16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ފުވައްމުލަކު މެދުގައިވާ އެންމެ ބޮޑު މިސްކިތް ކައިރި އަދި ބޯޅަ ދަނޑުގެ ފާރު ކައިރި. ފޮޓޯ: ނިޒާމު

ފުވައްމުލަކު ސިޓީގެ މަގުތައް ނުބެލެހެއްޓިފައި

ފުވައްމުލަކު ސިޓީގެ މަގުތައް ނުބެލެހެއްޓި، ރައްޔިތުން އާއްމުކޮށް ހިނގާ ބިގާވެ އުޅޭ މަގުތަކުގައި ކުނި ގިނަވުމާއި ޗަކަ ހެދިފައި ވުމާއި ވިނަ ފަޅާފައި، ބޯވަމުންދާތީ، ރަށުގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުން އާދެއެވެ. އެގޮތުން ކަންބޮޑުވުން ފާޅު ކުރައްވަމުން ގެންދަވާ އެއް ފަރާތަކީ ކުރީގެ މާދަޑު ކައުންސިލް މެންބަރު މުހަންމަދު ނިޒާމު އެވެ. ކަންބޮޑުވުން ފާޅުކުރައްވައި އޭނާގެ ފޭސްބުކް ޕެޖުގައި އެކިފަހަރު މަތިން ލިޔުއްވާފައި ވެއެވެ.

މިރަށު އެންމެ ބޮޑު މިސްކިތު ފާރު ކައިރި،  އަދި ރަށުގެ މެދުގައިވާ ބޯޅަދަނޑި ބޯޅަ ދަނޑު ކައިރީ މަގު ވަނީ ކުނިން ފުރި ޗަކަސްވެފައި ކަމަށް، ފޮޓޯ އަކާއެކު ނިޒާމު ލިޔުއްވާފައި ވެއެވެ. “އަފުންގެ ރަށޮ ގޮނޑަކަހަވެގެ. މަގޮ ބައްތިތެއް ނިދިއްލެންނަ ޖެހޭ ސަބަބެއް ނުން ސިޓީއަކަހަ ހަދާ، ހައުސިން މިނިސްޓްރީ އެން މިކަންމާ ހަވާލުވުމަކީ” ނިޒާމު ލިޔުއްވާފައި ވެއެވެ.

ނިޒާމު ވަނީ މަގުތައް ސާފުކުރުމަށާއި މަގުބައްތިތައް ދިއްލުމަށް ހައުސިން މިނިސްޓްރީއަށް ގޮވާލާފައެވެ. މީގެ އިތުރުން ވެސް ބައެއް މީހުން އަންނަނީ ފުވައްމުލަކުގެ މަގުތައް ނުބެލެހޭޓޭކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ކުރިން ފުވައްމުލަކުގެ މަގުތައް ބެލެހެއްޓުމުގެ އިޚުތިސޯސު އޮތީ ފުވައްމުލަކުގެ 8 އަވަށަށް ނިސްބަތްވާ ކައުންސިލް ތަކުގެ މޭންޑެޓްގެ ތެރޭގައެވެ. ނަމަވެސް ފުުވައްމުލަކުގައި ސިޓީ ކައުންސިލެއް އުފެދުމާއެކު އެޒިންމާ ވަނީ ސިޓީ ކައުންސިލުން އުނިކުރައްވައި ހައުސިން މިނިސްޓީގެ ފުވްއްމުލަކުގައި ޚިދުމަތްދޭ ޔުނިޓާއި ހަވާލު ކުރައްވާފައެވެ.

މީގެ އިތުރުން ވެސް ފުވައްމުލަކުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ކޮނެފައި ފާހަގަ ނުކޮށް ހުންނަ ކޯރުތަކާއި ވަޅުތަކަށް މީހުނާއި ސައިކަލު/ ކާރުތައް ވެއްޓި އެތައް ގެއްލުމެއް ވެފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ފުވައްމުލަކު މީހަކު ހާމަކޮށްފައި ވެއެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު