ފުރަތަމަ ޓާރމަށް ފަހު މިއަދު ބަންދުވީއެވެ. މިއަދު ވަނީ ދަރިވަރުންނަށް ނިމުނު ޓާރމުގައި ކިޔެވި އެއްޗެއްގެ ރިޕޯރޓު ދީފައެވެ. ނުވަތަ ރިޕޯރޓު ފޮތް ދިފައެވެ.

މިހާރު ސްކޫލަތަކަށް ތައާރަފު ކުރަމުން އަންނަ ގައުމީ އައު މަންހަޖުގެ، ކީސްޓޭޖު 3 މިޓާމުގައި ވަނީ ގްރޭޑް 7 އަށް އަލަށް ތައާރަފުކޮށްފައެވެ. އެއާއެކު މިފަހަރު ގްރޭޑް 7 ގެ ރިޕޯރޓް ފޮތް ފެނިގެންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ރިޕޯޓް ފޮތުގައި މާކްސްގެ ގޮތުން ފެންނަން އޮތީ 40 ބައިކުޅަބައިން ބަޔަކަށް މާކްސް ޖަހާފައެވެ. އަދި އެއިގެ އިތުރުން އައު ކަރިކުއލަމްގައި ކޮންމެ މާއްދާއަކުން ވެސް ހާސިލުކުރަން ކަނޑައާޅފައިވާ ބައިތައް ހާސިލުވި މިންވަރު އަންގައިދިނުމުގެ ގޮތުން “ފުލީ އެޗީވްޑް- ފުރިހަމައަށް ހާސިލުވެފައި”، މޯސްޓްލީ އެޗީވްޑް- ބޮޑުބައި ހާސިލުވެފައި” އަދި “އެޗީވިން – ހާސިލުވަމުންދޭ”، ގޮތުގައި ތިން ކޮލަމެއްގައި ހިމަނައި ކޮންމެ ބަޔަކުން ވެސް އެދަރިވަރަކު ހުރި ހިސާބެއް ވަނީ އަންގައިދީފައެވެ.

މިފައަރުގެ އައު ރިޕޯރޓު ފޮތުގައި ކޮންމެ މާއްދާއަކުން ވެސް ދަރިވަރުންނަށް ޙާސިލުވިބައިތައް ތަފުސީލުކޮށް ލިޔެފައިވުމުން ބެލެނިވެރިންނަށް ރިޕޯރޓު ފޮތުން ގިނަ މައުލޫމާތު ތަކެއް ލިއްބައިދެއެވެ. ނަމަވެސް މީގެ ފައިދާ ކުރާނީ މިގޮތަށް ފާހަގަ ކުރެވިފައިވާ ބައިތަކަކީ އިތުބާރާއި ޔަގީން ކަމާއެކު ދަރިވަރުންގެ ފެންވަރާއި ގުޅޭ ބައިތަކެއް ކަން ކަށަވަރުކުރެވި، ބެލެނިވެރިންނާއި މުދައްރިސުން ވެސް މިމައުލޫމާތު ތަކަށް ބައްލަވައި، ވިސްނަވައި، ހާސިލުނުވެ ހުރި ބައިތައް ހާސިލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންނެވެ.

މިއަހަރުގެ އެކަޑެމިކް ކަލަނޑަރުގައި ވާ ގޮތުން ފުރަތަމަ ޓާރމުގައި ކިޔަވައިދިނުމަށް ކަނޑައާޅފައި ވަނީ 104 ދުވަހެވެ. ނަމަވެސް ސްވައިން ފްލޫގެ ބަންދުގެ ސަބަބުން ކިޔަވައި ދެވިފައި 8 ދުވަސް މަދުން،  96 ދުވަހު އެވެ.

މިޓާރމުގައި ފާހަގަ ކުރެވުނު މުހިންމމު 1 ތަފާތަކީ އެހެން އަހަރުތަކުގައި ޓެސްޓު ނިމުމަށ ްފަހު ކިޔެވން ކުރިޔަށް ނުގެންދެއެވެ. ނަމަވެސް މިފަހަރު ޓެސްޓް ނިންމާފައިވެސް ވަނީ 1 ހަފުތާގެ ކިޔެވުން ކުރިޔަށް ގެން ގޮސްފައެވެ. މިއަދު  1 ހަފުތާއަށް ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ސްކުލް ހުޅުވޭނީ މި ޖޫންމަހު 18ގައި އެވެ. އެއި ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކެވެ. އެއްހަފުތާ ކިޔެވުމަށްފަހު ޖެހިގެން އަންނަ ހަފުތާ ފިތުރު އީދާއެކު އެއްކޮށް ވަނީ ސްކޫލްތައް ބަންދު ކުރާގޮތަށް ހަމަޖައްސަވާފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ރައްޖެގައި ކިޔަވާ 78000 ދަރިވަރުން އެބަތިއްބެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !