A wide advertisement which will be shown on all devices. (700 x 100)

އަސްލު ލަވައަކީ “ބޭވަފާ ވީމާ” ސައިއްޓޭ

އަލީ ސައީދު، ފަހަމަލި، ސައިއްޓޭ (ކ)، އޭނާގެ އެކުވެރިންތަކަކާއެކު ލަވަހެދުމުގެ މަޝްވަރާއެއްގައި. ފޮޓޯ: ސައިއްޓޭ އެފްބީ ޕޭޖް

ދާދި ފަހުން “ބޭވަފާ” ގެ ނަމުން މީޑިއާގައި މަޝްހޫރުވެގެން ދިޔަ ލަވައިގެ އަސްލު ނަން ވަނީ އޮޅުމެއްގެ ތެރޭގައި ކަމަށް އެލަވަ ހެދި އަލީ ސައީދު، ފަހަމަލި (ސައިޓޭ)، ހާމަކުރެއެވެ. “އެއީ އަޅުގަނޑު ހަދައި ހުސެން އިބްރާހިމް (ޑަންޑަނާ) ލައްވައި ކިޔުއްވި ލަވައެއް. ނަމަވެސް އެލަވަ މީޑީއާގައި އިވިގެން ދިޔައީ ރަނގަޅު ނަމެއްގައެއް ނޫން. އަސްލު ނަމަކީ “ބޭވަފާ ވީމާ” އަލީ ސައީދު ކިޔައިދިނެވެ.

އަލި ސައީދު ނުވަތަ ސައއްޓޭ އަކީ ކުޑައިރުއްސުރެ މިއުޒިކަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެގޮތުން އޭނާ ވަނީ ސްކޫލުގައި (ޏ.އޭއީސީގައި) އުޅުނު އިރު ކެސެޓް ޓޭޕަށް ލަވަޔާއި އިސްތިހާރު ރެކޯޑިން ހަދަން ފަށާފައެވެ. އެދުވަސްވަރު މިގެންގުޅޭ ޑިޖިޓަލް ޑިވައިސްތައް ނެތްއިރު ވެސް ސައިއްޓޭ ވަނީ ވަރަށް މޮޅަށް އަޑުތަކުގެ ފާޑުވެރިކަން ދެނެގަނެ ރެކޯޑިން ހަދާފައި ކަމަށް އަލީ ސައީދާއެކު އެދުވަސްވަރު އަޑުއެޅުމުގެ މަސައްކަތުގެއި އުޅުނު ފަރާތަކުން މިކަލް ނޫހަށް ކިޔައިދިނެވެ.

އެންމެ ފުރަތަމަ އަޅުގަނޑުމެން ރެކޯޑުކުރީ އެދުވަސްވަރު މިރަށުގައި (ފުވައްމުލަކުގައި) އޮތް އަންހެނުންގެ ވޮލީ މުބާރާތަކަށް އޯޑިއޯ އިޝިްތިހާރުތަކެއް ހެދުމެވެ. އޭގެ ތެރޭގައި ކުދި ކުދި މިއުޒިކު ކޮޅުތައް މީހުންގެ ވާހަކަތަކުގެ (ޑައިލޮގު) ދޭތެރެ އަށް ލުމާއި އެއިގެ ސައުންޑް މެނުއަލީ ކޮންޓްރޯލްކޮށް ޓޭޕަށް ރެކޯޑުކުރުން ހިމެނެއެވެ. މިކަމުގައި އިސްކޮށް އުޅުނީ ސައިއްޓޭކަން މިހާރު ވެސް ވަރަށް ރަނގަޅަށް ހަނދާން ހުރިކަމަށް އެފަރާތުން ބުންޏެވެ.

އެ އިޝްތިހާރުތައް މުބާރާތުގެ ދެމެޗު ދޭތެރެއިން ޖައްސާލުމުން ކުޅިބަލަން ތިބި މީހުން ދިޔައީ ޝައުގުން ފުރިގެން ކަމަށާއި އެ އިޝްތިހާރުތަކަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ވެސް ލިބުނު ކަމަށް އެ މުބާރާތު އިންތިތާމުކުރި ފަރާތުން ބުންޏެވެ.

އެއިގެ ފަހުން ސައިޓޭ ފާހަގަ ވެގެންދިޔައީ ލަވަޔާއި މިއުޒިކަށް ޚާއްސަ ޝައުގުވެރިކަމެއް ދޭ މީހެއްގެ ގޮތުގައެވެ. އެގޮތުން ސްކޫލުގައި ބެއޭވުނު ސްޓޭޖު ޝޯތަކުގައި ވެސް ސައިޓޭގެ ޙިއްސާ ކުޑައެއް ނޫނެވެ. އޭނާ ވަނީ ސްކޫލް ގެ ސްޓޭޖު ޝޯވް ތަކުގައި 3 އަހަރު ލަވަ ކިޔާފައެވެ. އަދި އިތުރު އެއްއަހަރު ލަވަ ހަދައިދީފައި ވެސް ވެއެވެ. ނަމަވެސް މިހާރު ސައިއްޓޭ ބޮޑަށް މަސައްކަތް ކުރަނީ ލަވަ ހެދުމާއި ޕްރޮޑިއުސް ކުރުމުގައެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ ލަވަ އަލްބަމެއް ނެރުނީ ކާކު ހެއްޔޭ އަހައިފިނަމަ ޖަވާބު އެނގެނީ ކިތައް މީހުންނަށް ބާއެވެ؟ އެއީ މިސްކިތްމަތު މާހުގެ ‘ބްރޯ’ (އެންދެއްޔޯ) އެވެ. އެއިގެ ފަހުން ދެވަނަ އަލްބަމެއް ނެރުނީ ހޯދަޑު ބީހަނީގެ މުސްތަފާ (ބިއްސާވެލި) އެވެ. އަދި 3 ވަނަ އަލްބަމެއް ނެރުނީ ސައިއްޓޭއެވެ. ސައިއްޓޭގެ އަލްބަމަށް ކިޔަނީ “އައި ލަވް ޔޫ” އެވެ. އެއީ މުޅިން އަމިއްލަ ރާގުގެ މައްޗަށް ތައްޔާރުކޮށްފައިވާ އޯޑިއޯ އަލްބަމެއް ކަމަށް ސައިއްޓޭ މައުލޫމާތު ދިނެވެ.

މީގެ އިތުރުން ވެސް ސައިޓޭ ވަނީ ތަފާތު އެތައް ލަވައެއްގެ ރެކޯޑިން ހައްދުވާފައެވެ. އޭގެތެރޭގައި ވީޑިއޯ ލަވައެއް ވެސް ހިމެނެއެވެ. ސައިއްޓޭ ބުނި ގޮތުގައި ލަވަ ހެދުމާއި ޕްރޮޑިއުސް ކުރުމުގެ ތަފާތު އޮފާރތައް ލިބުނު ކަމުގައި ވިޔަސް އޭނާ މަސައްކަތް ކުރަނީ އަމިއްލަ ލަވަތައް ހަދައި ޕްރޮޑިއުސް ކުރުމުގައެވެ.

ރިޒޯޓެއްގައި ވަޒިފާ އަދާކުރާ ސައިއްޓޭ މިހާރު ގެންދަނީ އިތުރު އަލްބަމެއް ހެދުމުގެ މަސައްކަތް ކުރަމުން ނެވެ. ވަރަށ އަވަހަށް ސައިއްޓޭގެ ދެވަނަ އަލްބަމެއް ނެރޭނެ ކަމަށް ވެއެވެ. ސައިއްޓޭގެ 26 ލަވަ ސައުންޑް ކްލައުޑުން މިހާރުވެސް ޑއުންލޯޑު ކުރެވެން އެބަހުއްޓެވެ.

ސައިއްޓޭ ބުނި ގޮތުގައި މިއީ މާލީ މަންފާއަށް ކުރާ ކަމެއް ނޫން ކަމށާއި ލަވަޔާއި މިއުޒިކަށް ހުންނަ ޝައުގު ވެރިކަމެއްގެ ސަބަބުން، އެދާއިރާއިން ގައުމަށް ޚިދުމަތް ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެނާ ބުންނޭވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !